ޚަބަރު
އަލްޙާފިޡް އަޙްމަދު ނަބީޙްއާއި ބައްދަލުކުރައްވައި ނާއިބު ރައިސް ހިތްވަރުދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް،ޔޫއޭއީގައި ކުރިޔަށް ދިޔަ 2022 ވަނަ އަހަރުގެ ދުބާއީ އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކުރި އަލްޙާފިޡް އަޙްމަދު ނަބީޙް ޢަބްދުލްޤާދިރާއި ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރާއި، އަލްޙާފިޡް އަޙްމަދު ނަބީޙް ޢަބްދުލްޤާދިރުގެ މަންމަ އާމިނަތު މުޙައްމަދާއި، ބައްޕަ ޢަބްދުލްޤާދިރު ޤާސިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަލްޙާފިޡް އަޙްމަދު ނަބީޙަކީ ނަމޫނާ ކުއްޖެއްކަމުގައި ވިދާޅުވެ، ނަބީޙަށް ކީރިތި ޤުރުއާން ކިޔެވުމުގެ ރޮނގުން އިތުރަށް ކުރިޔަށް ދިޔުމަށް ހިތްވަރުދެއްވައި، ކުރިޔަށް އޮތް ތަނުގައި ސަރުކާރުގެ ތެރެއިން ހުރި މިފަދަ ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނުވަނީ ކުދިންގެ ޅަ އުމުރުން ފެށިގެން ކީރިތި ޤުރުއާނަށް އޮންނަ ލޯބި އަށަގަތުމަށް މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ

މި ބައްދަލުކުރެއްވުމުގައި ނަބީޙުގެ ބެލެނިވެރިން ވަނީ ދުބާއީ އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގައި ނަބީޙު ބައިވެރިވުމަށް ކުރި ދަތުރުގެ ތަޖުރިބާ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!