ވާހަކަ
ކުރުވާހަކަ : ވަދާޢު

އެޑިޓަރުގެ ނޯޓު: “ވަދާޢު” މި ވާހަކަ އަކީ ހުވަދޫ މީޑިއާ ގްރޫޕުން ކުރިއަށް ގެންދިޔަ ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ޒަމްޢަތު އަހުމަދު ލިޔެފައިވާ ވާހަކަ އެކެވެ. މި ވާހަކަ އަކީ ހުވަދޫ ކުރުވާހަކަ ލިޔުމުގެ މުބާރާތް 2022 އަށް ހުށަހެޅުނު ވާހަކަ ތަކުގެ ތެރެއިން މުބާރާތުގެ ފަނޑިޔާރުންނަށް އެންމެ ރަނގަޅު 5 ވާހަކައިގެ ތެރެއިން އެއްވާހަކައެވެ.

ވެހެމުންދިޔަ ބޯވާރޭ ކާނުގަނޑަށް އެޅެމުންދިޔަ އަޑު މެދުނުކެނޑި އިވެމުންދިޔައެވެ. މި ތޫފާނީ ވަގުތުގައި ބާރުބާރަށް ހިނގާލާފައި ބްރިޖާއި ދިމާލަށް އެދަނީ ހަށިފުރާ ނޭވާއެއް ލާންބޭނުންވެ، އެހެންނަމަވެސް ނޭވާ ކުރުވެފައިވާ ހަފްސާއެވެ. ވާރޭ މެދުނުކެނޑި ވެހެންމުންދާތާ ދޮޅު ގަޑިއިރުވެއްޖެއެވެ. އާސަހަރާއިން ނުކުމެގެން ހިނގަމުން އެހިސާބަށް އައިއިރުވެސް ތެމި ފޯވެއްޖެއެވެ. އަތުގައި ކުޑައެއް އޮތެވެ. އެކަމަކު އެއީ ކޮންމެހެން ހިޔާވާން ނެގި އެއްޗެއް ނޫނެވެ. މީހުންގެ ލޯމަތިން ފޮރުވެން އެއަށްވުރެ މޮޅު އެއްޗެއް އޭނާއަށް ނުފެނުނީއެވެ. އަޑުގައި ނެތްކޮޅަށް ރޮމުން ގިސްލަމުން އެ ދަނީ ލިބުނު ހަމައެކަނި ދަރިފުޅު ވަޅުލުމުންނެވެ. އެތަނުގައި އެހުރިހާއިރު އެންމެ ކަރުނަ ފޮދެއްވެސް ވައްޓާނުލާ ކެތްކޮށްފިއެވެ. އެކަމަކު ދެން ކެތެއް ނުވާނެއެވެ. 7 އަހަރުގެ ޒައިނަބު ނިޔާވީ ހަމަ ކުއްލިއަކަށެވެ. އެއީ ކެތްކުރަން ދަތި ދަނޑިވަޅެކެވެ.

ހަފްސާ ހިނގަމުން ގޮސް ބްރިޖަށް އެރުމުން އެއްފަރާތެއްގައި މަޑުކޮށްލިއެވެ. އިސްޖަހާލައިގެން ހުރެއެވެ. އޭރުވެސް ރޮނީއެވެ.

…..

”ކީއްވެ ތި ރޮނީ؟” އިސްޖަހާލައިގެން ހުރި 8 އަހަރުގެ ޒައިނަބުގެ ދަތްދޮޅީގައި ހިފާ މޫނު މައްޗަށް ނަގަމުން ހަފްސާ އެހިއެވެ.

” މަންމަ ދެރަވާނެ ބުނެފިއްޔާ..” ޒައިނަބު މަޑުމަޑުން ބުނެލިއެވެ. އެ އުމުރުގެ ކުއްޖަކާ އަޅާބަލާއިރު ޒައިނަބު ދައްކާނީ ވަރަށް ހަމަޖެހޭ ވާހަކައެވެ. އެހެންކަމުން ހަފްސާއަށް އެ ޖުމްލަ ހީވީ ބޮލަށް އެއްޗެއް ވެއްޓުނުކަހަލަ ޖުމްލައަކަށެވެ.

” ދަރިފުޅޫ.. ކޮންކަހަލަ ވާހަކަތަކެއް ތިދައްކަނީ؟ ކަމެއް ވީތަ؟ ތަނަކަށް ތަދުވަނީތަ؟ މީހަކު ކަމެއް ކުރީތަ؟ އަޅެ ބުނޭ ނޫނެކޭ.. ” ހަފްސާއަށް ވަގުތުން ރޮވިއްޖެއެވެ. ދަރިފުޅު ބުނެލާ އެކަހަލަ ބައެއް ބަސްތަކުން ބައެއް ފަހަރު ހިތްފަޅައިގެން ދާވަރުވެއެވެ. އެކަމަކުވެސް އެކަން ނުދައްކާވޭތޯ ހަފްސާ އަބަދުވެސް މަސައްކަތްކުރެއެވެ. އެކަމަކު މިއަދު އެބުނި ޖުމްލައަކީ އޭގައި ވަރަށް ގިނަ، ވަރަށް ފުން މާނަތަކެއް އެކުލެވިގެންވާ ޖުމްލައެއްކަން ހިތްބުނަން ފެށި ހިސާބުން ރޮވެން ފެށުނީއެވެ.

” މަންމައާއި ޒައި މި އުޅެނީ ކިހާ އެކަނި. ހިނގާ ދެކުދިން ސުވަރުގެއަށްދާން؟ މަންމަ ބުނަމެއްނު އަބަދުވެސް އެތަނުގައި ރޯން ނުޖެހޭނެއޭ.. އެކަނި ނުވާނެއޭ… މީރު ކާއެއްޗެހިވެސް ލިބޭނެއޭ. ” ޒައިނަބު ރުއިން ހުއްޓާލިއެވެ. ބޮޑު މީހެއްހެން ހަފްސާއާއި ވާހަކަދައްކަމުން ގޮސް އެނދުގައި އިށީނެވެ. ހަފްސާ ހުރީ ހުރިތަނަށް ގާވެފައެވެ. ގުޑާލަންވެސް ނޭނގިފައެވެ.

” މަންމަ ހެދުންތައްވެސް ހުންނާނެ ޒައިގެ ފޮއްޓަށް އަޅާފައި.  އެކަމަކު ފުލްވީމަ ޒައި އެ ހެދުންތައް ނަގާފަ އަލަމާރީގައި ބެހެއްޓީ.. ސޮރީ..” ޒައިނަބުގެ އެ ސާދާ، މައުސޫމް ހިނިތުންވުމާއިއެކު ދެއްކި ލޯބިލޯބި ވާހަކައިން ހަފްސާގެ ހިނިގަނޑުދިޔައީ ފަޅައިގެންނެވެ.

” ދެން މަންމަ ކިހިނެއް ހެދުން ބަދަލުކުރާނީ؟ ” ހަފްސާ ޒައިނަބު ކައިރިއަށްގޮސް ދެކަކޫމައްޗަށް އިށީނެވެ. އަދި ޒައިނަބުގެ ކުޑަކުޑަ ދެ އަތުގައި ހިފައިގެން އިނދެ ޒައިނަބުގެ މޫނަށް ބަލާލިއެވެ.

” އެހެންވެގެންނޭ ޒައި ނުބުނީ… މަންމަ ދެރަވާނެތީ..” ޒައިނަބު ހަފްސާގެ އިޝާރާތަކަށް ސީދާ ހަފްސާގެ ދެލޮލަށް ބަލަން އިނެވެ. ހަފްސާ ޒައިނަބު ނަގާ ބައްދާލިއެވެ. އަދި ދެމައިން އެކީ ހޭންފެށިއެވެ.

އެދުވަސް ދިޔައީ އެހާވެސް މަޖާކޮންނެވެ. ހަފްސާ މަސައްކަތުދަނީ ރޭގަނޑު ގޭގައި ތަޅުލާފައެވެ. ދުވާލު ޒައިނަބުގެ ސްކޫލަށް ގެންދިއުމާއި ގެނައުމާ މިކަންކަން ކުރަން ޖެހޭތީ  ދުވާލު އެއްވެސް ވަޒީފާއެއް އަދާ ނުކުރެވެއެވެ. އެހެންކަމުން ރޭގަނޑު ވެމްކޯގެ ވަޒީފާއެއް އަދާކުރަނީ 4 ވަރަކަށް ގަޑިއިރުން ރަނގަޅު އާމްދަނީއެއް ލިބޭތީއާއި ދުވާލު ލިބޭ ހުސްވަގުތުގައި ގޭގައި ހެދިކާ ހަދައިގެން ލިބޭ އާމްދަނީއަށް ކޮންމެވެސް ވަރެއް އިތުރުވާނެތީއެވެ. ގޭގެ ހުރިހާ ބިލްތަކާއި ކުއްޔާއި ޒައިނަބުގެ ހުރިހާ ޚަރަދަކާއި ކެއުމުގެ ކަންކަން ކުރަން ޖެހެނީވެސް އެކަނިމާ އެކަންޏެވެ. ޒައިނަބުގެ ބައްޕަ ޒައިނަބު ވިހޭތަނާހެން ވަރިކޮށްފައި ދިޔަގޮތަށް ހުރި ހިސާބެއްވެސް އަންގާނުލައެވެ. އެހެންކަމުން މަންމައާއި ބައްޕަގެ ޒިންމާވެސް އޮތީ ހަފްސާގެ ބޮލުގައި އެޅިފައެވެ. އެކަނި އުޅެން ޖެހުމުން އެތައްގޮތަކުން ތަކުލީފުތަކާއި ދިމާވެއެވެ. ޚާއްސަކޮށް އަންހެނަކަށްވާތީ ހުރި ގޮންޖެހުންތައް ބޮޑެވެ. ދެން ނުވާނެއޭ ހިތަށް އެރި ކިތަންމެ ރެއަކު ރޮއެފައި އަނެއްކާވެސް އިތުރު ހިތްވަރު ކުރެއެވެ.

ސްކޫލަށް ދާ ގަޑިޖެހޭތީ އަވަހަށް ތައްޔާރުވާން ބުނެފައި ހަފްސާ އަވަސްވެގަތީ ޒައިނަބުގެ މެންދުރު ކެއުން ތައްޔާރުކުރާށެވެ. ފޮތާއި އިންޓަވަލް ދަބަހަށް އެޅުމަށްފަހު ޒައިނަބު ހިގައިގަތީ ފާހާނާއަށެވެ.

………..

ކުއްލިއަކަށް އެމްބިއުލާންސް ސައިރަން އަޅަމުން އައިސް ހޮސްޕިޓަލަށް އެވަނީ ގައިމުވެސް އެމަޖެންސީގައެވެ. އޭރު ނަސީބަކުން ދެ ޑޮކްޓަރަކު ހަމަ އެ ހިސާބަށް އަރާ ހަމަވަނީއެވެ. ޑިއުޓީ ނިންމާފައި ނުކުތްގަޑިއާއި މި ދިމާވީ ބޮޑު ކަމަކާއެވެ. އެންމެންނަށްވުރެ ކުރިން ހަފްސާ ރޮމުން ދުވެފައި އައިސް އެ ދެ ޑޮކްޓަރުންގެ ފައިމައްޗަށް ވެއްޓިގަތެވެ. އާދޭސްކުރަމުންދިޔައީ އޭނާގެ ލޮލުގެ ފިނިކަންކަމުގައިވާ ޒައިނަބުއަށް ވީގޮތެއް ބަލައިދިނުމަށެވެ.

އަވަސް ހަރަކާތާއެކު އެއްޑޮކްޓަރަކު އެމްބިއުލާންސުން ނެރެމުންދިޔަ ކުޑަކުޑަ ޒައިނަބުގެ ހާލަތު ބަލަން ފެށިއެވެ. ދެން ހުރި ޑޮކްޓަރ ދިޔައީ ކަން ވީގޮތް އޮޅުން ފިލުވަމުންނެވެ.

” އެއްވެސް ކަމެއް ނުވޭ ޑޮކްޓަރ. އަޅުގަނޑު ބަދިގެން ނުކުތްއިރު ދަރިފުޅު އޮތީ ވެއްޓިފައި. ތަނެއްގައި ޖެހިފައެއްވެސް ނެތް. އެހެން ވަކި އެއްޗެއް ކެއީއެއްވެސް ނޫން. އަޅުގަނޑުގެ ދަރިފުޅު ސަލާމަތްކޮށްދީ…” ހަފްސާ ރޮމުން ކަންވީގޮތް ކިޔައިދެމުން ދިޔައެވެ.

ހަފްސާގެ ވާހަކަތައް އަޑުއެހުމަށްފަހު އެ ޑޮކްޓަރުވެސް ބާރަށް ގޮސް އެމަޖެންސީ ރޫމަށް ވަނެވެ.

ހަފްސާގެ ހިތުގައި ވަނީ އެތައް އުދާސްތަކަކާއި ޝަކުވާތަކެކެވެ. އެހެން އެކަންވީ ކީއްވެހެއްޔެވެ. ޒައިނަބު މިއަދު ހެނދުނު ދެއްކި ވާހަކަ ތެދަކަށް ވަނީ ނޫންބާވައެވެ. ހަފްސާގެ ރުއިން އިހުނަށްވުރެ ބާރުވިއެވެ. އެތަނުގައި ދަންނަ އެއްވެސް މީހެއް ނެތެވެ. ނަމަވެސް ކައިރީ ގޮނޑިތަކުގައި ތިބި ބައެއް މީހުން އޭނާއަށް ހިތްވަރުދީ ނަސޭހަތް ދެމުން ދިޔައެވެ.

މާގިނަ އިރުތަކެއް ނުވެ ޑޮކްޓަރުން އެމަޖެންސީ ރޫމުން ނުކުތެވެ. ހަފްސާއަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ.

” ހިތްވަރު ކުރައްޗޭ. ދަރިފުޅުވަނީ ހޮސްޕިޓަލަށް ގެނައި އިރުވެސް ނިޔާވެފައި. ޤުދުރަތީ މަރެއްކަމަށް ބެލެވެނީ އެހެން ކަމަކަމަށް ޝައްކުކުރެވޭކަހަލަ ކަމެއް ނެތް. ” ޑޮކްޓަރުންގެ ވާހަކައަށްފަހު ހަފްސާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ހިނދުނެވެ. ލިބުނު ޝޮކާއެކު ހެޔަށް ގޮތްނުވިނަމަވެސް ވަރަށް ތަފާތު އިހުސާސެއް ހަށިގަނޑަށް ކުރުވައިފިއެވެ. ހީވަނީ މީހަކު ކިޔައިދޭ ހެންނެވެ. މިއީ ދުނިޔެއެވެ. މިތާނގައި އެއްވެސްކަމެއް ދާއިމީ ނުވާނެއެވެ. ހިތްދަތިކަމާ ކެކުޅުން ނޫން އެއްޗެއް މި ދުނިޔެއިން ނުލިބޭނެއެވެ. ކެތްކުރާށެވެ. ކެތްތެރިވާށެވެ. ﷲ އެއްވެސް އިންސާނަކަށް ނުއުފުލޭ ވަރުގެ ތަކުލީފެއް ނުޖައްސަވާނެކަން ޤުރުއާނުގައިވެސް ވޭ ނޫންހެއްޔެވެ.

އެހިސާބުން ފެށިގެން ޒައިނަބު ވަޅުލަންދެންވެސް އޭނާގެ ލޮލުން ކަރުނަ ތިއްކެއްވެސް ނާދެއެވެ. ދުނިޔެއާއި ވަށައިގެންވާހާ އެއްޗެއް ގަނޑުވެފައިވާފަދައެވެ.

………..

އޭނާގެ ހިތްވަރު އެލިއްޖެއެވެ. ހިތްވަރުކުރަން ބޭނުންވެސް ނުވަނީއެވެ. އެންމެ ފަހުން ދުވަހު ޒައިނަބު އެ އޮތީ ނޭނގިނަމަވެސް ހަފްސާއާއި ދުރަށް، ވަރަށް ދުރަށް ދާން އުޅޭކަން ބުނެދީފައެވެ. އޭނާގެ ދިރިއުޅުމުގައި ހަމައެކަނި ކަނިނުވެ ހުރި ހުޅުކޮޅު އެކީ އެކައްޗަކަށް ނިވުނީއެވެ. ނުވެސް ދެނެހުއްޓައެވެ. ހަފްސާއަށް ވެހެމުންދިޔަ ބޯވާރޭގެ އަސަރުވެސް ނުކުރާކަހަލައެވެ. އަޑުގެ ކޮޅަށް ހަޅޭއްލަވަމުން ރޮމުން ދިޔައިރު ބާރުވަޔާއި ބޯވާރޭވެސް އޭނާއާއި އެއްބައިވިއެވެ.

” ދައްތާ…” ވަރަށް ގާތުން އަންހެން ކުއްޖެއްގެ އަޑު އިވުނެވެ. ހަފްސާ އެ ދިމާލަށް ބަލާކަށް ބޭނުން ނޫނެވެ. އެއީ ހީވި ހހީވުމަކަށް ވާން އޭނާ ވަރަށް އެދެއެވެ.

”ދައްތާ. ވަރަށް ވިއްސާރަ ދުވަހެއް މިއީ. ހިނގާ ހިޔާވާން. ” ޔުނީފޯމްގައި ހުރީ ފުލުހުންގެ އަންހެންކުއްޖެކެވެ.

” ކީއްކުރަން.. ދައްތަ ދުނިޔޭގައި ހުރުމުގެ މާނައެއް، ސަބަބެއް ނެތް. ” ހަފްސާއަށް ރުއިން ކޮންޓްރޯލެއް ނުކުރެވެއެވެ. ބުނަން ބޭނުންވި ޖުމްލަވެސް ފުރިހަމަވީ އެހާ ހާލުންނެވެ.

”ހިނގާ ވާހަކަދައްކަން އިށީންދެލަމާ ދޯ ހިޔާތަނެއްގައި.” ލޯތްބާއިއެކު އެކުއްޖާ ހަފްސާގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ހިނގައިގަތެވެ. އެވަގުތު ހަފްސާ ބިންމައްޗަށް ވެއްޓުނެވެ. ވާރޭ ތެރެއިން ޒައިނަބު އައިސް މަންމާ އަންނާށޭ ބުނާހެން ހީވިއެވެ. އެންމެ ފަހުގެ ވަދާއީ ސަލާމުން މި ހިތްދަތިކަމުން ފުރިގެންވާ ދުނިޔެއަށް އެންމެ ފަހު ފަހާރާ ބަލާލިއެވެ.

ނިމުނީ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!