ޗައިނާގެ ޝަންގްހާއީގައި ޑްރޯނެއް ބޭނުންކޮށްގެން މަހެއް ބޭނި ވީޑިޔޯއެއް މީސްމީޑިޔާގައި ދައުރުވާން ފަށައިފިއެވެ. އަދި އެވީޑިޔޯ ވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިފައެވެ.
ޗައިނާގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ ޝަންހާއީ އޮތީ ފުރަބަންދުކޮށްފައެވެ. އެހެންކަމުން ގޭގައި ބަންދުވެގެން ތިބެ ފޫހިވެގެން މީހަކު ކުރި ކަމެއް މިވަނީ މީޑިޔާގައި ވައިރަލްވެފައެވެ. އެގޮތުން ޑްރޯންއެއް ބޭނުންކޮށްގެން ޝަންހާއީގެ ޕޫލަކުން މަހެއް ބޭނި މަންޒަރު ދަށްކުވައިދޭ ވީޑިޔޯ 3 ދުވަހުގެ ތެރޭގައި 3 ލައްކައަށްވުރެ ގިނަ މީހުން މިވަނީ ބަލާފައެވެ. އަދި 1000 މީހުން ވަނީ އެވީޑިޔޯއަށް ރީ ޓްވީޓްކޮށްފައެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއިން ފެންނަގޮތުގައި މަސް ބޭނުމަށް ބޭނުންކުރާ އާލާތެއްް ޑްރޯންއެއްގައި ހަރުކޮށްގެން އެޑްރޯން ގޮސް ޕޫލަށް ތިރިކޮށް ބުޅީގައި މަސް ގަތުމުން ޑްރޯންވަނީ މައްޗަށް އުދުއްސައިގެންފައެވެ. އަދި ބޭނި މަހާއި އެކު ގޮސް މަޑުކޮށްލީ ގެއެއްގެ ބެލްކަންޏަކަށެވެ.
Grocery shopping in Shanghai, 2022 edition. pic.twitter.com/Azz3f6KKee
— Rodrigo Zeidan (@RodZeidan) April 16, 2022
ޒެއިދާން ނަމަކަށް ކިޔާ މީހަކު މިވީޑިޔޯ ހިއްސާކުރަމުން ބުނެފައިވަނީ މިއީ ޝަންގުހާއީގައި ކެއްކުމަށް ބޭނުންވާ ސާމާނު 2022ގައި ގަންނަނީ މިހެން ކަމަށް ޖަހާފައެެވެ. މީގެއިތުރަށް އޭނާ ޖަހާފައިވަނީ މިއީ މީހަކު މަޖަލަކަށްކޮށްފައިވާ ކަމެއް ކަމަށެވެ.
ޝަންހާއީ ފުރަބަންދުގައި އޮތުމާއެކު މަގުތަކަށް މީހުން ނިކުމޭތޯ ބެލުމަށް ރޮބޮޓު ޑޯގުތައްދަނީ މަގުތައް ޕެޓްރޯލް ކުރަމުންނެވެ. ގޭގައި ގިނަ ވަގުތުތައް ހޭދަކުރަން ޖެހުމުން ފޫހިފިލުވުމަށް މީހަކުވަނީ ޑްރޯންއެއް ބޭނުންކޮށްގެން ޕޫލަކުން މަހެއް ބާނާފައެވެ.