ޚަބަރު
މަޝްރޫއުތައް ނިންމޭ ވަރަށް ބަޖެޓްގައި ފައިސާ ނެތް: މަހްލޫފް

ފަށާފައިވާ މަޝްރޫޢުތައް ކުރިއަށްގެންގޮސް ނިންމާލެވޭވަރަށް ޔޫތު މިނިސްޓްރީގެ ބަޖެޓުގައި ފައިސާ ހިމެނިފައިނުވާކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރ. މާކުރަތު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން ވިދާޅުވީ، ބަޖެޓުގައި ފައިސާ ހިމަނާފައި ހުރީ އެއްވެސް މަޝްރޫއެއް ފަށާ ގޮތަށް ގެންގޮސް ނިންމައިލެވޭ މިންވަރަށްކަށް ނޫންކަމަށާއި، އެހެން މަޝްރޫޢުތަކަށް ކަނޑައަޅަފައިވާ ފައިސާއިން މަޝްރޫއުތައް ހަމަޖައްސަން ޖެހޭކަމަށެވެ. މިއަހަރުވެސް ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ނިންމާފައިވާކަމަށާއި، ހުރިހާ މަޝްރޫއެއް ވެސް ވިހާވެސް އަވަހަށް ނިންމާލެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

“ފުޓުބޯޅަ ސްޓޭޑިއަމެއްގެ ސަބްބޭސް އަޅައި ޓާފް އެޅުމަށް ޖުމްލަ އެކީގައި 8 މިލިއަންވަރު ހޭދަވޭ. އާއްމުކޮށް ބަޖެޓް ކުރެވިފަ މިއިންނަނީ އިނދެދާނެ ދެ ލައްކަ ރުފިޔާވެސް ބަޖެޓުގައި. އެހެންވީމަ ގެންދަން ބޭނުންވާ ސްޕީޑުގައި މަސައްކަތް ގެންދަން ވަރަށް ދަތިވޭ،” – މިނިސްޓަރ މަހްލޫފް

މަހްލޫފް ވިދާޅުވީ ބަޖެޓް ކުރެވިފައިވީ ނަމަވެސް އޭގައި އިންނަ އަދަދު ކުޑަވުމުން ވަރަށް ބޮޑު ދައްޗެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން މާކުރަތު ދަނޑުގެ މަސައްކަތަށް ބަޖެޓް ކުރެވިފައިވަނީ އެއްމިލިއަން ކަމަށާއި ސަބްބޭސް އާއި ތާފަށް އެކަނިވެސް ފަސް މިލިއަން ހަރަދުވާކަން މަހްލޫފް ފާހަގަކުރެއްވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!