ޚަބަރު
ހަވަރު ވިމަންސް ހޭންޑްބޯލް ޓޯނަމެންޓް 2022 ގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފި

ހަވަރު ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ތިނަދޫ ސްޓޭޑިއަމާއި ގުޅިގެން ބާއްވާ “ހަވަރު ވިމަންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ގައި ބައިވެރިވުމުގެ ފުރުސަތު މުޅި ދިވެހިރާއްޖެއަށް ހުޅުވާލައިފިއެވެ.

ހަވަރު ސްޕޯޓްސްއިން ހާމަކުރި ގޮތުގައި މި މުބާރާތަށް ޓީމް ލިސްޓު ފޮނުވުމުުގެ މުުއްދަތު ހަމަވާނީ 18 ޖޫން 2022 ވަނަ ދުވަހަށެވެ. އަދި 01 ޖޫން 2022 އާ ހަމަޔަށް މުބާރާތަށް ރަޖިސްޓްރީ ކުރަމުން ގެންދާނެއެވެ. ޖުލައިމަހު 03 ވަނަ ދުވަހު ފެށޭ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫ އާރު އަވަށު ޓާރފް ދަނޑުގައެވެ.

ފޮޓޯ: ހަވަރު ސްޕޯޓްސް

މިއަހަރުގެ މުބާރާތް ޖެނުއަރީގައި އިއުލާންކުރުމުގެ ބޭނުމަކީ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތައް ފަރިތަކުރުމަށް އެކަށީގެންވާ ވަގުތު ދިނުން ކަމުގައި ހަވަރު ސްޕޯޓްސްގެ ފައުންޑަރ އަދި ނައިބު ރައީސް މުހައްމަދު ޔާސިރު ވަނީ މީޑީޔާއަށް މައުުލޫމާތު ދީފައެވެ. މިއަހަރުގެ މުބާރާތްވެސް ހުޅުވާލެވިފައިވަނީ މުޅި ރާއްޖެއަށެވެ.

ހަވަރު ސްޕޯޓްސް އިން ކޮންމެ އަހަރަކު މިމުބާރާތް އަންނަނީ ބާއްވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވުނު މުބާރާތުގައި ޗެމްޕިއަން ޓީމް “ހޭޔަންބޯ ސްޕޯޓަސް” އަށް 20،000 ރުފިޔާގެ ފައިސާގެ އިނާނެއް ވަނީ ދީފައެވެ. އެހެންނަމަވެސް މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 30 ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި ރަނަރަޕް ޓީމަށް 15 ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް މުހައްމަދު ޔާސިރުވަނީ ވިދާޅުވެފައެވެ.

ހަވަރު ސްޕޯރޓްސް އަކީ ކުޅިވަރުގެ ދާއިރާގެ އިތުރުން އިޖުތިމާއީ އެހެނިހެން ކަންތައްތަކުގައި ވެސް ގދ. ތިނަދޫގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއް ޖަމިއްޔާ ކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގެ ސްޕޮންސަރުންނާއި ޕާރޓްނަރުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށާއި ޓީމުތައް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ސްޕޮންސަރުންނާއި ވަނަވަނަށް ހޮވޭ ޓީމުތަކަށް ދޭނެ އިނާމުތައް ވެސް ފައިނަލް ވާނެކަމަށްވެސް ޔާސިރު ވަނީ ވިދާޅުވެފައެވެ.

މުބާރާތުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް https://forms.gle/1KbLLsyyGgqbFTTDA މިލިންކުން ލިބިވަޑައިގަންނަވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!