ޚަބަރު
އަންނަ އަހަރު ކުރީކޮޅު ތިިނަދޫ ޕޯޓްގެ ޚިދުމަތް ފެށިގެންދާނެ: ޝާހިދު

ގދ. ތިނަދޫ ރީޖަނަލް ޕޯޓުގެ މަސައްކަތް ނިމި އަންނަ އަހަރު ކުރީކޮޅު ޚިދުމަތް ލިބޭނެ ކަމަށް މާލޭ ވިޔަފާރި ބަނދަރު، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ޝާހިދުު އަލީ ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން ތިނަދޫގައި ހަދަމުންދާ ރީޖަނަލް ޕޯޓްގެ ޔާޑްގެ މަސައްކަތް ނިމި ފެންސިންއާއި ޕޭވްމަންޓްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި އަންނަ އަހަރު ކުރީކޮޅު އެޕޯޓުން ޚިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރު ކުރީކޮޅުގައި ޕޯޓްގެ އެޑްމިން ބިލްޑިންގއާއި ވެއާ ހައުސް އާއި ސެކިއުރިޓީ ބިލްޑިންގްގެ މަސައްކަތް ނިމި ޚިދުމަތް ދެވެން ފެށޭނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހިތަދޫ ޕޯޓާއި ކުޅުދުއްފުށީ ޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި އެކަމާ ގުޅޭ މާސްޓާ ޕްލޭނެއް އެކުލަވާލައި އީއައިއޭ ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ކުޅުދުއްފުށީ ޕޯޓަށްދާ ކޮޗިން ފެރީ އާއި އެސްޓީއޯ ބޮންތި ފަދަ ބޯޓްތައް ކައިރިކުރާނެ މަގަތު ފާލަމެއް ނެތް ކަމަށާއި މިހާރު އޮތް ފާލަމަށް ކައިރިކުރެވެނީ ވަރަށް ކުދިކުދި އެެއްޗެހި ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މަގަތު ފާލަން އޮތް ކަނޑުއޮޅިން ނަގާ ރާޅާއި ހެދި ރައްކާތެރި ކަމާއެކު ބޯޓް އަޅާފައި ނުބޭއްވޭ މައްސަލައަކިީ ހިތަދޫ ޕޯޓަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލަ ކަމަށް ޝާހިދުވަނީ ވިދާޅުވެފައވެ. އެހެންކަމުން ހިތަދޫ ޕޯޓްގެ މާސްޓާ ޕްލޭނެއް ހަދައި ޕޯޓްގެ އެތެރެއަށް ކީވޯލެއް އިތުރުކޮށް، ޑީޓެއިލް ޑިޒައިނެއް ހަދައި އެމްޓީސީސީއާއެކު އެގްރިމެންޓްގައި ސޮއިކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!