ދުނިޔެ
ސުވިޑަންގައި މުޞްޙަފު އެންދުމުން ބޮޑު ހަމަނުޖެހުމަކަށް

ސުވިޑަންގައި މުސްލިމުންނަށް ފުރައްސާރަކުރުމަށް މުޞްޙަފު އެންދުމުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފަށައިފިއެވެ.

ވިލާތުގެ އުތުރުގައި އޮންނަ ޤައުމެއްކަމަށްވާ ސުވިޑަންގައި ޙައްދުފަހަނައަޅާފައިވާ ކަނާތު ފިޔައިގެ ސިޔާސީވެރިއެއްކަމަށްވާ ރަސްމުސް ޕަލޫދަން އިސްވެ މުޞްޙަފު އަންދަން ފެށުމުންނެވެ. އޭނާއަކީ މުޞްޙަފު އަންދާކަމަށް މަޝްހޫރު މީހެކެވެ. އަދި އެއީ އޭނާ އެފަދަ ޢަމަލެއް ހިންގި ފުރަތަމަ ފަހަރެއްވެސް ނޫނެވެ.

ސުވިޑަންގައި މުޞްޙަފު އެންދުމާ ދެކޮޅަށް ނުކުތް ޢާއްމުންނާއި ފުލުހުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި އިމާރާތްތަކާއި އުޅަނދުފަހަރުތަކުގައި ހުޅުޖަހައިފައިވެއެވެ. އެއީ އެ ޤައުމުގައި ޢާއްމުކޮށް ފެންނަ މަންޒަރެއް ނޫނެވެ.

10 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުވިޑަންގެ %8 މީހުންނަކީ މުސްލިމުންނެވެ. އެއީ ގާތްގަނޑަކަށް 810،000 މީހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!