ޚަބަރު
ޓީޗަރުންނަށް ވަޒީފާގެ ކުރިއެރުން ނުލިބޭތީ ޤާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދެނީ

ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް ވަޒީފާގެ ކުރިއެރުމާއި ޕްރޮމޯޝަންތައް ނުލިބޭތީ އެފަދަ މައްސަލަތަކުގައި ޤާނޫނީ ގޮތުން އެހީތެރިކަން ހިލޭ ފޯރުކޮށްދޭން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރާއި ޓީޗާސް އެސޯސިއޭޝަނުން ނިންމައިފިއެވެ.

ޓީޗާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިވިލް ސަރވިސްގައި މަސައްކަތްކުރައްވާ ޓީޗަރުންނަށް ޙައްޤުވާ އެކި އެކި ޕްރޮމޯޝަންތަކާއި ޙައްޤުވާ މަޤާމުގެ ކުރިއެރުން ނުލިބޭތީ އެފަދަ މައްސަލަތަކުގައި ޓީޗަރުންގެ ހައްޤު ހޯދުމަށްޓަކައި އެހީތެރިވެދިނުމަށް އެދި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ އަދި ޓީޗަރސް އެސޯސިއޭޝަން މޯލްޑިވްސް އަށް ގިނަ ފަރާތްތަކަކުން އަންނަނީ ހުށަހަޅަމުން ކަމަށެވެ.

އެހެންކަމުން މާލީ ހާލަތް ތަންނުދޭ ޓީޗަރުންނަށް އެމީހުންގެ ހައްޤު ހޯދައިދިނުމަށް ހިލޭ ސާބަހަށް އެހީތެރިކަން ފޯރުކޮށްދޭން ޓީޗާސް އެސޯސިއޭޝަނުން ވަނީ ނިނަމާފައިކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މައްސަލައާ ގުޅުންހުރި މައުލޫމާތު އަދި ލިޔެކިޔުންތައް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ހިދުމަތަށް އެދޭ ފޯމް 28 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން ޓީޗާސް އެސޯސިއޭޝަންގެ އޮފީހަށް ނުވަތަ އީމެއިލް އެޑްރެސް info@pilcmv.org މެދުވެރިކޮށް ހުށަހެޅުމަށް އެއެސޯސިއޭޝަނުން ވަނީ އެދިފައެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ނަންބަރު 9721213 އަށް ގުޅުއްވުމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޓީޗަރސް އެސޯސިއޭޝަން މޯލްޑިވްސްއިން ހާމަކުރި ގޮތުގައި ސިވިލް ސަރވިސްގައި މަސައްކަތްކުރައްވާ ޓީޗަރުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް މަގާމުގެ ކުރިއެރުން ނުލިބޭ މައްސަލައިގައި ވަރަށް ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

  1. ޓީޗަރެއް

    މުސާރަ ބޮޑުކޮށްލާފަ 24 ގަޑި އިރު ސްކޫލްގައި އުޅެން ނުޖެއްސުވިއްޔާ ދެރަ. އެކި އެކި ހަރަކާތްތައް ނުބޭއްވެންޔާ ސްކޫލް އަކަށްވެސް ނުވޭ. އެ ފޮޓޯތައް އެފްބީއަށް ނުލެވުނިއްޔާ އެއީ ކިޔަވަ ނުދޭ ސްކޫލް އެއް ހެން މި ހީވނީ…ހެދުނު 7:30 ން 1:30 އަށް ނިންމާފަ ގެއަށް ދެވޭއިރު 2 ޖަހާފަ. އިތުރު ގަޑި ނަގަން 3 ން 5އަށް. ރޭގަނޑު ކޯރޑިނޭޝަންތަކަށް އައިސް ގެއަށް ވަދެވޭއިރު 10 ޖަހާ ބޮޑުވެފަ. ބެެލެނެވެރިންގެ ހަފްތާ، އަަހަރީ ދުވަސް، ބާއްވާ ހުރިހާ މުބާރާތެއް ސެޝަން ނިމޭގޮތައް އިންތިޒާމު ކުރުމުގައި. ނަމާދު ވަގުތު އަމިއްލަ އަށް ހޯދިޔާ ހޯދުނީ. ނިމޭނީ 12 ޖަހައިރު ރޭގަނޑު. އިތުރު ކަންކަން. ލެސަން ޕްލޭން ހެދުން. ކުދިންގެ އެސެސްމެންޓް ހެދުން. ޓީޗިން އެއިޑް ހެދުން. ކީއްދޯ އަހަރުން މި ކުރަނީ. އަހަރުންގެ އާއިލާއެއް ވެސް މައިންބަފައިން އަދި ދަރިންނެއްވެސް ނެތީ ދޯ. ބަލިވޭ އަމިއްލަ މީހާ ވެސް. ދަރިންވެސް. މައިންބަފައިންވެސް. ފިރިމީހާ ނޫނީ އަބިމީހާ. ސަލާމް ބުންޏަސް އެއަށް ވުރެއް ފަރުވާ ކުޑަ ޓީޗާރ އެއްވެސް ނޫޅޭ. މުޅި އަހަރަށް 30 ސަލާމް. އާއިލީ ޒިންމާ ހުސްވޭ. ސަލާމްގަ ހުންނަ ދުވަސްތައް ނަގަން ޖެހޭ އަނބުރާ ނިކުމެ. ގިނައީ އަންހެނުން މި ދާއިރާގައި. ދަރިން ގޮވައިގެން އިތުރު ކަންކަމު ސްކޫލަށް ގޮސް ކަންކަން ނިންމާ މައިންވެސް އެބައުޅޭ.