ފުލުހުން ކުރިއަށްގެންދާ ތަހުގީގަކަށް ގދ.ރިނަދޫ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވަނީ ގދ. ތިނަދޫ / ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (32އ)އެވެ.\
ފުލުހުން ބުނީ ނިއުޝަމް ހޯދަނީ އެއިދާރާއިން ކުރިއަށްގެންދާ ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ. އެހެންކަމުން އޭޕްރީލް 24 ވަނަ ދުވަހުގެ 12:00 އަށް، ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި އިއުލާންކުރާ ކަމަށެވެ.
މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791674 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.