ޚަބަރު
ކޭޖީއެފް ޗެޕްޓާ 2، ނެރުނުތާ 5 ދުވަސް ތެރޭ، ރެކޯޑު އާމްދަނީއަކާއެކު، އެންމެ ކާމިޔާބު ދިހަ ފިލްމުގެ ލިސްޓަށް

ބޮލީވުޑް ހިންދީ ފިލްމު، ކޭޖީއެފް ޗެޕްޓާ 2، ނެރުނުތާ 5 ދުވަސް ތެރޭގައި ރެކޯޑް އާމްދަނީއެއް ހޯދައި މިހާތަނަށް އިންޑިއާގެ އެންމެ ގަދަޔަށް ހިގި ދިހަ ފިލްމުގެ ލިސްޓުގައި، މިފިލްމު ވަނީ ހިމެނިފައެވެ.

ޔޭޝް ލީޑް ރޯލް ކުޅެފައިވާ ކަންނާޑާ ފިލްމެއް ކަމުގައިވާ ކޭޖީއެފް ޗެޕްޓާ 2 ގެ ބޮކްސް އޮފީހުގެ 5 ދުވަހު އާމްދަނީއަށް ލިބިފައި ވުމުގެ އިތުރުން، ބޮކްސް އޮފީހުގެ މަޤްބޫލު ފިލްމު ލިސްޓުގައި ހިމެނޭ ސަންޖޫ އާއި ސުލްތާން ގެ މައްޗަށް ކުރި ހޯދައިގެން ނުވަ ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ ފިލްމުގެ ރެކޯޑު މިފިލްމު ވަނީ ހާޞިލްކޮށްފައެވެ.

ކޭޖީއެފް: ޗެޕްޓަރ 2 ނެރުނު ދުވަހު އެހާބޮޑަށް ހިގާފައި ނުވި ނަމަވެސް ފާއިތުވި ހަފްތާ ބަންދުގައި، މިފިލްމު ވަނީ، ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައެވެ. ލީޑްރޯލް ކުޅެފައިވާ ޔޭޝް އަކީ، އިންޑިޔާގެ އިތުރުން ބޭރުޤައުމުތަކުގައިވެސް، ރަނގަޅަށް ޕާފޯމްކޮށްފައިވާ ތަރިއެކެވެ. މިގޮތުން މި ފިލްމު ވަނީ މިހާރު ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ ފިލްމުތަކުގެ ލިސްޓުގެ ތެރޭގައި ހިމެނިފައެވެ. އެސް އެސް ރާޖަމޯލީގެ އާރްއާރްއާރް އަށް ފަހު މިއީ މި ލިސްޓަށް އެރި، މިއަހަރު ނިކުތް ދެވަނަ ފިލްމެވެ.

ފިލްމު ޓްރޭޑް އެނަލިސްޓް މަނޯބާލާ ވިޖަޔަބާލަން ވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހު ކޭޖީއެފް 2 ގެ އާމްދަނީ ބްރޭކްޑައުން ޓްވިޓާގައި ކޮށްފަ އެވެ. 625 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބުނު ކޭޖީއެފް 2 ވަނީ ޕަދްމާވަތު، ސަންޖޫ އަދި ސުލްތާން ފަދަ ޓައިޓަލްތައް ފަހަތަށް ޖައްސާލާފައެވެ. މި ޓްރެންޑްތަކަށް ބަލާއިރު، މި ހަފްތާ ނިމުމުގެ ކުރިން މި ފިލްމަށް އިތުރު ބައެއް ޖާގަތައް އިތުރުވެ، “ބާހޫބަލީ- ދަ ބިގިނިންގް” (650 ކްރޯޑު) އަދި 2.0 (656 ކްރޯޑު) ގެ އާމްދަނީއެއް ލިބިފައިވާ ފިލްމުތަށް ފަހަތަށް ޖައްސާލުމުގެ ފުރުޞަތު އެބައޮތެވެ.

ންނަނީ ބޮކްސް އޮފީހުގައި ރެކޯޑްތައް ފުނޑުފުނޑުވަމުންނެވެ. “ކޭޖީއެފް 2” ރިލީޒްކުރިތާ ފަސް ދުވަހުގެ ތެރޭގައި ހިންދީ ވާޝަން ވަނީ 200 ކްރޯޑު ރުޕީސް އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.

ހެލްމެޓެޑް ޕްރަޝާންތު ނީލް، ކޭޖީއެފް: ޗެޕްޓާ 2 އަކީ ކަންނާޑާ ބްލޮކްބަސްޓާ ކޭޖީއެފް ޗެޕްޓާ 1 ގެ ފޮލޯއަޕް އެކެވެ. ޔަޝް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ފުރަތަމަ ބައިގެ ވާހަކަ އަކީ ފަހުން ނުރައްކާތެރި ގޭންގްސްޓާރަކަށް ބަދަލުވެ ނިކަމެތި މީހެއްގެ ވާހަކަ އެވެ. ސީކުއެލްގައި ފެންނަނީ ޔަޝްގެ ކެރެކްޓާ ރޮކީ އޭނާގެ އަލަށް ހޯދި ގޯލްޑް-މައިނިންގް އެމްޕަޔާ އެއްހަމައަކަށް އެޅުވުމަށް މަސައްކަތް ކުރާ މަންޒަރުތަކެވެ. ސީކުއެލްގައި ސަންޖޭ ދަތު، ރަވީނާ ޓަންޑަން، ސްރީނިދީ ޝެޓީ، ޕްރަކާޝް ރާޖް، މަލަވިކާ އަވީނާޝް، ޖޯން ކޮކްކެން އަދި ސަރަން ވެސް ހިމެނެ އެވެ.

ފިލްމު ކާމިޔާބުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕްރަޝާންތު ޕީޓީއައި އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މި ފިލްމު ފެށިއިރު މިހާ ބޮޑު މަޤްބޫލުކަމެއް ފިލްމަށް ލިބިގެން ހިގައިދާނެކަމަށް ކުރިން ހީކުރެވިފައި ނުވާކަމަށެވެ. ކަންނާޑާ ބަހުން ކުޅުނު ފިލްމެއްގެ ގޮތުގައި ފަށައިގަނެވުނު މިފިލްމު، ތަފާތު ބަހުން ޕްރޮޑިއުސަރާއި ޔަޝް ގެ ވިސްނުމަށް، ހިންދީ ބަހުން ޑަބްކުރެވުމަކީ، ފިލްމު ކާމިޔާބު ވުމުގެ އެއް އަޞްލަށް ވެގެންދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!