750 ޓަނުގެ ޑީސަލް ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ތެޔޮ ބޯޓެއް އަޑިޔަށް ހިނގައްޖެއެވެ.
ސަރަހައްދީ ތަރުޖަމާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، 750 ޓަނުގެ ތެޔޮ ބަރުކޮށްގެން މިސްރުން މޯލްޓާއަށް ދަތުރު ކުރަމުން ދިޔަ ބޯޓެއް، ތުނިސްގެ އައްސޭރިފަށުގެ ސަރަހައްދަށް އަޑިއަށް ހިނގައްޖެއެވެ. މިހާދިސާ ހިނގާފައިވަނީ އިއްޔެ ހެދުނުގެ ވަގުތެއްގައެވެ.
ބޯޓު އަޑިޔަށް ދިޔަނަމަވެސް އެއްވެސް ވަރަކަށް ޑީސަލް އަދި ލީކުވެފައި ނުވާ ކަމަށާއި އެހެންނަމަވެސް ތެޔޮ ބޭރުވުމުގެ ބިރުއެބައޮތް ކަމަށް ތޫނިސްގެ އިދާރާތަކުން ދަނީ ހާމަކުރަމުންނެވެ. އޭގެ ސަބަބުން “ތިމާވެށީގެ ކާރިސާއެއް” އުފެދިދާނެ ކަމަށް ތޫނިސްގެ ކަމާއިބެހޭ އިދާރާތަކުން ވަނީ އިންޒާރު ދީފައެވެ.
މީޑީޔާ ރިޕޯޓްތައް ބުނާގޮތުގައި ދެން އަޅަން ހުރި ފިޔަވަޅު ތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، ޑިޒާސްޓާ ޕްރިވެންޝަން ކޮމިޓީއިން މަޝްވަރާ ކުރާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ތޫނިސްގެ ތިމާވެއްޓާ ބެހޭ ވުޒާރާ އާ ހަވާލާދީ ރިޕޯޓްތަކުގައިވާ ގޮތުން މޫސުން ގޯސްވުމުގެ ސަބަބުން ހުކުރު ދުވަހު މުދާ އުފުލާ ބޯޓު “ޒޭލޯ” ތޫނިސްގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް،ވަނީ އެދިފައެވެ. އަދި ބޯޓު އޮތީ ކަންބޮޑުވާންޖެހޭ ފައްތަރެއްގައި ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ތޫނިސްގެ ދިފާއީ ވުޒާރާގެ އިތުރުން ދާހިލީ، ދިފާއީ އަދި ޓްރާންސްޕޯޓް އަދި ކަސްޓަމްސް މިނިސްޓްރީއިން ދަނީ، ތިމާވެށީގެ ކާރިސާއަކުން ދިފާއު ހޯޑާ، ހާދިސާއެއް ހިނގައިގެން ކުރިމަތިވާ އަސަރު ކުޑަ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިވަގުތު މަސްރަހު އޮތީ ކޮންޓްރޯލްގެ ދަށުގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ތޫނިސްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، ބޯޓުގެ ކުރޫ، ރައްކާތެރި ހިސާބަކަށް ބަދަލު ކޮށްފައެވެ.
އިކުއިޓޯރަލް ގިނީގެ ދިދައިގެ ދަށުގައި ދުއްވަމުން ދިޔަ ބޯޓު، ގަލްފް އޮފް ގޭބްސް ސަރަހައްދުން ދިޔަ ވާން ފެށީ، ތޫނިސްގެ ދެކުނުއިރުމަތީ އައްސޭރިފަށުގެ 7 ކިލޯމީޓަރު ބޭރުންނެވެ.