މަޢުލޫމާތު
ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ދުޅަހެޔޮ، ރަނގަޅު ބަދަލުތަކުގެ ސަބަބުން، އުމުރު ދިގުވޭ- ދިރާސާ

ދިރިއުޅުމުގެ އާދަކާދަ، އަދި ވައްޓަފާޅިއަށް ގެނެވޭ ދުޅަހެޔޮ ބަދަލުތަކެއްގެ ސަބަބުން ތިބާގެ ދިރިއުޅުމަށް އަހަރުތަކެއް އިތުރުކުރެވިދާނެއެވެ. މިއީ އުމުރު ދިގުވެ، ފުރިހަމަ ސިއްހަތުގައި މީހާ ހުރުމަށް ބާރުއެޅި، ވަރަށް ބޮޑު ކުރިއެރުމެއް ލިބިދޭ ކަމެއްކަމުގައި ވެގެންދެއެވެ. ނަމަވެސް އަލްޒައިމާސް ބައްޔާއި ޑިމެންޝިއާ ހުންނަ މީހުންނަށް މީގެ ސަބަބުން މާބޮޑު ފައިދާއެއް ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ޗިކާގޯގެ ރަޝް އިންސްޓިޓިއުޓް އޮފް ހެލްތީ އޭޖިންގެ އިންޓާނަލް މެޑިސިންގެ އެސިސްޓެންޓް ޕްރޮފެސަރު، އެމް.ޑީ، ކްލޮޑިއަން ދަނާ ކޮށްފައިވާ އާ ދިރާސާއަކުން މިކަން ވަނީ އެނގިގެން ގޮސްފައެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި އުމުރުން 65 އަހަރުގައި ދުޅަހެޔޮ ދިރިއުޅުމުގެ ފަސް ކަމެއްގެ ތެރެއިން ހަތަރު ކަމެއް ހުރި މީހުން، އޭގެ ތެރޭގައި ޑައިޓް، ކަސްރަތު ކުރުން، ދުންފަތުގެ އިސްތިއުމާލު ނުކުރުން، ފަދަ ކަންކަން ހިމެނޭ އިރު، އެއިން އެއްވެސް ކަމެއް ނެތް މީހުންނަށް ވުރެ ގިނަ ދުވަހު ދިރިއުޅެވެއެވެ. މިގޮތުން އަންހެނުންގެ އުމުރަށް 3.1 އަހަރު އިތުރުކުރެވޭކަމަށް ފަހަގަކުރެވިފައިވާއިރު، ފިރިހެނުންގެ އުމުރަށް 5.7 އަހަރު އިތުރުކުރެވޭ ކަމަށް ދެނެގަނެވިފައިވެއެވެ. ނަމަވެސް ދިރާސާކުރި ފަރާތްތަކުން ވަނީ މިފަދަ ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިތަކަށް ގެނެވޭ ރަނގަޅު ބަދަލަކުންވެސް އަލްޒައިމާސް ޕޭޝަންޓުންނަށް މާ ބޮޑު އަސަރެއް ކޮށްފައި ނުވާ ކަމަށެވެ.

މި ދިރާސާގައި 1993 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު މި މަޝްރޫއަށް ރެކްރޫޓްކޮށްފައިވާ އުމުރުން 76 އަހަރުގެ މެދު އުމުރުގެ 2400 އަށް ވުރެ ގިނަ ޗިކާގޯގެ ބޮޑެތި މީހުން ބަލައި ދިރާސާކުރެވިފައިވެ އެވެ. އޭގެ ތެރޭގައި ދިރާސާގެ ބޭސްލައިންގައި އަލްޒައިމާސް ޑައިގްނޯސް ހިލޭ 2،100 އަށް ވުރެ ގިނަ މީހުންނާއި އަލްޒައިމާސް ޑިމެންޝިއާ ގެ ޑައިގްނޯސް ކޮށްފައިވާ 340 އާ ގާތްކުރާ އަދަދަކަށް މީހުން ހިމެނެ އެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް ތަބާވުމަކީ ބޭސްލައިންގައި އަމިއްލައަށް ރިޕޯޓްކުރި ކަމެއް ނަމަވެސް ފަހުން އެ ދިރާސާގައި އަޕްޑޭޓްކޮށްފައެއް ނުވެ އެވެ.

ދުޅަހެޔޮ ދިރިއުޅުމެއް ގުޅިފައި ވަނީ އަލްޒައިމާސް ބަލީގެ ނުރައްކާ ކުޑަ ވުމާ ކަމަށްވާއިރު، އުމުރު ދިގުވުމުގެ ސަބަބުން ކޮގްނިޓިވް ނުކުޅެދުންތެރިކަމާއި ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ބޮޑުކަން ދަނާ ފާހަގަކުރެއްވި އެވެ. ޔުނިވާސިޓީ އޮފް މިޗިގަން އިން ދާދި ފަހުން ކުރި ދިރާސާއަކުން އެކަމަށް ތާއީދުކުރި އެވެ. 2004 ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދު މެޑިކެއަރ ޑޭޓާ އެނަލައިޒްކޮށް ބެލި ބެލުމުން އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި ބޮޑެތި މީހުންނަށް އަލްޒައިމާސް ނުވަތަ ޑިމެންޝިއާ ޖެހިފައިވާކަން ދެނެގަނެވުނީ އެމީހުން މަރުވުމުގެ ދެ އަހަރު ކުރިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!