ސްޓެލްކޯގެ ފަރާތުން 4 މުވައްޒަފަކަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ކަނޑައަޅައި ފުރުސަތު ދީފިއެވެ.
ސްޓެލްކޯއިން ރޭ ބޭއްވި ތަރާވީހެއްގައި ހައްޖާ އުމްރާގެ އަޅުކަން އަދާކުރުމަށް ސްޓެލްކޯގެ ފަރާތުން 4 މުޒައްފަކު ވަނީ ޤުރުއަތުން ކަނޑައަޅާފައެވެ. މިތަރާވީހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި ސްޓެލްކޯގެ މުވައްޒަފުންނަށް އަގުހުރި ނަސޭހަތްކޮޅެއް މިނިސްޓަރ ވަނީ ދީނފައެވެ.
ރަމަޟާން މަސް އިހްޔާ ކުރުމަށާއި، ކުންފުނީގެ ފަރާތުން މުވައްޒަފުންނަށް ހޯމަ ދުވަހުގެރޭ ބޭއްވި ތަރާވީހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަރަށް އަގުހުރި ދީނީ ނަސޭހަތްކޮޅެއް ދެއްވާފައި. މީގެ އިތުރުން pic.twitter.com/DzaUPudSKM
— STELCO (@STELCOMALDIVES) April 19, 2022
މީގެ ކުރިންވެސް ސްޓެލްކޯއިން ވަނީ މުވައްޒަފުންގެ ތެރެއިން ޤުރުއަތުން ހޮވޭ ފަރާތްތަކަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައެވެ. އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މިކަންތައް އޮތީ މެދުކަނޑާލާފައެވެ. މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށާއި، އުމުރާގެ އަޅުކަން އަދާކުރުމަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
އަންހެން އަދި ފިރިހެން މުވައްޒަފަކަށާއި، އުމްރާގެ ފުރުސަތުވެސް އަންހެން އަދި ފިރިހެން މުވައްޒަފަކަށް ވަނީ ލިބިގެން ގޮސްފައި.
— STELCO (@STELCOMALDIVES) April 19, 2022