ޚަބަރު
ލައިސަންސް ނެތި ބިދޭސީން ރާއްޖެ އެތެރެކުރާނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރަނީ

ޤަވައިދާއި ޚިލާފަށް ލައިސަންސް ނެތި ބިދޭސީން ރާއްޖެ އެތެރެކުރާނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އާއްމުކުރި ޤަވައިދުގައި ބުނާގޮތުގައި ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގައި ޚާއްސަ ލައިސަންސެއް ނަގަންޖެހެއެވެ. ރާއްޖޭގައި ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކުގެ ގަވާއިދު ފުރަތަމަ ފަހަރަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިވަނީ  ޢާއްމުކޮށްފައެވެ.

ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން އިކޮނޮމިކް މިނިސްޓްރީންވަނީ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތައް ރަޖިސްޓަރކޮށް ޚިދުމަތުގެ ލައިސަންސް ނަގަންޖެހޭ ގޮތަށް ކަނޑައަޅާފައިވާ ގަވާއިދު ގެޒެޓުކޮށްފައެވެ. މިގަވާއިދުގެ ދަށުން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކުން ލައިސަންސާއި ނުލާ މީހުން އެތެރެކުރާނަމަ ފިޔަވަޅެއްގެ ގޮތުން ޖޫރިމަނާކުރާނެއެވެ.

މިޤަވައިދުގައި ބުނާގޮތުން އެޖެންސީތައް ރަޖިސްޓްރީ ކުރެވޭނީ 3 ކެޓަގަރީއަކަށެވެ.

  • ރެކްރޫޓްކުރުމުގެ ޚިދުމަތާއި ވަރކް ޕާރމިޓް މެނޭޖްމަންޓުގެ ޚިދުމަތް – މިޚިދުމަތުގެ ލައިސަންސް ދޫކުރަނީ 3 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
  • ވަރކް ޕާރމިޓް މެނޭޖްމަންޓުގެ ޚިދުމަތް ދޭ އޭޖެންސީތައް – މިކެޓަގަރީގެ ލައިސަންސްގެ މުއްދަތަކީ 2 އަހަރު ދުވަހެވެ.
  • މޭންޕަވަރ ސަޕްލައި ކުރުމުގެ ޚިދުމަތް ދޭ އޭޖެންސީތައް ނުވަތަ ވިޔަފާރި އުސޫލުން ވަޒީފާއަށް މީހުން ފޯރުކޮށްދޭ އޭޖެންސީތައް – މިކެޓަގަރީގެ ލައިސަންސް ދިނުމަށް ހަމަޖެހިފައިވަނީ 3 އަހަރުގެ މުއްދަތަކަށެވެ.

މިގަވާއިދުގެ ދަށުން ލައިސަންސް ނެތި ކެޓަގަރީ އޭ ގައި ހިމެނޭ މީހުން ރެކްރޫޓް ކުރުމުގެ ޚިދުމަތްދީފިނަމަ އެއޭޖެންސީއެއް ނުވަތަ އަމިއްލަ ފަރުދަކުވިޔަސް 40،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ގަވާއިދާ ޚިލާފަށް ރެކްރޫޓްކުރި ކޮންމެ މީހަކަށް 5000 ރުފިޔާ ޖޫރިމަނާކުރާނެއެވެ. އަދި އެފަރާތަށް ލައިސަންސްތައް ދޫކުރުން 6 މަސްދުވަހަށް މެދުކަނޑާލާނެއެވެ. އަދި ކެޓަގަރީ އޭ އަދި ބީ ގެ ލައިސަންސްނެތި އޭޖެންސީއަކުން އަދި އަމިއްލަ ފަރުދަކުނަމަވެސް ވަރކް ޕަރމިޓްގެ ޚިދުމަތް ދީފިނަމަ އެފަރާތުން ވަރކް ޕާމިޓްގެ ޚިދުމަތްދީ ވަޒީފާދޭ ކޮންމެ މީހަކަށް 10،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ތިންވަނަ ކެޓަގަރީގައި ހިމެނޭ މޭންޕަވަރ ނުވަތަ އިންސާނީ ވަޞީލަތް ފޯރުކޮށްދިނުމުގެ ޚިދުމަތް ލައިސަންސްނެތި ގަވާއިދާ ޚިލާފަށް ދީފިނަމަ އޭޖެންސީއެއް 50،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ޚިދުމަތް ދިނުމަށް ބޭނުންކުރި ކޮންމެ މީހަކަށް 5000 ރުފިޔާ ޖޫރިމަނާކުރާނެއެވެ. އަދި އެފަރާތްތަކަށް ދޫކުރާ ލައިސަންސެއް އަހަރު ދުވަހުގެ މުއްދަތަކަށް ހިފަހައްޓާނެއެވެ.

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކުގެ ގަވާއިދުގައި ނުހިމެނޭ ޚިދުމަތެއް ދީފިނަމަވެސް އަދަބުތައްވަނީ ކަނޑައަޅާފައެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި މީހުން ވަޒީފާއަށް ގެެނެސް އޮޅުވާލައިގެން ބިދޭސީން އަތުން ފައިސާ ހޯދާ އެފަރާތްތައް މަގުމަތިކުރުމުގެ ވިޔަފާރިއެއްވަނީ ފެށިފައެވެ. މީގެ ސަބަބުން އިޖުތިމާޢީ އެތައް މައްސަލަތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. އެހެންކަމުން ހަރުދަނާ އުސޫލެއްގެ ދަށުން ރާއްޖެއަށް ބިދޭސީން އެތެރެކުރެވޭނެ މަގެއް ހޯދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!