ޚަބަރު
ދިވެހި ފިލްމީ ތަރިން ޢީދު ޝޯވް ދިނުމަށް މިފަހަރު ހުވަދު އަތޮޅަށް

އަންނަ ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްތަކަށް ކުރާ ދަތުރުތަކުގައިި ދިވެހި ފިލްމީ ތަރިން މިފަހަރު މިސްރާބު ހުރީ ހުވަދު އަތޮޅަށް ކަމުގައި ޢީދު ޝޯވް ތަކަށް ތައްޔާރު ވަމުންދާ ދިވެހި ފިލްމީ ތަރިން ބުނެފިއެވެ.

ޢީދު ޝޯވް ތަކާ ބެހޭގޮތުން ‘ހުވަދޫ ނިއުސް’ އަށް މައުލޫމާތު ދެމުން ރާއްޖޭގެ އެކި ކަންކޮޅުގައި ގިނަ ޝޯވް ތަކެއް ދީފައިވާ ޖާދުއްﷲ އިސްލާމީ (ޖާދު) ބުނީ މީގެ ކުރިން ޢީދު ފާހަގަ ކުރުމަށް މުޅިންވެސް ދަތުރު ކޮއްފައިވަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެ އަދި އައްޑޫ އާއި ފުވައްމުލަކަށް ކަމަށާއި އެހެންކަމުން މިފަހަރު ވަރަށް ގިނަ ފިލްމީ ތަރިނާއި ނެށުންތެރިންގެ ވިސްނުންހުރީ ހުވަދު އަތޮޅަށް ކަމަށެވެ. ޖާދު ބުނީ މި ފަހަރުގެ ޢީދުގައި ހުވަދޫ އަށް އިސްކަމެއް ދިން ކަމުގައި ވިޔަސް މުޅި ރާއްޖެއަށްވެސް ފުރުސަތު އެބަ އޮތް ކަމަށާއި ޖާގަ ތަން ދޭ އެންމެ އަވަސް މިނެއްގައި އެރަށަކަށް ދާނެ ކަމަށެވެ.

ޖާދު ބުނީ މިފަހަރު ޢީދު ޝޯވތައް ދިނުމުގައި ވިސްނުން ހުރީ ޢީދުގެ އުފަލާއެކު,ކޮވިޑް-19ގެ ޙާލަތުން އަރައިގަނެވި އޮތް ވަޤުތުގައި ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙު ދިރުވައި އެކުވެރިކަމުގެ މާހައުލެއް އުފެއްދުން ކަމަށާއި އެގޮތުން މިހާރު މިވަނީ ހުވަދޫ އަށް އަމާޒު ކޮށް ޚާއްޞަ ގުރޫޕެއް އެކުލަވާލާފަެއި ކަމަށެވެ.

ހުވަދު އަތޮޅުގެ ރަށްތަކަށް ޢީދު ޝޯވް ދިނުމަށް ތައްޔާރު ވަމުންދާ ގުރޫޕްގައި ހިމެނެނީ ނެށުމުގެ ދާއިރާ ގައިވެސް ހަރަކާތްތެރިވާ ދިވެހި ފިލްމީ ތަރިންނެވެ. އެގޮތުން ޖާދުއްﷲ އިސްމާއިލް ގެ އިތުރުން ޢާއިޝަތު އަމްނާ (ނާ), މުޙައްމަދު ވިޝާލް (ރޯމަން), އާމިނަތު ސަމުއާ (ޝާމް), އަންޝާމް މުހައްމަދު (އަންޝު), އަލީ އާޒިމް ( ދޮން އައްޔަ), ފާތުމަތު ޝަރާ އާދަމް (ޝަރާ), މަރިޔަމް މިޝްޔާ އާސިފް (މިޝީ) އަދި ޢާއިޝަތު ލަހުފާ (ލަހޫ) އެވެ.

މި ފަންނާނުގެ ފަރާތުން ވާހަކަ ދައްކަމުން މީގެ އިރުކޮޅެއް ކުރިން ޖާދު ބުނީ ހުވަދޫ އަށް ކުރުމަށް ތައްޔާރު ވަމުންދާ ދަތުރުގައި މިއަދުން ފެށިގެން ވަނީ އީދު ފާހަގަ ކުރުމަށް ބާއްވާ ޝޯވ ތަކުގައި ބައިވެރި ކުރުމަށް ނުވަތަ ޝޯވް ދިނުމަށް ބޭނުންވާ ރަށް ތަކުން ނަން ނޯޓު ކުރުމަށް ރަސްމީ ކޮށް ހުޅުވާލާފައި ކަމަށާއި އިސްކަން ދޭނީ ތަރުތީބުން ކަމަޝެވެ.
މިހާރު ޖަމިއްޔާ ތައް ބައެއް ފަރާތްތަކުން ގުޅައިގެން މަޢުލޫމާތު ހޯދަމުން ދަނީ. ރަނގަޅު ޝޯވް ތަކެއް ގއ އާއި ގދ ގައި ދެވޭނެ ކަމަށް މި ބަލަނީ” ޖާދު ބުންޏެވެ.

ގިނަ ފަންނާނުން އެކުވެގެން ކުރުމަށް ހަމަޖެހިފައިވާ އީދު ޝޯވ ހުވަދޫ ދަތުރާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ގުޅާނެ ނަންބަރު ތަކަކީ 7734533  އަދި 9934925 އެވެ.

ގިނަ ދުވަސް ތަކަކަށް ފަހު ފަހު ކުލަގަދަކޮށް އީދު ފާހަގަ ކުރުމަށް ދިވެހި ފިލްމީ ތަރިނާއި ފަންނާނުން ހުޅުވާލާފައިވާ މި ފުރުސަތުގެ ބޭނުން ހިފުމަށް ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގެ ޖަމްޢިއްޔާ ތަކާއި ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތަކުން ދަނީ މަޝްވަރާކުރަން ފަށާފައެވެ.

 1. ނިއުމާ

  ވޭސްޓް

 2. މުންދު

  ބޭކާރު ކަމެއް