ގާފު މީޑިއާ ގްރޫޕުން ހުވަދު އަތޮޅުގައި ބާއްވާ އެންމެ ބޮޑު ބޭޑްމިންޓަން މުބާރާތް “އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022” ގެ ފައިނަލް މިރޭ ކުޅުމަށް ތައްޔާރުވެއްޖެއެވެ.
މި މަހުގެ 10 ވަނަ ދުވަހު ފެށި މި މުބާރާތުގައި އަންހެން ކެޓެގަރީގެ ތިން ޓީމަކާއި ފިރިހެން ކެޓެގަރީގެ ފަސް ޓީމަކުން ބައިވެރިވެފައިވާއިރު މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި އަންހެން ކެޓަގަރީ އިން ބައްދަލު ކުރާނީ ޓީމް ޝައިން އާއި ރެހެންދި އެވެ. އަދި ފިރިހެން ކެޓަގަރީ އިން ބައްދަލު ކުރާނީ އައުޓްލޯޒް އާއި ވިންދު އެވެ.
މިމުބާރާތުގެ އަންހެން ފައިނަލް މެޗު ފެށުމަށް ތާވަލު ކޮށްފައިވަނީ މިރޭ 9 ޖަހާއިރުއެވެ. އަދި ފިރިހެން ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 10 ޖަހާއިރުއެވެ.
ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާ މި މުބާރާތް، އިވެންޓް ކާސްޓް މެދުވެރިކޮށް ގާފު މީޑިއާގެ ރަސްމީ ޕޭޖުން ލައިވް ކޮށް ދުރަށް ދައްކަމުން ދެއެވެ.