ރިޕޯޓް
ތަސްލީމާ އާއި މުޒްނާ އަންގައިދިނީ ކެރުމެއް ހުރެއްޖެނަމަ ކޮންމެ މަސައްކަތެއްވެސް ކުރެވޭނެކަން

ރާއްޖޭގެ ތާރީޚުގައިވެސް ސީޕްލޭންގެ ފަޅުވެރިންގެ މަސައްކަތް ކުރަމުން އަންނަނީ ފިރިހެނުންނެވެ. ސަބަބަކަށް ވަނީ ސީޕްލޭންގައި މަސައްކަތް ކުރުމަކީ ވަރަށް އުދަގޫ ކަމަކަށް ވާތީއެވެ. މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްތަކުގައި ހުޅި ނަގާފައި އަންނަ ބޮޑެތި ރާޅުތަކުގެ ތެރެއަށް ބޯޓު ޖައްސާ ވަގުތު، ބޯޓުގެ މައި ދޮރު ހުޅުވައި ވަށައިގެން ނަގަމުންދާ ރާޅުތަކުގެ ތެޅުވުމަށް ބެލުމެއްނެތި ފަހަރަކު ވަލެއް އެއްސުމަކީވެސް ކުޅަދާނަ މީހަކަށް ކުރެވޭނެ މަސައްކަތެކެވެ. އާދައިގެ ފްލައިޓެއްގައި ކެބިިން ކްރޫއަކަށް އުޅުމަށްވުރެ ނުރައްކާ ބޮޑު މަސައްކަތެކެވެ.

ސީޕްލޭށް ލަގެޖް އަރުވާ ބާލާއިރު މޫސުން ތަންނުދޭ ހާލަތްތަކުގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. މިފަދަ ގޮންޖެހުންތަކާއި ކުރިމަތިލުމަށްފަހު ކުޅުދުއްފުއްޓަށް އުފަން އުމުރުން 32 އަހަރުގެ އާމިނަތު ތަސްލީމާ އާއި މާލެއަށް އުފަން 31 އަހަރުގެ އާއިޝަތު މުޒްނާ ބުނެދިނީ ކެރުމެއް ހުރެއްޖެނަމަ އަންހެނުންނަށްވެސް ކޮންމެ މަސައްކަތެއްވެސް ކުރެވިދާނެ ކަމެވެ.

މަންޓާ އެއަރގެ 2 އަންހެން ކުރޫން ކަމަށްވާ ތަސްލީމާ އާއި މުޒްނާ އަކީ ރާއްޖޭގައި ރާއްޖޭގެ ތާރީޚުގައިވެސް މުޅިން އަލަށް އަންހެން ކެބިންކްރޫއިންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ޝަރަފް ލިބުނު ދެއަންހެނުންނެވެ. ޕައިލެޓުންގެ ގޮތުގައި ބިދޭސީ އަންހެނުން ހަރަކާތެތެރިވީ ނަމަވެސް މި ދެ ފަޅުވެރިންނަކީ ރާއްޖޭގައި ކަނޑަށް ޖައްސާ ބޯޓުގައި ހަރަކާތްތެރިވާ ފުރަތަމަ ދިވެހި އަންހެން ފަޅުވެރިންނެވެ.

މިދެއަންހެނުންގެ މަސައްކަތުން އެގިގެންދަނީ ސީޕްލޭންގައި މަސައްކަތް ކުރުމަކީ ހަމައެކަނި ފިރިހެނުންނަށް ކުރެވޭ މަސައްކަތެއް ނޫންކަމާއި، ރާއްޖޭގައި ސީޕްލޭން ކްރޫއެއްގެ ވަޒީފާ އަދާކުރުމުގައި އަންހެން ކުދިންނަށްވެސް ފުރުސަތު ހުޅުވިފައި އޮތްކަމެވެ. އަދި މިމަސައްކަތަށް ފިރިހެނުންނަށްވުރެ އަންހެނުން ތަންކޮޅެއްވެސް ދޫނުކުރާނެކަން މިދެމީހުން ވަނީ އަންގައިދީފައެވެ. މިއީ ނިކަން ކެރިހުރެ މަސައްކަތާއިގެން ކުރިޔަށްދާ ފިސާރި ކަނބަލުންނެވެ.

ހަމައެކަނި އަންހެން ކްރޫންނާއި އެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ސީޕްލޭންގެ ދަތުރެއް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މަންޓާއިންވަނީ ކޮށްފައެވެ. އަދި މިދިޔަ އަހަރު މަންޓާއިންވަނީ އަންހެން ޕައިލެޓުން ހިމެނޭ ފްލައިޓެއް ފުރަތަމަ ފަހަރަށް އޮޕަރޭޓްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!