ސިޔާސީ
މާލެ އަތޮޅުގައި އެމްޑީޕީގެ ހަރަކާތްތައް އިތުރަށް ހިންގާ ޕާޓީގެ މެމްބަޝިޕް ޑްރައިވް ކުރަންޖެހޭ: ފައްޔާޒް

މާލެ އަތޮޅުގައި އެމްޑީޕީގެ މެމްބަރުން އިތުރުކޮށް ޕާޓީ ހަރަކާތްތައް ހިންގުން އިތުރުކުރަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިނަށް މާލެ އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގައި ބައިވެރިވަމުން އެ ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ މާލެ އަތޮޅު އެމްޑީޕީގެ ހަރަކާތްތައް އިތުރަށް ހިންގާ ޕާޓީގެ މެމްބަޝިޕް ޑްރައިވް ކުރަންޖެހޭކަން  އެއަތޮޅުގެ ރަށްތަކަށް ދިޔުމުން އެގިގެން ދިޔަ ކަމަށެވެ. އަދި މާލެ އަތޮޅަކީ އިޤްތިސާދީ ގޮތުންވެސް ވަރުގަދަ އަތޮޅަކަށް ވާތީ އެއަތޮޅުގެ ރަށްތަކުގައި އެމްޑީޕީއަށް މެމްބަރުން ގިނަކޮށް ޕާޓީ ހަރަކާތް އިތުރުކޮށް ހިންގާލަން ޖެހޭކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ޗެއަރޕާސަން މަޤާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ކުރިމަތި ލައްވަނީ މިނިސްޓަރ ފައްޔާޒު އަދި އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ. މިނިސްޓަރ ފައްޔާޒާއި ވާދަކުރައްވަން ރައީސް ނަޝީދުގެ ފެކްޝަނުން ނުކުންނަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

މިއިންތިޚާބާއި ގުޅިގެން އެމްޑީޕީ ވަނީ ބައިބައިވެފައެވެ. އެގޮތުން ނަޝީދު ފެކްޝަނުގެ މީހުން ރައީސް ސޯލިހު އާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުން ގެންދެއެވެ. ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ފަހަތުފަޔަށް ބުރަވާ ވާހަކަތަކާއި، ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އޮތްކަމަށް އިންތިގެ ޓީމުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ފައްޔާޒުގެ ޓީމުން ދަނީ މިހުރިހާ ވާހަކަތަކެއް ދޮގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!