ރަމަޟާންމަހުގެ ފަހު ދިހައާ ދިމާކޮށް އައްޝައިޚް އިބްރާހިމް ފަރީދު އަހުމަދުގެ ހާއްސަ ދަރުހެއް މާދަމާ ރޭ ތިނަދޫގައި ބާއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.
ތިނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ހަވަރު ސްޕޯޓްސް އާއި ގުޅިގެން ކުރިޔަށް ގެންދާ ދީނީ ދަރުސް ޕްރޮގްރާމް “ކަސީދާ ދަރުސް” ގެ ދަށުން މާދަމާރޭ 22:00 ގައި ތިނަދޫ ފެރީ ޓާމިނަލް ސަރަހައްދުގައި މިދަރުސް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
މި ދަރުސްގެ މައުޟޫއުއެއްގެ ގޮތުގައި ކަނޑައާޅާފައިވަނީ ” ރަމަޟާންމަހުގެ ފަހު ދިހަ ” އެވެ.
މި ދަރުސް އަޑުއެއްސެވުމަށް ތިނަދޫގެ ވީހާވެސް ގިނަ ބަޔަކު ވަޑައިގަތުމަށް ތިނަދޫ ކައުންސިލުން ވަނީ އެދިލައްވާފައެވެ.