ޚަބަރު
ޗައިނާގެ އެންމެ ދިގު ކްރޫސްޕޭސް މިޝަންއަށް ފަހު ޗައިނާގެ އެސްޓްރޮނޯޓުން ދުނިޔޭގެ ބިމަށް

ޖައްވުގައި 183 ދުވަސް ހޭދަކުރުމަށްފަހު ޗައިނާގެ ތިން އެސްޓްރޮނޯޓުން އެނބުރި ވަނީ ބިމަށް އައިސްފައެވެ. މިއީ އިންސާނުން ބޭނުންކޮށްގެން ޗައިނާއިން ކުރިޔަށް ގެންގޮސްފައިވާ އެންމެ ދިގު ސްޕޭސް މިޝަންވެސް މެއެވެ. ޗައިނާގެ މިއެސްޓްރޮނޯޓުން ވަނީ 2022 ވަނަ އަހަރު ނިމުމުގެ ކުރިން ޗައިނާގެ ސްޕޭސް ސްޓޭޝަން ނިންމަން ބޭނުންވާ 11 މިޝަންގެ ތެރެއިން ފަސް ވަނަ މިޝަން ފުރިހަމަކޮށްފައެވެ.

ޗައިނާގެ ޤައުމީ ޓީވީން ބުނެފައިވާގޮތުގައި، މިއީ މިހާތަނަށް ޖައްވީ އުޅަނދެއްގައި އިންސާނުން ދަތުރުކުރި އެންމެ ދިގު ޖައްވީ މިޝަން ކަމުގައެވެ. އެސްޓްރޮނޯޓުން ދުނިޔެއަށް ފޯރާފައިވަނީ، ޗައިނާގެ ފުރަތަމަ ސްޕޭސް ސްޓޭޝަންގެ ކީ މޮޑިއުލްއިން ދޫކޮށްލިތާ ނުވަ ގަޑިއިރު ފަހުންނެވެ.

އޯބިޓްގައި ހުރިއިރު، ޝެންޒޫ-13 މިޝަންގެ އެސްޓްރޮނޯޓުން ވަނީ ޖައްވީ އުޅަދެއް ކަމުގައިވާ “ޓިއާންހީ ލިވިން ކުއާޓާސް މޮޑިއުލް” ގައި މެނުއަލް ކޮންޓްރޯލެއް ނަގާފަ އެވެ. “ޓިއާންހީ ލިވިން ކުއާޓާސް މޮޑިއުލް” އަކީ ޤައުމީ ޓީވީން ރިޕޯޓްކުރާގޮތުން ޓިއާންޒޫ-2 ކާގޯ ޖައްވީ އުޅަނދާއެކު ކުރެވޭ “ޑޮކިން އެކްސްޕެރިމެންޓް” އެކެވެ.

އޮކްޓޯބަރު މަހު ޖައްވަށް އުދުއްސާލި އެސްޓްރޮނޯޓުން – ޒާއީ ޒިގަންގް، ޔޭ ގުއަންގްފޫ އަދި އަންހެން ކްރޫ މެމްބަރެއް ކަމަށްވާ ވަންގް ޔަޕިންގް ވަނީ ޖައްވުގައި 183 ދުވަސް ހޭދަކުރުމާއެކު، ސްޕޭސް ސްޓޭޝަން ނިންމަން ބޭނުންވާ 11 މިޝަންގެ ތެރެއިން ފަސް މިޝަން މިއަހަރު ނިމުމުގެ ކުރިން ފުރިހަމަކުރަން ޖެހެއެވެ.

ޗައިނާގެ އެސްޓްރޮނޯޓުން ދުނިޔޭގެ ބިމަށް އައުމަސްފަހު ކެޕްސޫލް އިން އެސްޓްރޮނޯތަކު ނުކުންނަ މަންޒަރު- ފޮޓޯ އޭއެފެޕީ

ޝެންޒޫ-13 އަކީ މިދިޔަ އޭޕްރީލް މަހު ފެށި ސްޕޭސް ސްޓޭޝަންގެ މަސައްކަތް ނިންމުމަށް ރާވާފައިވާ ހަތަރު ފަޅުވެރިންގެ ތެރެއިން ދެވަނަ މިޝަން އެވެ. ޝެންޒޫ-12 އެނބުރި ޖައްވަށް ގޮސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޗައިނާގެ ކުރިއަށް އޮތް ދެ މިޝަން އަކީ ކާގޯ ޖައްވީ އުޅަނދެއް ކަމަށްވާ ޓިއާންޒޫ-4 އާއި ތިން މީހުންގެ މައްޗަށް އެކުލެވޭ ޝެންޒޫ-14 މިޝަން، “މަންޑް ސްޕޭސްޝިޕް ސިސްޓަމް” ގެ ޑެޕިއުޓީ ޓެކްނޮލޮޖީ މެނޭޖަރު ޝާއޯ ލިމިން އާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނެއެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)ގެ އޯބިޓްގައި ބައިވެރިވުން އެމެރިކާއިން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ޗައިނާއިން ވަނީ އައިއެސްއެސް ފިޔަވައި ދުނިޔޭގެ ހަމައެކަނި ސްޕޭސް ސްޓޭޝަން ކަމަށްވާ އަމިއްލަ ސްޕޭސް ސްޓޭޝަނެއް ބިނާކުރުމަށް ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ފާއިތުވެދިޔަ ދިހަ ވަރަކަށް އަހަރު ހޭދަކޮށްފައެވެ.

2030 ވަނަ އަހަރު އަންނަންވާއިރަށް ސްޕޭސް ޕަވަރއަކަށް ވުމަށް އަމާޒު ހިފާފައިވާ ޗައިނާއިން ވަނީ މާރސް އެކްސްޕްލޯރ ކުރުމަށް ކާމިޔާބު ތަހުލީލުތަކެއް ކޮށް، ހަނދުގެ ދުރު ފަރާތުގައި ޖައްވީ އުޅަނދެއް ޖެއްސި ފުރަތަމަ ގައުމަކަށް ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!