ޚަބަރު
އެމްޓީސީސީގެ މަޝްރޫއު ތަކުގެ އަގު 2 ބިލިއަން ރުފިޔާއަށް ވުރެ މަތި

މިހާރު އެމްޓީސީސީ އިން  މިހާރު ހިންގާ 86 މަޝްރޫއުގެ އަގު 2 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް އެމްޓީސީސީގެ އަހަރީ ރިޕޯޓުން ދަށްކައިފިއެވެ

އެމްޓީސީސީ އިން މިހާރު ބަދަރު ހެދުމުގެ 41 މަޝްރޫއަކާއި ބިންހިއްކުމުގެ 15 މަޝްރޫއެއް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން 10 މަގުހެދުމުގެ މަޝްރޫއަކާއި 11 ތޮށިލުމުގެ މަޝްރޫއެއް ވެސް ދަނީ ހިންގަމުންނެވެ. މި އަހަރުގެ ދެވަނަ ކުައާޓާގައި ވަނީ 2 މަޝްރޫއެއް ނިންމާ ސަރުކާރާއި ހަވާލުކޮށްފައެވެ. އެއީ ތިނަދޫ ރީޖަނަލް ޕޯޓުގެ މަސައްކަތާއި ސ. މީދޫ ބަނދަރު ހެދުުމުގެ މަސައްކަތެވެ.

ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީގެ ހިންގުން ވަރަށް ބޮޑަށް ވަނީ ރަގަޅުވެފައެވެ. މިގޮތުން މިއަހަރުގެ ދެވަނަ ކުއާޓާގައި އެކަނިވެސް 423.23 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ލިބިފައެވެ. މީގެން 63.04 މިލިއަން ރުފިޔާ އަކީ ސާފު ފައިދާއެވެ.

އެ ކުންފުނީގެ ކޭޝްފުލޯ އަށްވެސް 2 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ހިއްސާއަކަށް ޖެހޭ އަދަދުވެސް ވަނީ 7.86 ރުފިޔާ އަށް އުފުލިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!