ރިޕޯޓް
ދުންފަތުގެ އިސްތިއުމާލުކުރުން: ގެއްލުމުގެ އަގު އަދާކުރެވިދާނެބާ؟

ދުންފަތުގެ އިސްތިއުމާލުކުރުމަކީ އަޅުގަނޑުމެންގެ މުޖްތަމަޢުގެ އަފްރާދުން، އެވަބާއަކުން އަމިއްލަ ނަފްސުތައް ސަލާމަތްކުރަން ޖެހިފައިވާ، އޭގައި ގުނާ އަދަދު ނުކުރެވޭހާ ގިނަ ނުރައްކާތަކެއް އެކުލެވިގެންވާ ޢަމަލެކެވެ. މިއީ މުޖްތަމައުގެ ކުރިޔަށް އޮތް ޖީލުގެ ޒުވާނުން ކަމަށްވާ ކުޑަކުދިންވެސް އެވަބާއެއްގެ ޝިކާރައަކަށްވެ ހަލާކުވަމުންދާ ފަނާކުރަނިވި ހަރަކާތެއް ކަމީ ލޯމަތިން ފެންނަން އޮތް، ދެބަސް ނުވެވޭނެ ހަޤީޤަތެވެ. ކަންމިހެން އޮތުމާއިއެކު މިރިޕޯޓްގެ މަޤްސަދަކަށް ވެގެންދާނީ 4 ލައްކައަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ މި ރާއްޖޭގެ ރައްޔިތުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުމުން ފެންމަތިވާ މައްސަލަތަކާއި، އެމައްސަލަތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާއި ބެހޭ ގޮތުން މަޢުލޫމާތުދީ ކިޔުންތެރިން ހޭލުންތެރި ކުރުވުމެވެ. މި ރިޕޯޓުގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް މަގުފަހިވާ އާންމު ސަބަބުތަކާއި، އޭގެ ސަބަބުން ކުރިމަތިލާން ޖެހޭ ބަލިމަޑުކަމާއި އަދި ތަފާތު ޙައްލުތަކުގެ މައްޗަށް ނަޒަރު ހިންގާލެވޭނެއެވެ. މިއީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ފާޠިމަތު ދިފްލާ އަދި ލައިފްސްޓައިލް އެޖެންސީގެ ފަރާތުން ޙަސަން މުޙައްމަދާއި ބައްދަލުކޮށް ލިބިފައިވާ މަޢުލޫމާތާއި ތަފާސްހިސާބުތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ރިޕޯޓެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަށް މެދުވެރިވާ ސަބަބުތަށް

ތަފާސްހިސާބުތަކުން ފާހަނގަކުރެވިގެންދާ އެންމެ ބޮޑު އެއް ހެއްކަކީ، ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ އަހަރު (2020 ވަނަ އަހަރު) ގެންދިޔަ 2000 ގާތް ކުރާ ކުށްވެރިންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ 16 އަހަރާއި 24 އަހަރާއި ދެމެދުގެ އުމުރުފުރާގެ ޒުވާނުންކަމެވެ. މީގެން ދޭހަވެގެންދަނީ، ރާއްޖޭގައި ދުންފަތުގެ ޝިކާރައިގައި ޖެހިފައިވާ މީހުންގެ ބޮޑު އިންސައްތައެއް ނިސްބަތްވަނީ ކުޑަ ކުދިންނަށްކަމެވެ. އެޗް.ޕީ.އޭ ގެ ފަރާތުން ދިފްލާ މަޢުލޫމާތު ދެއްވާ ގޮތުގައި، މިފަދައިން ވުމަށް މެދުވެރިވާ އެންމެ އާންމު އެއް ސަބަބަކީ އެހެން މީހުންގެ ނުފޫޒެވެ. މީގެ ތެރޭގައި އެކުދިންގެ މައިންބަފައިންނާއި އަދި އެކުގައި އުޅޭރައްޓެހިންގެ އިހުމާލުވެސް ފާހަގަކުރެވެއެވެ. މިއާއި ވިދިގެން ދެން އަންނަ ސަބަބަކީ، ސިގިރެޓު ފަދަ ހަށިގަނޑަށް ނުރައްކާތެރި މާއްދާތައް އެކުލެވޭ ބާވާތް ބާވަތުގެ ތަކެތި ފަސޭހައިން ގަނެވެން ހުރުމެވެ. މިފަދަ ތަކެތި ފެންނަލެއް ގިނަވެފައި، ފަސޭހައިން ލިބެން ހުރުމުން، ދުންފަތުގެ ޝިކާރަޔަށް ވަމުންދާ ޅަކުދިންނަށް މިތަކެތި ބޭނުން ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދެއެވެ. ޓީވީންނާއި އިޖްތިމާޢީ ވިޔުގަ ތަކުގައި ދުންފަތް އިސްތިހާރު ކުރުންވެސް ހަމަ މިފަދައެވެ. މީގެ އިތުރުން ގޭތެރޭގައި މައިންބަފައިންނާއި އަދި ބޭރުތެރޭގައި ބޮޑެތި މީހުން، ކުޑަކުދިންނަށް ދައްކާ ނޭދެވޭ ނަމޫނާއަކީވެސް އެކުދިން ދުންފަތުގެ ދުނިޔެއަށް މަރުޚަބާ ކިޔުމަށް އެހީވެދޭ ކަމެއް ކަމުގައި ދިފްލާވަނީ ހިތާމައާއި އެކު ފާހަގަކޮށްފައެވެ. އެގޮތުން ކުޑަ ކުދިންގެ މެދުގައި ދުންފަތުގެ އިސްތިއުމާލުކުރުން މިވަނީ %11.2 އަށް އިތުރުވެފައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން ފެންމަތިވާ ބައެއް މައްސަލަތަށް

ކުރެވިގެން ގޮސްފައިވާ ގިނަ ދިރާސާތަކުން ދައްކާގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އިޖްތިމާޢީ ގިނަ މައްސަލަތަކެއް އުފެދިގެންދާ ކަމެކެވެ. އެފަދަ ބައެއް މައްސަލަތަކަށް ބަލާލާއިރު ފާހަގަ ކޮށްލެވޭ އެއް ކަމަކީ ޒުވާނުންގެ ތަޢުލީމީ ފެންވަރު ދަށަށް ދިޔުމެވެ. މިއީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ނިކުންނަ ނަތީޖާއެއް ކަމަށް ލައިފްސްޓައިލް އެޖެންސީގެ، ހަސަން މުޙައްމަދު އިއްތިފާގުވެލައްވައެވެ. މީގެ އިތުރުން ދެން ފެނިގެންދާ އަނެއް ނޭދެވެ މަންޒަރަކީ ވިސްނުމާއި ފިކުރަށް، އަދި އުޅުމާއި ސުލޫކަށް ބަދަލު އަންނަމުންދާ ތަނެވެ. މިހެންވުމުގެ ސަބަބުން އާއިލާތައް ރޫޅި، ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ނުކުރެވޭ ހިސާބަށް މައްސަލަތައް ގޯސްވެއެވެ. އަދި އާއިލާ ތެރޭގައި ހަމަ ނުޖެހުމާއި އަރައިރުންތައް ގިނަވެ ތަޅާފޮޅުންތައްވެސް ރިޕޯޓް ކުރެވޭ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިފަދައިން ދުންފަތުގެ އިސްތިއުމާލު ދިގު މުއްދަތަކަށް ކުރާ އަންހެނުންގެ %42 އަންހެނުން ދަރިމައިނުވުމުގެ މައްސަލައަކީވެސް މިހާރު ފެންމަތި ވަމުންދާ ގިނަ މައްސަލަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާއި ސިއްޙަތާއި ހުރި ގުޅުން

ދުންފަތުގެ އިސްތިއުމާލު ދިގު މުއްދަތަކަށް ކުރުމަކީ ސިކުނޑީގެ އެތަށް ބަލިތަކަކަށް މަގުފަހިވާ ނުރައްކާތެރި ކަމެކެވެ. މީގެ ސަބަބުން ހަށިގަނޑުގެ ‘ޖީން’ ތަކަށް އަދި ސިކުނޑީގެ މަސައްކަތް ކުރުމުގެ ނިޒާމަށް ބަދަލުތަކެއް އައިސް މީހާގެ ސުލޫކުން ތަފާތުތަކެއް ފެނިގެން ދާން ފަށައެވެ. މިއީ އަދި އާދައިގެ ގެއްލުން ތަކެވެ. ދެން ފެންނަން ފަށަނީ ހިތުގެ ބަލިތަށް ޖެހޭތަނެވެ. އަދި އޭގެ ފަހުގައި ސްޓްރޯކް ޖެހުން އާންމުވެ ފުއްޕާމޭގެ ބަލިތަކާއި، ކެންސަރ، އަދި އެޗް.އައި.ވީ/އެއިޑްސް އާއި ހެޕަޓައިޓިސް ފަދަ ބަލިތަކުގެ ޝިކާރައަކަށް މީހާވެގެން ދަނީ ފަޅި ސިކުންތެކޭ ހިވާފަދަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. 600 އަށް ވުރެ ގިނަ ޒުވާނުން ބައިވެރި ކޮށްގެން ރާއްޖޭގައި ހަދާފައިވާ ރިސާޗަކުން ދައްކާ ގޮތުގައި ފުރާވަރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފެށި މީހުން، އުމުރުން ދުވަސްވީ ވަރަކަށް ފުއްޕާމޭގެ ބަލިތަކާއި، ނާރުގެ މައްސަލަ، އަދި ލޮލަށް ފެނުމުގެ ދަތިކަމާއި ކުރިމަތިލާން ޖެހޭ އަދަދު، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނާއި އަޅާބަލާއިރު އެތަށް ގުނަ އިތުރެވެ. މިއީ ސަމާލުކަމަށް ގެނައުން ކޮންމެހެން މުހިއްމު ކަމެއް ކަމަށް ދިފްލާވަނީ ފާހަގަ ކުރައްވާފައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާއި މާރާމާރީއާއި ހުރި ގުޅުން

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މާރާމާރިތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. އެހެންނަމަވެސް ރިޕޯޓުކުރެވޭ ކޮންމެ މާރާމާރީއަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ގުޅުން ހުރި ކަމަކަށް ނުވެދާނެއެވެ. މިކަމާއި މާރާމާރީއާއި ގުޅޭ ހިސާބަކީ އެއަށް ހިފާފައި ހުންނަ ވަޖިދައެވެ. އޭގެ ސަބަބުން ދުންފަތުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް، އަގުބޮޑު ދުންފަތުގެ ބާވަތްތަށް ގަނެވޭނެ ގޮތެއް ހޯދުމަށް އަމިއްލަ ނަފްސު މަޖުބޫރު ކުރެއެވެ. އަދި ތިމާގެ ބޭނުން ފުއްދުމަށް އެކަށީގެންވާ ފައިސާ ހޯދުމަށްޓަކައި ކުރެވޭ ވިޔާނުދާ އަމަލުތަކުގެ ތެރެއިން މާރާމާރީއަށް މަގުފަހިވާ ކަންތައް ކުރެވެއެވެ. ގިނަ ފަހަރު މިފަދަ މައްސަލަތަށް ތަހުޤީޤުކޮށް ބަލާއިރު މަރާމާރީ ހިންގި ކުށްވެރިޔާ ހުންނީ ހަމަހޭގައިވެސް ނޫންކަމަށް އެޗް.ޕީ.އޭ އިން މަޢުލޫމާތު ދެއްވައެވެ. މިތަހުޤީޤުތަކުގެ ތެރެއިން ކުށްވެރިން އަމިއްލަ ގެއިންނާއި އެހެނިހެން ގެތަކުން، ވެރިންނަށް ބިރުދައްކައިގެން ވައްކަން ކުރާކަމަށާއި، ގަދަކަމުން ތަކެތި ފޭރިގަންނަ ކަމަށް އަމިއްލައަށް އެއްބަސް ވެފައިވާކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ދުންފަތުގައި ހިމެނޭ މާއްދާތައް

ދުންފަތުގައި ހަށިގަނޑަށް ގެއްލުން ލިބޭ 7000 މާއްދާ ހިމެނެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭގެތެރެއިން  250 މާއްދާއަކީ އޭގައި މަތީ އަދަދަކަށް ވިހަ އެކުލެވިގެންވާ ނުރައްކާތެރި މާއްދާތަކެކެވެ. އަދި 70 މާއްދާއަކީ ސީދާ ކެންސަރައަށް މަގުފަހި ކުރުވާ ފަނާކުވަރަނިވި މާއްދާތަކެކެވެ. އޭގެ ތެރެއިން ވަކި ވަކި މާއްދާތަކަށް ބަލާލާއިރު “ޓާރ” އަކީ ފުއްޕާމޭ ހަލާކުކޮށްލާ، ނޭވާލުމުގެ ނިޒާމަށް ގެއްލުންތަކެއް ފޯރުކޮށްދޭ މާއްދާއެކެވެ. އަދި “ނިކޮޓިން” އަކީ ހިތުގެ ވިންދު އަވަސްކޮށް، ލޭގެ ޕްރެޝަރު މަތިކޮށްދޭ މާއްދާއެކެވެ. މިއީ ވަރަށް ވިހަގަދަ މާއްދާއެއްގެ ގޮތުގައި ކަނޑައެޅިފައިވާ އެއްޗެކެވެ. އަދި ހަމައެހެންމެ ދުންފަތުގައި އެކުލެވޭ “ކާރބަން މޮނޮކްސައިޑް” އަކީ ހަށިގަނޑުގެ ލޭދައުރު ކުރުމުގެ ނިޒާމަށް ބަދަލުތަކެއް ގެނުވައި، ހާރޓް އެޓޭކް ފަދަ ހިތުގެ ބަލިތަށް ޖެހުމަށް މަގުފަހި ކުރުވާ މާއްދާއެކެވެ. މީގެ އިތުރުންވެސް ދުންފަތުގައި، “ނައިޓްރޮޖެން އޮކްސައިޑްސް”، “ސިލިއަޓޮކްސިކް އެޖެންޓްސް”، “މެޓަލްސް” އަދި “ރޭޑިއޯއެކްޓިވް ކޮމްޕައުންޑްސް” ފަދަ ވިހަ ގަދަ އެތަށް މާއްދާތަކެއް އެކުލެވިގެންވެއެވެ.

ޙައްލު

ލިބިފައިވާ ތަފާސްހިސާބާއި ދިރާސާތަކުން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ ސަބަބުން އިޖްތިމާއީ، އިޤްތިސާދީ، އަދަބީ އަދި އަޙުލާގީ އެތަށް ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހޭ ކަމެކެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ވަގުތުން ވަގުތަށް ހޯދެން ނެތް ކަމުގައިވީނަމަވެސް ވަގުތީ އެތަށް ހައްލުތަކެއް އެބަ ހުއްޓެވެ. ކުޑަ ކުދިން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރަށް ގެންދަން މައިންބަފައިންގެ ފަރާތުން އެއްބާރުލުން ލިބެން އެބަ ޖެހެއެވެ. ދަރިންނަށް ކުޑައިރުއްސުރެ ވަގުތު ދިނުމާއި، ލޯތްބާއި އަޅާލުން ދިނުމަކީ މިއަށް އެހީވެދޭނެ ކަންކަމެވެ. ހަމަ އެހެންމެ ދަރިފުޅުގެ އިޙްސާސްތަޢް ދެނެގަނެ އެއަށް ކަނުލާ އަޑުއެހުންވެސް އެފަދައެވެ. ދަރިންނަށް އަނިޔާ ނުކުރުމާއި ހާޅޭއްލަވާ ގެއިން ބޭރު ނުކުރުން ފަދަ ކަންކަން ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރެވޭ އިރު، ބާރުވެރި ފަރާތްތަކަށްވެސް މިފަދަ އަމަލުތަށް ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ އެތަށް ކަމެއް ހުންނާނެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ ބޮޑެތި މީހުންނަށް ޤާނޫނާއި ޤަވާއިދުގެ ދަށުން ދޭންޖެހޭ އެކަށޭނަ އަދަބުތައް ދެފުށް ފެންނަ ގޮތަށްދީ އެކަންކަން މުޖްތަމައުގައި އާންމުވިޔަ ނުދީ، ކުށް ކުރާ މީހުންނަށް ކުށުގެ އަދަބު ލިބޭކަން ހާމަކޮށްދިނުމަށް އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އެޅިދާނެއެވެ. ކޮންމެ ބަޔަކުވެސް އެބަޔެއްގެ ހައިސިއްޔަތުން މިފަދަ މުޖަތަމަޢުއަށް ގެއްލުން ލިބޭ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކޮށްފިނަމަ، ފެންމަތިވާ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ އެދޭވޭ ޙައްލެއް ލިބިގެން ދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!