ވާހަކަ
ކުރުވާހަކަ : ކުޑަ ހިނދުކޮޅެއްގެ ތެރޭގައި

އެޑިޓަރުގެ ނޯޓު: “ކުޑަ ހިނދުކޮޅެއްގެ ތެރޭގައި” މި ވާހަކަ އަކީ ހުވަދޫ މީޑިއާ ގްރޫޕުން ކުރިއަށް ގެންދިޔަ ކުރުވާހަކަ ލިޔުމުގެ މުބާރާތަށް މުޙައްމަދު ނާފިޒް ލިޔެފައިވާ ވާހަކަ އެކެވެ. މި ވާހަކަ އަކީ “ހުވަދޫ ކުރުވާހަކަ ލިޔުމުގެ މުބާރާތް 2022” އަށް ހުށަހެޅުނު ވާހަކަ ތަކުގެ ތެރެއިން މުބާރާތުގެ ފަނޑިޔާރުންނަށް އެންމެ ރަނގަޅު 5 ވާހަކައިގެ ތެރެއިން އެއްވާހަކައެވެ.

އަހަރެންގެ ހިތް ކުދިކުދި ކުރަމުންދިޔައެވެ. މާޒީވެ ގޮސްފައިވާ އެހާދިސާ އަހަރެންގެ ސިކުނޑީގައި މިއަދުވީ ކަމެއްހެން ތަމްސީލްވަމުން ދިޔައެވެ. އަހަރެންގެ ފެންކަޅިވެފައިވާ ދެލޮލުން ހާމަވެގެންދަނީ މީގެ 7 އަހަރު ކުރިން ހަދާންތަކެވެ. އަހަރެންގެ ހަޔާތުގެ ބަހާޜު މޫސުމުގެ ދުވަސްތަކެވެ. އެދުވަހު އަހަރެންވެސް ފޮނި އުއްމީދުތަކާއި ހުވަފެންތައް ދުށީމެވެ. އަދި އެހުވަފެންތަކުގައި ރީތި އެކިއެކި ކުލަތައް ޖައްސަމުން ދިޔައީމެވެ. އެހެނަސް މިއަދު ކުރާނެ ކަމެއް ނެތެވެ. އެހުވަފެންތަކާއި އުއްމީދުތައް މިއަދު އެއީ ނެތް އެއްޗެކެވެ. އެކުލަތައް ވަނީ ކަނޑުގެ ރާޅުތަކާއެކުވެ ޤަރަޤުވެގެން ގޮސްފައެވެ. އެއީ ދުވަހަކުވެސް އަހަރެން ހަދާނުން ފިލައިގެން ދާނެ ދުވަހެއް ނޫނެވެ.

އެއީވެސް މިކަހަލަ ރީތި އުޑުމަތި ސާފު، ކަނޑު މަޑު އަވި ދީފައި އޮތް ދުވަހެކެވެ. ހިތަށް ފިނިވާ ފަދަ ހިތްޤައިމު ވައިޖެހެމުން ދިޔަ ނަލަ ފަތިހެކެވެ. އުޑުމަތީގައި ފިރުކެމުން ދިޔަ ވިލާތަކާއި މަތީގައި އުދުހެމުންދިޔަ ދޫނިތަކުގެ ތޫލި އަޑުން އާ ދުވަހަކަށް މަރުހަބާ ކިޔަމުން ސަނާ އިއްވަމުން ދިޔައެވެ. އެހިތްޤައިމު ވަގުތުގެ ހަމަހިމޭންކަން ނަގާލީ އަތިރިމަތީގައި ދަތުރުދާން އައިސް އުޅޭ ކުދިންތަކެކެވެ. އެންމެންވެސް އަވަދިނެތި އުޅުނީ ދޯންޏަށް އެއްޗެހި އެރުވުމުގައެވެ. އެތާނގައި ތިބީ އަހަރެންގެ އޮފީސް މީހުންނާއި އެމީހުންގެ އާއިލާއެވެ. އެއީ ކުޑަކުޑަ ދޯންޏެއް ކަމުން 20 މީހުން އެރުމުން ދޯނި އޮތީ ފުރިބާރުވެފައެވެ.

އަހަރެންވެސް އަލަތު ފިރިމީހާ ވިޝާލް އާއެކު ދާ ފުރަތަމަ ދަތުރުގައި ބައިވެރިވެލަން އުފަލުން ފޮޅިފައި އިނީމެވެ. މިއީ އަހަރެންގެ އެންމެ ފުރަތަމަ އޯވާ ނައިޓެވެ. އަހަރެންގެ ފުރަތަމަ އޯވާނައިޓަށް ވުމުން ފިރިމީހާ ކައިރީ އަހަރެން އެކަނިކޮށްފަ ރޭގަނޑު އެއްވެސް ތަނަކަށް ނުދިޔުމަށް ޝަރުތުކޮށް ދަތުރަށް އަހަރެން ފުރީމެވެ.

ދަތުރުދިޔައީ ރަށާއި ވަރަށް ދުރުގައި އޮތް ފަޅު ރަށަކަށެވެ. އެރަށުގައި ހޭދަވި ވަގުތުތަކަކީ އަހަންނަށް ވަރަށް އަގުހުރި ވަގުތުކޮޅެކެވެ. މަޖާ ދަތުރަކަށްފަހު ރަށަށް އަންނަ ފުރަން އުޅުމުން ދޯނީގެ އިންޖީނުގައި ކުޑަ މައްސަލައެއް ދިމާވެގެން ފުރުން ލަސްވިއެވެ. އިންޖީނު ރަނގަޅުކޮށްގެން ފުރުނު އިރު ހުރީ މަޣުރިބް ނަމާދަށް ބަންގިވެސް ގޮވާފައެވެ.

ދަތުރުމަތީގައިގައިވެސް ބައެއް މީހުން ބޮޑެބެރު ޖަހާ ލަވަ ކިޔާ ނަށާ ހެދިއެވެ. ވިޝާލްއަކި ބޮޑުބެރަށް ފޯރިހުންނަ މީހަކަށް ވުމުން އެމީހުންނާއެކު ނެށުމުގައި ބައިވެރިވެލިއެވެ. އަހަރެން އިނީ ހެވިފައި އަތް ޖަހާށެވެ. ވަރަށް އުފާވެފައެވެ. ކުއްލިއަކަށް އެއްޗެއް ހަދާންވިއެވެ. އަހަރެން ބަޑުބޮޑު ކަމެއް ވިޝާލްއަކަށް އަދި ނޭގޭނެއެވެ. ދަތުރު ގޮސް ބުނަން ހުއްޓާ ހަދާން ނެތުނީއެވެ. އަހަރެން ނިންމައިގެން ހުރީ ރަށަށް ދެވުމުން އެއުފާވެރި ޚަބަރު ދިނުމަށެވެ.

ކުއްލިއަކަށް އުޑުމަތި ބަނަކޮށްފައި  ވައިގަދަވާން ފަށައިފިއެވެ. ކަނޑުގެ ރާޅުތައްވެސް ބޮޑުވާން ފަށައިފިއެވެ. އެންމެން މަޖާކުރުން ހުއްޓާލިއެވެ. އަހަރެން ބިރުން އިނީމާ ވިޝާލް އައިސް އަހަރެން ކައިރީގައި އިށީނެވެ. ދެން ވަރަށް އަވަހަށް ރަށަށް ދެވިދާނެ ކަމަށް ބުނެ އަހަރެން އުފާކޮށްދިނެވެ. ދޯނި ދުއްވާތާ މިހާރު ބައިގަޑިއިރަށްވުރެ ގިނަ ވަގުތު ވެއްޖެއެވެ. ރަށް އޮތީ ހަމަ އެދުރުމިނުގައެވެ. ދޯނީގައި ތިބި މީހުން ކައްޕި ކައިރިން ވާނުވާ އަހަމުންދިޔައެވެ. ވާނުވާ ކައްޕިއަކަށްވެސް ނޭގެއެވެ. ދޯނި ދުއްވަން ހުރީ ކުޅަދާނަ ކައްޕިއަކަށްވުމުން ކަނޑުގެ ބިޔަ ރާޅުތަކުން ކަޓުވާލަމުން ދޯނި ދުއްވަމުން ދިޔައެވެ. ކައްޕި ކަންބޮޑުވެ ދާހިއްލަން ފަށައިފިއެވެ. މިއޮތް ފިނި ވައިޖެހޭއިރު ކައްޕި ދާހިއްލާ ފޯވުމުން ކޮންމެވެސް ކަމެއް ގޯސްވެގެން އުޅޭހެން އަހަންނަށްވެސް ހީވިއެވެ.

ދޯނީގައި ތިބި އަންހެންވެރިން ބުނަމުން ދިޔައީ ދެނަމާދު ދޭތެރޭގައި ކަނޑުދަތުރުކުރާތީ ވާގޮތެއް ކަމަށެވެ. ކަނޑުމަތި އެޅީ ކަމަށެވެ. އެހެންނަމަވެސް ފިރިހެންވެރިން ބުނަމުން ދިޔައި ކަނޑުގަދަ ކަމުން ދޯނި ނުދުއްވެނީ ކަމަށެވެ.

ވައިވެސް ބާރެވެ. އިރުކޮޅެއްނުވެ ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ.  ރޯ މީހުން ރޮނީއެވެ. ހަޅޭއްލަވާ މީހުންވެސް މަދެއް ނޫނެވެ. ނަގާ ބޮޑެތި ރާޅުތަކުން ހީވަނީ ދެންމެ ދެންމެ ދޯނި ބަންޑުން ޖަހާލާނެހެންނެވެ. އަހަރެން އިނީ ވިޝާލްގެ ގައިގައި ހިފައި ބައްދައިގެންނެވެ. އަހަރެން ރޯން ފެށުމުން އަހަރެންގެ ވިޝާލް އަހަންނަށް ހިތްވަރު ދެމުން ދިޔައެވެ.

ކުއްލިއަކަށް ނެގި ބޮޑު ރާޅާއެކު ދޯނި ވަރަށް ބޮޑަށް އެއްފަރާތްވިއެވެ. އެވަގުތު މީހުންތައް ވިސްނާނުލާ ތިބުމުން ދޯނި އެދިޔަ ގޮތަށް ގޮސް ބަންޑުން ޖަހާލީއެވެ. ސުބުހާނަﷲއެވެ. ގޮވާނީ ވަކިކާކަށް ހެއްޔެވެ.  ރޭގަނޑުގެ ކަޅުފޮއި އަނދިރީގެ ތެރޭގައެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުންދިޔައީ އެމީހެއްގެ ފުރާނަ ސަލާމަތް ކުރެވޭތޯއެވެ. އަހަރެންވެސް ފުރާނަފަދައިން ލޯބިވާ ފިރިމީހާ ފެނޭތޯ މީހުންތައް ކަފަމުން މަސައްކަތް ކުރީމެވެ. އެކި ދިމަދިމާލަށް ފަތާފައި ގޮސް ހޯދިމެވެ. އެފިނިރޭގެ ވައިރޯޅިއާއެކު ވިޝާލް އެފުންކަނޑުގެ ތެރެޔަށް އަރަޤުވެގެން ދިޔައިރު އަހަރެންނަށް އޮވެނީ ރޮވިފައެވެ. ގޮތް ހުސްވެ މާޔޫސްވެފައެވެ. އަހަރެން ކައިރީގައި ތިބި މީހުން އަހަރެން ސަލާމަތް ކުރިއެވެ. ވިޝާލް ސަލާމަތް ކުރުމަށް އެދި އަހަރެން އެމީހުން ކިބައިން އެދެމުން ދިޔައީމެވެ.

އެކަމަކު އަހަރެން ވަރަށް ރަނގަޅަށް ހަދާން އެބަހުއްޓެވެ. އަހަރެން ވިޝާލް ހޯދަން އުޅުމުގެ ތެރޭގައި ވިޝާލް އަހަންނަށް ގޮވާލިއަޑު އިވުނެވެ. އަދިވެސް ދެންމެ ދެންމެ އިވުނު  އަޑެއްހެން އަހަރެންގެ ކަންފަތުގައި އެއަޑު ގުގުމާލަ ގުގުމާލާ އެބަހުއްޓެވެ.

ފުރާނަ ފަދައިން ލޯބިވާ މީހަކު ވަކިވެގެން ދިޔުމަކީ ހާދަ ވޭން ހުރި ކަމެކެވެ. އަހަރެންގެ ރައްޓެހިން މިހެން ބުނެ އުޅުނަސް އަހަރެން ޤަބޫލެއް ނުކުރަމެވެ. އެކަމަކު މިއަދު. އާހް! ހިތް ފަޅައިގެންދާވަރުވިއެވެ. ވިޝާލްއާ އެކީ އަހަރެންވެސް މަރުވެގެން ދިޔަ ނަމައޭ އެވަގުތު ހިތަށް އެރިއެވެ.

ވިޝާލް ސަލާމަތް ކުރުމަށް އަހަންނަށް ކުރެވުނުހާ މަސައްކަތެއް ކުރީމެވެ. އެހެނަސް ވީ ނާކާމިޔާބެވެ. އަހަރެންގެ ލޯބިވާ ފިރިމީހާގެ ފުރާނަ އަހަންނަށް ސަލާމަތެއް ނުކުރެވުނެވެ. އެހާ އުއްމީދާއެކު ލޯބިން ބަނދެވުނު ދެހިތް ކުރި ފޮނި އުއްމީދުތައް ކުޑަ ހިނދުކޮޅެއްގެތެރޭގައި ވިއްސި ވިހާލިވެގެން ދިޔައީއެވެ. އަބަދުގެ އަބަދަށް އަހަންނާއި އަލްވަދާއުކީ އަހަރެންގެ ހަޔާތަށް ކަޅު އަނދިރި މޫސުމެއް ކުރިމަތިކޮށްލާފައެވެ.

ކުއްލިއަކަށް މީހަކު އަހަރެންގެ ކަންފަތަށް ފުމެލިއެވެ. ހަމައެއާއެކު މާޒީގެ ސަފްހާތަކުން އަހަންނަށް ނުކުމެވުނެވެ. ސިހިފައި ބަލާލިއިރު ކުރިމަތީގައި ހުރީ އަހަރެންގެ ހަތް އަހަރުވީ ދަރިފުޅު ފަޒަންއެވެ. އަހަރެން ފަޒަންއަށް ބަލާލާފައި ހީލީމެވެ. އަދި ދަރިފުޅު އުރާލައިގެން ރަށުތެރެޔަށް ހިނގައިގަތީމެވެ. ހިތާމަޔާއި ހިތްދަތިކަމުން ފުރިގެންވާ ހިތަކާއެކުގައެވެ. އަހަރެން ދުވަހަކުވެސް އެއޯވާ ނައިޓް މަތިން ހަދާން ނުނެތޭނެއެވެ. އެއީ އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ އޯވާ ނައިޓެވެ.

(ނިމުނީ)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!