އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނަށް ނިސްބަސްކޮށް ސުލޫކާއި ޚިލާފް ބަސްތަކެއް ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމް ބޭނުންކޮށްފައިވާތީ އެމައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.
“ދިވެހި ފަނޑީޔާރުން” ނަމުގައި ފަނޑިޔާރުން ހިންގާ ނުރަސްމީ ވައިބަރ ގުރޫޕެއްގައި ޤާޒީ ނައީމް ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން “ކަރު ބުޑުގައި ރަހަލާ ވަރު ކުރަން” ޖެހޭ ކަމަށެވެ. ގާޒީ ނައީމް މިފަދައިން ވިދާޅުވެފައިވަނީ ފަނޑިޔާރުންނަށް ފްލެޓް ދިނުމުގެ ޕްރޮގްރާމެއް ނުހިންގާތީއެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުންގެ ސޯޝަލް މީޑިއާ ގްރޫޕަކަށް ގާޒީ ނައީމް ފޮނުވި މެސެޖެއްގައި، “ފަނޑިޔާރެއްގެ ސުލޫކާ ހިލާފުވާ ފަދަ ބަސްތަކެއް” ބޭނުން ކޮށްފައި ވާތީ، ޖޭއެސްސީން އިސްނަގައިގެން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު އެ ކޮމިޝަނުން ބޭއްވި ޖަލްސާއެއްގައި، އެ މައްސަލަ ތަހުގީގު ކުރަން ތަހުގީގު ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. އެއީ މައްސަލައެއް ތަހުގީގު ކުރުމުގެ ގޮތުން ޖޭއެސްސީން އަމަލު ކުރާ އާންމު އުސޫލެވެ.
“އުއްތަމަ ފަނޑިޔާރާއި ޖުޑިޝަރީގެ ވެރިންގެ ކަރު ބުޑުގައި ރަހަލާ ވަރުގެ ކަންތައް ކޮށްގެން މެނުވީ މި ކަންކަން ރަނގަޅެއް ނުވާނެ،” ވައިބަރ ގުރޫޕުގައި ގާޒީ ނައީމް ވިދާޅުވިއެވެ.
އެވައިބަރ ގުރޫޕުގައި ގާތްގަތްގަނޑަކަށް 163 ފަނޑިޔާރުން ތިއްބަވައެވެ.
ސިވިލް ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ޖޭއެސްސީން ބެލި މައްސަލައެއްގައި އަދަބެއްގެ ގޮތުގައި ގާޒީ ނައީމް ޖުވެނައިލް ކޯޓަށް ބަދަލު ކުރިއެވެ. އެ މައްސަލަ ޖެހުނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު އަލީ ސަވާދަށް ރުހުން ނުލިބެނީސް ދައުލަތް ހިމެނޭ މައްސަލަތައް ނުބެއްލެވުމަށް ގާޒީ ނައީމް ނިންމެވުމުންނެވެ. ޑްރަގް ކޯޓަށް ބަދަލު ކުރީ އޭގެ ފަހުންނެވެ.
ފޯނު ޗެކް ކުރެއްވުން އެދެން
ބަހުރުވަ ވަރަށް ހަޑިވާނެ
ނުރަސްމީ ވައިބަރ ގުރޫޕް ތިކިޔަނީ ކަމަކު ،