ޚަބަރު
އިސްރާއީލުން މަސްޖިދުލް އަޤްޞާއަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި

އިސްރާއީލުގެ އުދުވާނީ ބާރުތަކުން މަސްޖިދުލް އަޤްޞާއަށް ދިން ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އަލް-އަޤްޞާ މިސްކިތަށް އިސްރާއީލު ސިފައިން ދިން ޙަމަލާއާއި ގުޅިގެން ދިވެހި ސަރުކާރުގެ ނެރުނު ބަޔާނުގައި އަލް-އަޤްޞާ މިސްކިތަކަށް ދިން ޙަމަލާ ކުށްވެރިކޮށް، މި ބަރަކާތްތެރި ރަމަޟާންމަހު ފަލަސްޠީނުގެ އެއްވެސް ހަތިޔާރެއްނެތި އަޅުކަންކުރާ މީހުންނަށް ހަމަލާދީ ހައްޔަރުކުރުން ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ.

އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ އިރުމަތީ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާއަށް ޔަހޫދީން ދިން ޙަމަލާތަކުގައި 150 އަށްވުރެ ގިނަ މުސްލިމުން ޒަޚަމުކޮށްލައި 300 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި އަލް-އަޤްޞާ މިސްކިތާއި ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، އދ.ގެ ސަލާމަތީ މަޖިލީހާއި، ޖެނެރަލް އެސެމްބްލީގެ ކަމާބެހޭ ޤަރާރުތަކާ ކަނޑައެޅިގެން ޚިލާފް ޢަމަލުތަކެއްކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ޤާއިމްކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށްވެސް ހީނަރުކަން އަންނަކަން ފާހަގަކޮށްފައިވެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަން އަދި މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކުރުމަށާއި، އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާޢީދުކޮށް، އެއްބާރުލުންދޭނެކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި މި މައްސަލައަށް ދާއިމީ ސުލްހަވެރި ހައްލެއް ގެނެވޭނީ “ޓޫ ސްޓޭޓް ސޮލިއުޝަން” ނުވަތަ ފަލަސްޠީނާއި އިސްރާއީލަކީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ޤާއިމުކުރެވިގެންކަން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!