ޚަބަރު
މާލޭގެ މަގުމަތީގައި ބިދޭސީންތަކެއް މާރާމާރީ ހިންގާ އެކަކަށް އަނިޔާވެއްޖެ

މާލޭގެ މަގުމަތީގައި ބިދޭސީންތަކެއް މިރޭ މާރާމާރީ ހިންގައި އެކަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިރޭ 8:20 އެހާކަންހާއިރު ސޯސަންމަގުގައި ބިދޭސީންތަކެއް މާރާމާރީ ހިންގައި އެތަނުން އެކަކަށް އަނިޔާވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިމާރާމާރީ ގުޅިފައިވަނީ މިއަދު ހަވީރު ހުޅުމާލޭ ރެސްޓޯރެންޓުގައި ހިންގި މާރާމާރީއާއެވެ. މިހާދިސާގައި ބަންގްލަދޭޝް މީހަކު މަރުވުމާއި ގުޅިގެން ބިދޭސީންތަކެއް ހިންގި މާރާމާރީއެކެވެ.

މިއަދު ހަވީރު ހުޅުމާލޭ ރެސްޓޯރެންޓެއްގައި ހިނގާދިޔަ މާރާމާރީގައި މަރުވި މީހާއަށް ހަމަލާދިން މީހާ ފިލުމުން އެމީހާ ހައްޔަރުކުރުމަށް ގޮވާލައި ބިދޭސީންތަކެއް ދަނީ ހުޅުމާލޭގައި މުޒާހަރާ ވެސް ކުރަމުންނެވެ.

މާލޭ އަދި ހުޅުމާލޭގައި މާރާމާރީ އަދި އެކްސިޑެންޓްތައް މިދަނީ ގިނަވަމުންނެވެ. އެގޮތުން މިއަދު ހަވީރު ރެސްޓޯރެންޓެއްގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލާފައިވާއިރު، މިރޭވެސް ހުޅުމާލޭގައި ބެޓަރި ބައިސްކަލަކާއި ޓެކްސީއެއް ޖެހި ހިނގާ ދިޔަ އެކްސިޑެންޓުގައި ބިދޭސީއަކަށް ވަނީ ސީރިޔަސް އަނިޔާތަކެއް ލިބިފައެވެ. އަދި ޓެކްސީގައި ދަތުރުކުރި މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. މިއަދު އެކަނިވެސް ބިދޭސީންނާއި ގުޅުން ހުރި ދެމާރާމާރީއާއި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.

މިމައްސަލަތައް އިތުރަށް ތަހުޤީގުކުރާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!