ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑަށް ޓްރެވަލް އެވޯޑަށް ދިވެހިރާއްޖެ ނޮމިނޭޓުވެއްޖެއެވެ.
1993 ވަނަ އަހަރުން ދެމުން އަންނަ ވޯލްޑް ޓްރެވަލް އެވޯޑަށް މިއަހަރު ރާއްޖެއިންވަނީ އިންޑިއާ ކަނޑުގެ 10 ކެޓަގަރީއަކުން ނޮމިނޭޓްވެފައެވެ.
މި ދިހަ ކެޓަގަރީގެ އިތުރަށް ރާއްޖެއިން ވަނީ ވޯލްޑް ކްރޫސް އެވޯޑްސްގެ އިންޑިއަން އޯޝަންސް ބެސްޓް ކްރޫސް ޑެސްޓިނޭޝަން 2021 އަށް ވެސް ނޮމިނޭޓުވެފައެވެ.
މި ކެޓަގަރީތަކަށް ވޯތުލުމަށް ހުޅުވާލެވިފައިވާ އިރު، އިންޑިއާކަނޑުގެ ކެޓަގަރީތަކަށް ވޯޓުދިނުމުގެ ފުރުސަތު އޮތީ އަންނަ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ވޯލްޑް ކްރޫސް އިންޑިޔާކަނޑުގެ ކެޓަގަރީތަކަށް ވޯޓު ދިނުމުގެ ފުރުސަތު އޮގަސްޓް 31 އާއި ހަމައަށް އޮންނާނެއެވެ.
ެާރާއްޖެއިން ނޮމިނޭޓް ވެފައިވާ 10 ކެޓަގަރީ:.
1- އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން 2021
2- އިންޑިއަން އޯޝަން ލީޑިން ކްރޫސް ޑެސްޓިނޭޝަން 2021
3- އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަން 2021
4- އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން 2021
5- އިންޑިއަން އޯޝަން ލީޑިން ގްރީން ޑެސްޓިނޭޝަން 2021
6- އިންޑިއަން އޯޝަން ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2021
7- އިންޑިއަން އޯޝަން ލީޑިން ސަސްޓެއިނަބަލް ޓޫރިޒަމް ޑެސްޓިނޭޝަން 2021
8- އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓް ބޯޑް 2021:
9- އިންޑިއަން އޯޝަން ލީޑިން ވެޑިން ޑެސްޓިނޭޝަން 2021
10- އިންޑިއަން އޯޝަން ލީޑިން އެޑްވެންޗާ ޓޫރިޒަމް ޑެސްޓިނޭޝަން 2021
މިއަހަރު 28 ވަނަ ވޯލްޑް ޓްރެވަލްސް އެވޯޑަސް ބާއްވާއިރު މި އެވޯޑް ގެ ބޭނުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމެވެ. މި ދިޔަ އަހަރު ރާއްޖެއަށް ފުރަތަމަ ފަހަރަށް ވަނީ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ލިބިފައެވެ.