އޯޓިޒަމް އަކީ ކޮބައިތޯ ހޭލުންތެރިވުމުގެ މުހިންމުކަން
އޯޓިޒަމް އަށް ހޭލުންތެރިކަން އިތުރުކުރުމުކުގެ ހާއްސަ ދުވަސް މިމަހުގައި ފާހަގަ ކުރާއިރު، އޯޓިޒަމް ހުންނަ ކުދިންގެ ފަރާތުން ފެންނަނެ އަލާމާތްތައް ދެނެގަތުމަކީ އެކުދިންނަށް އެހީވެދީ އަދި އެކުދިންނާއެކު އުޅެވޭނެ މުޖްތަމައައެއް ބިނާކުރަން މުހިންމު ކަމެކެވެ.
އޯޓިޒަމް އަކީ ކޮބައިތޯ؟
އޯޓިޒަމް އަކީ ކުއްޖާ ހެދިބޮޑުވަމުން އަންނައިރު ދިމާވާ ދާއިމީ ނުކުޅެދުންތެރިކަމެކެވެ. އޭގެ ސަބަބުން ކުއްޖާ މީހުންނާ މުވާސަލާތު ކުރުމުގައާއި އުޅުމުގައި ވަރަށް ބޮޑު ތަފާތު ތަކެއް ހުރެއެވެ.
އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ (އޭ.އެސް.ޑީ) އަކީ ކުއްޖާގެ ހެދިބޮޑު ވަމުން އަންނައިރު އުމުރުގެ ކުރީކޮޅުގައި ދިމާވާ ކަމެކެވއޯޓިޒަމް ގެ އަލާމާތްތައް ޅައުމުރުގައި ދެނެގަނެވޭނޭ ކަމެކެވެ. އެހެން ނަމަވެސް އުމުރުގެ އެހެން މަރުހަލާތަކުގައިވެސް ބަލި ދެނެގެވިދާނެއެވެ.
ޑައިގްނޯސްޓިކް އަދި ސްޓެޓިސްޓިކަލް މެނުއަލް އޮފް މެންޓަލް ޑިސްއޯޑަރސް (ޑީ.އެސް.އެމް) އޯޓިޒަމް، އަސްޕަރގަރސް އަދި ޕަރވޭސިވް ޑިވެލޮޕްމެންޓް ޑިސްއޯޑރ (ޕީ.ޑީ.ޑީ) އަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ (އޭ.އެސް.ޑީ)ތެރޭގައި ހިމަނާފައިވެއެވެ.
‘އޭ.އެސް.ޑީ’ އެކި ކުދިންގެ ހުންނާނީ އެކި ވަރަށެވެ. އޭ.އެސް.ޑީ ހުންނަނަމަ ފެންނާނެ މައިގަނޑު ސިފަތަކަކީ، މީހުންނާ މުއާމަލާތް ކުރުމުގައި ތަފާތުތަކެއް ހުރުން، ބައެއް ކަންތައްތައް ތަކުރާރުކުރުމާއި އަދި އިހްސާސްތަށް ދެނެގަތުމަށް އުނދަގޫވުމެވެ.
އޭ.އެސް.ޑީ ހުންނަ މީހުން ތަފާތު އެކި ސިފަތައް ހުރެއެވެ. މިގޮތުން ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އޭ.އެސް.ޑީގެ ސިފަތައް އެކި ކުދިންގެ ތަފާތުވާނެއެވެ.
އޯޓިޒަމްގެ އާއްމު ސިފަތަކުގެ އިތުރުން ބައެއް ކުދިން/މީހުންގެ ހިއްސުތަކުގެ މައްސަލަތަކާއި، ބައެއް ހިއްސުތައް ނުހިގުމާއި އެންޒައިޓީ އާއި ޑިޕްރެޝަންފަދަ ނަފްސާނީ މައްސަލަތައް ހުރެއެވެ.
އޯޓިޒަމް މެދުވެރިވާ ސަބަބު؟
އޯޓިޒަމް މެދުވެރިވާ ސީދާ ސަބަބެއް ހޯދިފައެއް ނުވެއެވެ. ނިއުރޯސައިންސްގެ ދާއިރާގެ ދިރާސާތަކުން ފެންނަ ގޮތުގައި އޯޓިޒަމްގެ އަލާމާތްތަކާއި ނާރުގެ ނިޒާމާއި ގުޅުންހުންނަކަން ޔަގީންވެއެވެ.
ބެލެނެވެރިންނާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ގުޅިގެން، އޯޓިޒަމް ހުންނަށް ކުދިންނަށް ފަރުވާ ހޯދުމަށް ފަސޭހަވެގެންދާނެއެވެ. ބެލެނެވެރިއެއް ނޫނީ ޓީޗަރަށް ކުއްޖާގެ ކިބައިން އޯޓިޒަމްގެ ސިފަތައް ފާހަގަކުރެވޭނަމަ، ފަރުވާ ހޯދުމަށް އަވަސްވެގަންނަންޖެހޭނެއެވެ. އަވަހަށް ފަރުވާ ލިބުމުން އަވަހަށް ބަލި ރަނގަޅުވުމަށް ނުވަތަ އަލާމަތްތައް ކުޑަ ކުރުމަށް މަގުފަހިވެގެންދާކަމެކެވެ. ނަމަވެސް ހަދާން ބަހައްޓަންޖެހޭ ކަމަކީ އެކި ކުދިންނަށް ލުއިލިބޭ މިންވަރު ތަފާތުވާނެކަމެވެ.
އޯޓިޒަމް ހުންނަކުދިންނަށް ފަރުވާދޭ މީހުން އުޅޭ ހާއްސަ ދާއިރާތިކުގެތެރޭގައި ހިމެނޭނީ ޕީޑިއަޓްރިޝަން ނުވަތަ ކުޑަކުދިންގެ ޑަކްޓަރ، އޮކިއުޕޭޝަން ތެރަޕިސްޓްސް، ސްޕީޗް ތެރަޕިސްޓްސް، ފިޒިއޯތެރަޕިސްޓްސް، ސައިކޮލަޖިސްޓް، ހާއްސަ އެހީ ޓީޗަރުން އަދި ބިހެއިވިއޮރަލް ތެރަޕިސްޓުންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތައް
ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ރޭވަފައިވާނީ ކުއްޖާ އެންމެ ފުރިހަމަކޮށް ދެނެގަނެ، އާއިލާގެ ބޭނުންތަކާއި ލަނޑުދަނޑިތައް ހިމަނައިގެންނެވެ.
ފަރުވާގައި ހިމެނޭ ކަންތައްތަކަކީ:
- ސެންސޮރީ އިންޓިގްރޭޝަން ތެރަޕީ
- އާއްމު ދިރުއުޅުމުގެ ހަރަކާތްތަކުގެ ތަމްރީނުކުރުން
- ޕްލޭ ތެރަޕީ
- އިޖްތިމާއީ ހުނަރުތަކަށް ތަމްރީނުކުރުން
- ކޮގްނިޓިވް ބިހެއިވިއޮރަލް ތެރަޕީ
- ސްކޫލް-ބޭސްޑް އިންޓަރވެންޝަންސް
- ރެކްރިއޭޝަނަލް އަދި ވޮކޭޝަނަލް ރީހެބިލިޓޭޝަން
- މޮޓޮރ ސްކިލްސް ޓްރެއިނިންގ(ގޮރޮސް މޮޓޮރ ފަންކްޝަންސް، މަސަލް ސްޓްރެންތެނިންގ،ގޭޓް އަދި އެންޑިއުރަންސް ޓްރެއިނިންގ)
- ފައިން މޮޓަރ ސްކީލްސް (ލިޔުން)
- ސަމާލުކަން ދިނުން އަޑުއެހުމުގެ ހުނަރުތައް
- ޑިވެލޮޕްމެންޓް އޮފް ޕްލޭ ސްކިލްސް
- މޯޓިވޭޝަން ޓު ކޮމިއުނިކޭޓް
- ސޯޝަލް އަންޑަރސްޓޭންޑިންގ
- އަންޑަރސްޓޭންޑިންގ އޮފް ލެންގުއެޖް
- އެކްސްޕްރެސިވް ކޮމިއުނިކޭޝަން ސްކިލްސް
- ސޯޝަލް ސްކިލްސް
- ނޮން-ވަރބަލް ކޮމިއުނިކޭޝަން
- ކޮންވަރސޭޝަނަލް ސްކިލްސް
- ކޮންސެޕްޓް ސްކިލްސް
- ކޮމިއިނިކޭޓިވ ޑިވައިސަސް
ޓްރީ ޓޮޕް ހޮސްޕިޓަލުން އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ފޯރުކޮށްދެއެވެ.
އޮކިއުޕޭޝަނަލް ތެރަޕީގެ މަގްސަދަކީ މުޖްތަމައުގައި އެކަނި އުޅުމުގެ މިނިވަންކަން މަގުފަހިކޮށްދިނުމަށާއި، ކޮންމެ ދުވަހަކު ގޭގައި، ސްކޫލުގައި، މަސައްކަތު މާހައުލުގައި ދިމާވާ ދަތިތައް ކުޑަކޮށްދިނުމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ އޮކިއުޕޭޝަނަލް ތެރަޕީ ސެޝަން – ފޮޓޯ: ޓްރީޓޮޕް ހޮސްޕިޓަލް
ސްޕީޗް ތެރަޕީ ޕްރޮގްރާމް ފެށޭނީ ސްޕީޗް ޕެތޮލޮޖިސްޓް (އެސް.އެލް.ޕީ) ކުއްޖާގެ ވާހަކަދެއްކުމުގެ ފެންވަރު ބެލުމަށް އެކި ޓެސްޓުހެދުމަށްފަހުއެވެ. މި ޓެސްޓުގެ ނަތީޖާއަށް ބިނާކޮށް ތެރަޕީއަށް އެކުއްޖަކަށް ހާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާނެއެވެ. ހާސިލްކުރާނެ އާއްމު ކަންތައްތަކުގެ ތެރޭގައި، ވާހަކަދެއްކުން ރަނގަޅުކުރުން، ނޮން ވަރބަލް ސްކިލްސް ސައިން ލެންގުއޭޖް ނުވަތަ ތަސްވީރުން ނޫނީ ޓެކްނޮލޮޖީގެ ޒަރައްޔާއިން މުއާމަލާތް ކުރުމަށް ދަސްކޮށްދިނުން ހިމެނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ފިޒިއޯ ތެރަޕީ ސެޝަން – ފޮޓޯ: ޓްރީޓޮޕް ހޮސްޕިޓަލް
އޯޓިޒަމް ހުންނަ ކުދިންނަކީ މުޅި މުޖްތަމައުއާއި، ބެލެނެވެރިންނާއި، ސިއްހީ ދައިރާގައި އުޅޭ މަސައްކަތްތެރިންގެ އެހީ އަދި އެއްބާރުލުމާއި ހިތްވަރު ލިބިގަންނަންޖެހޭ ކުދިންނެވެ. އޯޓިޒަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3351610 ގުޅުއްވާ ނުވަތަcare@treetophospital.com އަށް އީމެއިލް ކުރެއްވުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ އެދިފައެވެ.