ޚަބަރު
އަންހެނެއްގެ ގައިމަތިން ރޭލެއް ހުރަސްކޮށް ދިޔައިރުވެސް އެއަންހެންމީހާ އޮތީ ހަމަޖެހިލައިގެން ފޯނެއްގައި

އިންޑިއާގައި ރޭލް ދަގަނޑެއްގެ މަތީގައި އޮތް އަންހެނެއްގެ ގައިމަތިން ހުރަސްކޮށް ރޭލެއް ދިޔައިރުވެސް އެއަންހެންމީހާ އޮތީ ހަމަޖެހިލައިގެން ފޯންކޯލެއްގައެވެ.

މީސްމީޑިޔާގައި ދައުރުވަމުން ދިޔަ މިވީޑިޔޯއަށް ތިން ދުވަހުގެ ތެރޭގައި މިލިޔަނަކަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

މިވީޑީޔޯއިން ފެންނަ ގޮތުގައި ދޯޕައްޓާއަކުން އިސްތަށިގަނޑު ނިވާކޮށްގެން އޮތް އަންހެނަކު ފޯންކޯލެއްގައި އޮތީ ރޭލު ދަނގަޑު މަތީގައެވެ. އެހެން އޮޮތްވާ ރޭލު އަންހެންމީހާ ގައިމަތިން ހުރަސްކޮށް ދިޔުމުން އަންހެންމީހާ ތެދުވެގެން ދިޔައީ ވަރަށް ހަމަޖެހިލައިގެން ފޯނެއްގައި ހުރެގެންނެވެ. މިވީޑިޔޯ ޓްވިޓާގައި ޕޯސްޓުކޮށްފައިވަނީ އައިޕީއެސްގެ އޮފިސަރު ދިޕިންޝޫ ކަބްރާއެވެ.

މީވިޑިޔޯ ޕަބްލިޝްކުރަމުން ކަބްރާ ބުނެފައިވަނީ އެހެން ހުރިހާ ކަމަކަށްވުރެ ފޯނުން ވާހަކަ ދެއްކުން މުހިންމު ކަމަށެވެ.

ރޭލު ހުރަސްކޮށް ދިޔުމުން އެއްވެސް ކަމެއް ނުވާ ކަމަށް ހަދައިގެން ރޭލު ދަގަނޑު މަތިން އެއަންހެންމީހާ ފައިބައިގެން ސްޓޭޝަނަށް ދިޔައެވެ. އަދި ވީޑިއޯ ޝޫޓްކުރި ފިރިހެނަކާ ވާހަކަ ދައްކާ އަޑު އެ ވީޑިއޯއަށް އިވެއެވެ.

މިވީޑިޔޯގެ ސައްޚަކަމާއިމެދު ބައެއް މީހުން ޝައްކު އުފައްދާފައިވާއިރު އަނެއް ބަޔަކު ބުނަމުންދަނީ މިވީޑީޔޯއަކީ ހަޤީގަތުގައި ހިނގި ކަމެއް ކަމަށާއި އެއީ އޮރިޖިނަލް ވީޑިއޯއެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!