ޚަބަރު
ރަމަޟާން މަސް އިޙުޔާ ކުރުމަށް އަބޫބަކުރު ސްކޫލުން މިއަހަރު ތަފާތު ޕްރޮގްރާމްތަކެއް

ރަމަޟާން މަސް އިޙުޔާ ކުރުމުގެ މަޤްޞަދުގައި އަބޫބަކުރު ސްކޫލުން މިއަހަރު ތަފާތު ޕްރޮގްރާމްތަކެއް ރާވައިގެން ކުރިޔަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

ރަމަޟާން މަސް އިޙުޔާ ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މަޤްޞަދުތަކުގެ ތެރޭގައި، ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނާއި އިސްލާމް ދީނަށް ލޯބިޖެއްސުމުގެ އިތުރުން، ދަރިވަރުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް ހާމަކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ދިނުން ހިމެނޭކަމުގައި އެސްކޫލޫން މަޢުލޫމާތު ދެއެވެ.  

އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު އަޖީބު، ހުވަދޫ މީޑިއާއަށް މަޢުލޫމާތު ދީފައިވާގޮތުގައި، ރަމަޟާން މަހުގެ ކުރިޔަށް އޮތް ދުވަސްތަކުގައި އަބޫބަކުރު ސްކޫލުން ތަފާތު 3 ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.  މިގޮތުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ތިރީގައިވާ ޕްރޮގްރާމްތަށް ފާހަގަކޮށްލެވެއެވެ.

އުނގެނޭ ދުލަކުން

މި ޕްރޮގްރާމަކީ ރަމަޟާން މަހާ ގުޅޭ ތަފާތު މައުޟޫޢުތަކަށް ދަރިވަރުން ދަރުސް ދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.  ރަމަޟާން މަހުގެ ފަހު ދިހައިގެ ކޮންމެ ދުވަހަކު ކޮންމެވެސް 1 ދަރިވަރެއްގެ ދަރުސް ވީޑިއޯކޮށް، ފޭސްބުކާއި ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ޢާންމުންނާ ހަމައަށް ފޯރުކޮށްދެވޭނެކަމަށް އެސްކޫލުން މަޢުލޫމާތު ދެއެވެ. 

ފޮޓޯ: އަބޫބަކުރު ސްކޫލް

ފޮޓޯ: އަބޫބަކުރު ސްކޫލް

މޫރިތި އާޔަތްތަކުން

މި ޕްރޮގްރާމަކީ ރަމަޟާންމަހުގެ 15ވަނަ ދުވަހުން ފެށިގެން، ސްކޫލުގެ ކިޔެވުން އޮންނަ ކޮންމެ ދުވަހަކު، ސްކޫލުގެ ކިޔެވުން ފެށުމުގެ ކުރިން 15 މިނިޓް ވަންދެން ޤުރުއާން ކިޔެވުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުންތައް ސްކޫލުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކޮންމެ ދުވަހަކު ލައިވްކުރެވޭނެކަމަށް އެސްކޫލުން މަޢުލޫމާތު ދެއެވެ.

ފޮޓޯ: އަބޫބަކުރު ސްކޫލް

އަލި ނޫރު

މިޕްރޮގްރާމަކީ، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ކުރިޔަށް ގެންދާ ޕްރޮގްރާމެއްކަމުގައި އެސްކޫލުން މަޢުލޫމާތު ދެއެވެ. މިޕްރޮގްރާމްގެ ދަށުން، އަބޫބަކުރު ސްކޫލުން ހޮވާލެވޭ ދަރިވަކޮޅެއް ހުށަހަޅައިދޭ މަދަޙަތައް ވީޑިއޯކޮށް، ފޭސްބުކާއި ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ޢާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް އެސްކޫލުން ނިންމާފައި ވެއެވެ. އަދި މި މަދަޙަތަށް ވެގެންދާނީ މީގެ ކުރިން ރެކޯޑް ކުރެވިފައި ނުވާ މަދަޙަތަކެއް ކަމުގައި އެސްކޫލުން މަޢުލޫމާތު ދެއެވެ.  

ފޮޓޯ: އަބޫބަކުރު ސްކޫލް

ފޮޓޯ: އަބޫބަކުރު ސްކޫލް

ދުޢާ

ރަމަޟާން މަސް ފެށުމުގެ ކުރިން ސްކޫލުގެ ކޮންމެ ދަރިވަރަކަށް ދުޢާފޮތެއް ޙަވާލު ކޮށް، އެ ފޮތުގައި ހުރި ދުޢާތައް ދަސްކުރުމަށް ދަވަރުންނަށް ބާރުއެޅިފައި ވާނޭކަމަށް ޕްރިންސިޕަލް ފާހަގަކޮށްފައި ވެއެވެ.  އަދި ދުޢާ ދަސްވުމުން ބެލެނިވެރިން ޗެކް ކުރުމަށްފަހު ދުޢާ ދަސްވިކަމަށް ސޮއިކޮށް ސްކޫލަށް ހުށަހަޅާ ގޮތަށް ނިންމާފައިވެއެވެ. މިޕްރޮގްރާމްގެ ދަށުން، ދަރިވަރުން ދުޢާތައް ދަސްވަމުންދާވަރު މުދައްރިސުން ބަލަމުން ދާނެކަމުގައި ސްކޫލުން މަޢުލޫމާތު ދެއެވެ.

ރަމަޟާން މަހަށް ޚާއްސަކޮށްގެން އަބޫބަކުރު ސްކޫލުން ތަޢާރަފްކޮށްފައިވާ ހުރިހާ ޕްރޮގްރާމެއްވެސް މިހާރު ފެށިފައި ވާއިރު، އަލިނޫރު ޕްރޮގްރާމްގެ ފުރތަމަ މަދަހަ މިއަދު އެސްކޫލުން ވަނީ ނެރެފައެވެ. މިމަދަޙަ ހުށަހަޅާފައި ވަނީ، އެސްކޫލްގެ ގްރޭޑް 5ގެ ދަރިވަރު، ޒީކް އިބްރާހީމް ލުޠުފީއެވެ.

މަދަހަ ލިންކް:

ރަމަޟާން މަހަކީ، މުސްލިމުންނަށް އެންމެ މާތް، އަޅުކަމުގެ މައްސަރަށް ވުމާއެކު، ދަރިވަރުންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި ޖައްސައި، ދީނީ ކަންކަމަށް ދަރިވަރުން އަހުލުވެރިކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެސްކޫލުން ދެކޭކަމުގައި، އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު އަޖިބު ދެކެއެވެ.  

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!