ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަނީ އަމާ ބުނީތީ ފަރަށްދާ އުސޫލުން ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހުު ކުރެއްވި ޓްވީޓެއްގައިި ވިދާޅުވެފައިވަނީ ރައީސް ސޯލިހުއަށް ރާއްޖޭގެ ވެރިކަން ލިބުނުފަހުން 4 އަހަރުވެފައިވާއިރުވެސް ޕާޓީގެ އެންމެ ރެލީއެއްވެސް ބާއްވާފައިނުވާ ކަމަށާއި އެމަނިކުފާނު ވެރިކަން ކުރައްވަނީ އަމާބުނީތީ ފަރަށްދާ އުސޫލުން ކަމަށެވެ.
ޤައުމު ހިންގުމުގައި ރައީސް އިބޫ ފެއިލްވެއްޖެ. އެމްޑީޕީގެ އެންމެ އިސް ލީޑަރު ހައިސިއްޔަތުން ވެރިކަން ލިބުނު ފަހުން ފާއިތުވި 4 އަހަރުތެރޭ ޕާޓީގެ އެންމެ ރެލީއެއްވެސް ބޭއްވިފަ ނުވޭ. ވެރިކަން ކުރަނީ އަމާބުނީތީ ފަރަށް ދާ އުސޫލުން.
— Mohamed Maleeh Jamal (@maleehjamal) April 15, 2022
ޤައުމު ހިންގެވުމުގައި ރައީސް ސޯލިހު ފެއިލްވެއްޖެ ކަމަށް ބުނަމުން މަލީހު ވަނީ ރައީސް ސޯލިހުއަށް ފާޑުވިދާޅުވެފައެވެ.
މީގެކުރިންވެސް އެތައް ފަހަރެއްގެ މަތިން މަލީހު ވަނީ ރައީސް ސޯލިހުގެ ސަރުކާރާއިމެދުު ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ރައީސް ސޯލިހު އެމްޑީޕީ ޖަހައިގަންނަން އުޅޭ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ އަރިހުން ރައީސް ސޯލިހު ޓިއުޝަން ނަގަންޖެހޭ ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.