މިއަދު އެކަނި މާލޭގައި ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައި ދެމީހަކަށް އަނިޔާ ލިބިއްޖެއެވެ.
މައުލޫމާތު ލިބުނު ގޮތުގައި އެންމެ ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ އަމީރް އަހްމަދު މަގާއި އަދި ޝަހީދު އަބްދުﷲ ޒުބައިރް ހިންގުން ކަންމަތިންނެވެ. އެއީ ރައީސް އޮފީސް ކަންމައްޗެވެ.
ފުލުހުންގެ ވިދާޅުވެފައިވަނީ މިއަދު ހަވީރު 16:20 އެހާކަންހާއިރު ރައީސް އޮފީސް ކައިރިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާ ލިބިފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މިރޭ 18:10 އެހާކަންހާއިރު ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހިގެންނެވެ. މިހާދިސާގައި އަނިޔާ ލިބިފައިވަނީ ސައިކަލް ދުއްވަން އިންނަން މީހާއަށެވެ. އެމީހާގެ ފައިގެ ފުންނާބަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ބުރިޖުމަތިންވެސް