މޫދަށް ފުންމައިލައިގެން މަރުވާން އުޅުނު ޒުވާން އަންހެން ކުއްޖެއް ސަލާމަތްކޮށްފިއެވެ.
މި އަންހެން ކުއްޖާ ފުންމާލަން އުޅުނީ ރަސްފަަންނާއި ދިމާލު މޫދަށެވެ. އަދި މިއީ 19 އަހަރުގެ ޒުވާނެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. ” އަވަސް” ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ކުއްޖާ ސަލާމަތް ކޮށްފައި ވަނީ އޭނާގެ އާއިލާގެ ބަޔަކާއި ބައެއް ރަހުމަތްތެރިންނެވެ.
ފުލުހުން ވެސް އެ ސަރަހައްދުގައި މަސައްކަތް ކޮށްފައިވާ އިރު، ފުލުހުން ބުނީ މިފަދަ މައްސަލަތަކާއި ގުޅިގެން އެ އިދާރާއިން ތަފްސީލް ހާމަ ނުކުރާނެ ކަމަށެވެ.