މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް (މިފްކޯ) އިން 2500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް ގަނެފިއެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މިއީ މަސްވެރިންނަށް މަސް ނުކިރުމަށް ހައްލެއް ގެނެސްދޭނެ ބޯޓެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ބޯޓު މަސްހިފައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރާނެ ކަމަށެވެ.
މި ބޯޓަކީ ކުރިން ތައިލެންޑުގައި ބޭނުން ކުރަމުން ދިޔަ އިންޓަނޭޝަނަލް ސްޓޭންޑާޑަށް ފެތޭ ބޯޓެކެވެ. މި ބޯޓު އިއްޔެގެ ވަގުތެއްގަ ގެެނެސްފައިވާއިރު، މި ބޯޓުގެ ނަމަކީ ޖަޒީރާ ރީފާ”އެވެ.
98 މީޓަރު، ފުޅާމިނުގައި 13.6 މީޓަރުގެ މިބޯޓު މިފްކޯއިން ގަނެފައި ވަނީ 1.8 މިލިއަން ޑޮލަރަށް (27.8 މިލިއަން ރުފިޔާ) އަށެވެ.