ޚަބަރު
ފުރުސަތަކަށް އެދި ޓަކި މިޖެހީ އެމްޑީޕީ ސަރުކާރާއި އެކު މަސައްކަތް ކުރާތަން ނުފެންނާތީ : ފައްޔާޒް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވާ ގޮތަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއަދު ފުރުސަތަކަށް އެދި ޓަކި މިޖެހީ އެމްޑީޕީ ސަރުކާރާއި އެކު މަސައްކަތް ކުރާތަން ނުފެންނާތީ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި “ހިންގާލަން” ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވިޔަ ނުދިނުމަށް ބައެއް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ބޮޑުތަނުން ފެއިލް ކޮށްލާނެ ކަމަށެވެ.

އެމްޑީޕީގެ ތެރެއިން ބައެއް ބޭފުޅުން މަސައްކަތް ކުރަމުންދަނީ 2023 ގެއްލުވާލައި 2028 ގައި އެމްޑީޕީގެ ވެރިކަމެއް އަލުން ގެނައުމަށްކަން ފާހަގަ ކުރައްވަމުން ފައްޔާޒު ވިދާޅުވީ އެއީ ގޯސް ވިސްނުމެއް ކަމަށެވެ. އަދި 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބު ވެއްޖެނަމަ ރާއްޖެ އަލުން އަނބުރާ ދާނީ ކުރިންއޮތް ގޯސް ހިސާބަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“2023 ގައިވެސް އެމްޑީޕީގެ ސަރުކާރެއް އޮންނަ އެބަޖެހޭ، އެކަން ކުރެވޭނީ އަޅުގަނޑުމެންގެ ޕާޓީ އާއި އަޅުގަނޑުމެންގެ މެމްބަރުން އެކުގައި މަސައްކަތް ކުރެވިގެން. ހަމައާއެކު އަޅުގަނޑުމެންގެ ޕާޓީ އާއި ސަރުކާރާއެކު މަސައްކަތް ކުރެވިގެން. އެކަންވާތަން މިއަދު ނުފެންނާތީ އައިސް އަޅުގަނޑުމެންގެ ފުރުސަތަކަށް އެދި ދޮރުގައި ޓަކިޖެހީ،” – ފައްޔާޒު އިސްމާއިލް

ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް އަދި ބައެއް މިނިސްޓަރުންނަށް ނުފޫޒު ފޮރުވައި ބިރު ދައްކަމުންދާ ކަމަށް ޗެއާޕާސަންގެ މަގާމަށް އޭނާއާ ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ފަރާތުން ކުރައްވާ ތުހުމަތުކަމަށް ފައްޔާޒު ވަނީ ރައްދުދެއްވައިފަ އެވެ.

“ވަރަށް ބަދުނާމުކޮށްފި އިނގޭތޯ، ވަރަށް ބަދުނާމު ކޮށްފި. ވަރަށް ފިތުނަކޮށްފި. އަޅުގަނޑު ދުވަހަކު ހީނުކުރާހާ ދަށުދަރަޖަ އަށް ކަންތައްތައް ގެންގޮސްފި. އަޅުގަނޑު މިއަދު ގޮވައިލަން ދިވެހިރާއްޖޭގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް، އަމިއްލަފުޅަށް ނަމަވެސް އެބޭފުޅުން އެދައްކަވާ ވާހަކަތައް ބަލައި ރައްޔިތުންނާ ހިސާބަށް ކަން އޮތް ގޮތް ގެނެސް ދެއްވުމަށް،” – ފައްޔާޒު އިސްމާއިލް

ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ފައްޔާޒު ކެމްޕެއިން ކުރައްވާ އެމްޑީޕީ “ހިންގާލަން” މި ޝިއާރުގެ ދަށުންނެވެ. ސަރުކާރުގެ ވެރީންނާއި ކުންފުނިތަކުގެ ވެރީން އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުންނާއި ގައުމީ މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދު ވެސް އޮތީ ފައްޔާޒަށެވެ.

މި އިންތިހާބުގައި ފައްޔާޒްއާ ވާދަކުރައްވަނީ އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. އިމްތިޔާޒާއެކު ބޮޑަށް ފެންނަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!