މަޢުލޫމާތު
އެހެން މީހުން އަހަރަމެންނަށް ހަޤީޤަތުގައިވެސް ތެދުވެރިވާނެކަމަށް ޤަބޫލުކުރެވޭތަ؟

އަހަރަމެންތެރެއިން އެންމެންނަކީ ހަޤީޤަތް ޤަބޫލުކުރަން ފަސޭހަ ނުވަތަ ފާޑުކިޔުންތައް ބަލައިގަތުމުގެ ކުޅަދާނަކަން ލިބިފައިވާ ބަޔަކަށް ނުވެދާނެއެވެ. ރިލޭޝަންޝިޕް އެކްސްޕާޓް އަދި މަޝްހޫރު ލިޔުންތެރިޔެއްކަމުގައިވާ ނެދްރާ ގްލޯވަރ ޓަވާބް ވިދާޅުވާ ގޮތުގައި އެހެން މީހުން ތިބާއަށް ތެދުވެރިވާން ބޭނުންނަމަ، ހަޤީޤަތް ޤަބޫލުކުރާ، ފާޑުކިޔުންތައް ބަލައިގަންނަ މީހަކަށް ވާން ތިބާ ދަސްކުރަންޖެހެއެވެ.

އަހަރަމެންގެ ތެރެއިން ގާތްގަޑަށް އެންމެންނަކީ، ބައިވެރިންނާއި، ރަހުމަތްތެރިންނާއި، ލޯބިވާ ފަރާތްތަކުގެ ލަފާ ހޯދައި، ދިރިއުޅުމަށް ކުރިމަތިވާ ތަފާތު މައްސަލަތަކާމެދު އެމީހުންގެ ވިސްނުން ހިއްސާކުރާ މީހުންނެވެ. މިގޮތުން ދިރިއުޅުމުގެ ދަތުރުގައި އެހީތެރިކަން ލިބޭކަމުގެ އިހުސާސް ކުރެވޭފަދަ ބިނާކުރަނިވި ލަފާ އަދި ޚިޔާލު ގާތް މީހުންގެ ކިބައިން ލިބޭނެކަމަށް އަހަރަމެންނަށް އަބަދުމެ އުއްމީދުކުރެވެއެވެ.

އަހަރަމެންގެ ތެރެއިން އެއްބަޔަކު، ސިއްރުން އެދެނީ، އެހެން މީހުން، އަހަރަމެންގެ އަމިއްލަ ނަފްސާ ދޭތެރޭގައި، އެމީހުންގެ ޙަޤީޤީ ޚިޔާލު ޙިއްޞާ ކުރުމަށެވެ. އެހެން ނަމަވެސް، ހިތްހަމަނުޖެހޭ ޙަޤީޤަތެއް ހާމަކޮށް، އަޅުގަނޑުމެންނަށް ޙަޤީޤީ ފީޑްބެކް ދޭން މީހަކު މަސައްކަތް ކުރާ ހިސާބުން، އަހަރަމެންނަށް ގިނަފަހަރު ނިންމާލެވެނީ، އެ މީހަކަށް އަހަރަމެންނަށް ހެޔޮގޮތްވުމަށް ނޭދޭ މީހެއްގެ ގޮތުގައެވެ. މިފަދަ ވިސްނުމުގެ ސަބަބުން، މުސްތަޤްބަލުގައި އަހަރަމެންނާއި، އެންމެ ގާތް އެންމެ ލޯބިވާ މީހުންނަށްވެސް މަޖުބޫރުވެގެން ދަނީ، ނުރުހުންވެ، ހިތްހަމަ ނުޖެހިދާނެތީ، ހަޤީޤަތް ހާމަކުރުމުގެ ބަދަލުގައި، ހަޤީޤަތް ފޮރުވާފައި ބާއްވައި، އެމީހަކު ރުހޭފަދަ ގޮތަކަށް، ޚިޔާލާއި ޝުއޫރު ހާމަކުރުމަށެވެ.

ނެދްރާ ގްލޯވަރ ޓަވާބް، ތެރަޕިސްޓް، މަޝްހޫރު ލިޔުންތެރިޔާ އަދި ރިލޭޝަންޝިޕް އެންޑް ބައުންޑަރީސް އެކްސްޕާރޓް އޭނާގެ އެންމެ ފަހުގެ އިންސްޓަގްރާމް ޕޯސްޓްގައި ހިއްސާކޮށްފައިވާ ގޮތުގައި މީހުން ހަޤީޤަތާ ކުރިމަތިލާން މީހުން ނުތަނަވަސްވާ ސަބަބާއި، އަދި މިކަމުގެ ސަބަބުން އެހެން މީހުން އެމީހުންގެ ހަޤީޤަތާއި އެއްގޮތަށް ޚިޔާލު ފާޅުކުރުމަށް ހިތްވަރު ނުލިބޭ ސަބަބު ބުނެދީފައި ވެއެވެ.

ތެދު ޤަބޫލުކުރަން އުދަނގޫވިނަމަވެސް، ތެދަށް ވާހަކަ ދައްކާ ފަރާތާއި ދެކޮޅަށް ނުރުހުން ފާޅުކޮށް ހިތްހަމަ ނުޖެހުމުގެ ސިފަ ނުދައްކާށެވެ. ތެދުބަހުން ވާހަކަ ދެއްކުމުން، ބައެއްފަހަރު، އެކަން ޤަބޫލުކުރަން ދަތިވި ނަމަވެސް، އެކަމާއި ދެކޮޅަށް ހިންހަމަ ނުޖެހޭކަން އަނެކާއަށް ދެއްކުމުން އެ ސާބިތުކޮށްދެވެނީ ތެދުބަހުން ވާހަކަ ދެއްކުމުން ތެދު އަހަރަމެންނަސް ބަލައި ނުގަނެވޭކަމެވެ. ތެދު ބުނާ މީހާއަށް އެކަމުގެ ސަބަބުން އަދަބު ދިނުން، ނުވަތަ އެމީހާއާއި ގުޅުން ކަނޑާލައި އަޅާނުލުން ނުވަތަ ތިބާ އެމީހަކާމެދު ހިތްހަމަ ނުޖެހޭކަން ފާޅުކުރުމަކީ ތެދު ބަލައި ނުގަންނަ ކަމުގެ ނިޝާންތަކެވެ.

ސައިކޮލޮޖިސްޓުން ބުނާގޮތުން، ތެދުބަހުން މީހަކު ޚިޔާލު ފާޅުކުރުމުން، އަހަރަމެންގެ އިޙްސާސްތައް ކޮންޓްރޯލް ކުރުމާއިއެކު، އަބަދުވެސް ތެދުބަހުން ވާހަކަ ދެއްކުން ނުވަތަ ހަޤީޤަތް ހާމަކުރުމަށް ބާރު އަޅައި ހިތްވަރު ދޭންޖެހެއެވެ.

ތެރަޕިސްޓުން ބުނާގޮތުން، ގާތް މީހުން ތިބާއާއިމެދު ތެދުވެރިވާން ބޭނުންނަމަ ތެދު ޤަބޫލުކުރުމުގެ ޤާބިލުކަން އިތުރުކޮށް، ހަޤީޤަތާއި އެއްކޮޅަށް ހުންނަން ދަސްކުރަންވާނެއެވެ. އުނދަގޫ ކަމެކެވެ. ނުތަނަވަސްކަމެވެ. އެހެންނަމަވެސް ސުވާލެއް ކުރާ ނަމަ، އިމޯޝަނަލް ރިއެކްޝަނާ މެދު މުއާމަލާތް ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ ތިބާ އެވެ. އެހެން މީހުންގެ ފަރާތުން ހަޤީޤަތް ހާމަކޮށް، ތެދު ދެނެގަންނަން ބޭނުން ނަމަ އަހަރަމެން ހަގީގަތް ގަބޫލުކުރަން ދަސްކުރުމަކީ މުހިންމު ކަމެކެވެ.

އަމިއްލަ ނަފްސަށް ތެދުވެރިވުމަކީ ދިރިއުޅުން ބަދަލުކޮށްލެވިދާނެ އަދި އެހެން މީހުންނަށް ތިބާއާ މެދު ތެދުވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ. ގިނަ މީހުންނަށް، ހަޤީޤަތް ބަލައިގަންނަށް އުދަނގޫ ވަނީ، ބައެއް ފަހަރު މީހުން އެ ހަގީގަތް ގަބޫލުކުރަން ތައްޔާރަށް ނުހުންނާތީ ނުވަތަ ގަބޫލުކުރަން ބޭނުން ނުވާތީ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!