ޚަބަރު
ހުކުރު މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ކަމެއް ފަތުރުވެރިޔަކު ނުކުރޭ- އިސްލާމިކް މިނިސްޓަރ

ހުކުރު މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ކަމެއް ފަތުރުވެރިޔަކު ކުރިކަމަށް ނުބެލެވޭކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ، މާލޭ ހުކުރު މިސްކިތުގައި ބިދޭސީ އަންހެނަކު އެހެން ދީނެއްގެ އަޅުކަމެއްކަމަށް ކުރިކަމަށް ބެލެވޭކަމެއް ކުރާ ވީޑީއޯއެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.

އިސްލާމިކް މިނިސްޓަރ ވަނީ ކަން ހިނގިގޮތުގެ މަޢުލޫމާތު މިނިސްޓްރީން ސާފުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މާލޭ ހުކުރު މިސްކިތަށް އެރި ބިދޭސީ އަންހެންމީހާއަކީ ފަތުރުވެރިއެއްކަމަށާއި، މި މީހާ މިސްކިތަށް އެރީ އެ މިސްކިތަކީ ރާއްޖޭގެ އާސާރާއި ތަރިކައެއްގެ ގޮތުގައި ކަނޑައެޅިފައި ތަނެއްކަމުގައިވުމުން އެކަމަށް ހުއްދައޮތުމުންކަމަށެވެ. އަދި މިފަދަ ތަންތަނަށް އާންމުގޮތެއްގައި ފަތުރުވެރިިން ގެންގޮސް މައުލޫމާތު ދިނުމަށް ޓުއާ ގައިޑުން ތިބިނަމަވެސް، މި އަންހެން މީހާއާއެކު އެއްވެސް ޓުއާ ގައިޑެއް ގޮސްފައި ނުވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މި ފަތުރުވެރިޔާ މިސްކިތަށް އެރުމަށްފަހު މިސްކިތުގައި ބަހައްޓާފައި ހުރި ޚަތިމެއް ނެގުމުން މިސްކިތުގައި 24 ގަޑިއިރު ފޯރިމަރަންތިބޭ ހެރިޓޭޖް މިނިސްޓްރީގެ އޮފިޝަލުން އެ އަންހެން މީހާ ހުއްޓުވައި ސުވާލުކުރިކަމަށެވެ. އެގޮތުން އެމީހާއަކީ މުސްލިމެއްތޯ ސުވާލުކުރިކަމަށާއި، އެ މީހާއަކީ މުސްލިމެއް ނޫންކަމަށް ބުނެ ޚަތިމް ހިފައިގެން އިށީނދެ ލޯ މަރާލާފައި އިރުކޮޅަކު ހުރުމަށްފަހު ޚަތިމް ބޭއްވީކަމަށް އިސްލާމިކް މިނިސްޓަރ ރާއްޖެޓީވަށް މަޢުލޫމާތު ދެއްވަމުން ވަނީ ވިދާޅުވިއެވެ. މިކަން ރިޕޯޓްކުރުމުން ހުކުރު މިސްކިތަށް ފުލުހުންވެސް ދިޔަކަމަށާއި، އޭރު އެ ފަތުރުވެރިޔާ ހުކުރު މިސްކިތް ދޫކޮށް ގޮސްފައިވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. މި ހާދިސާ ހިނގާ ދިޔަގޮތަށް ބަލާއިރު، ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތާއި ޚިލާފަށް ހުކުރު މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ކަމެއް ފަތުރުވެރިޔާ ކުރިކަމަށް ނުބެލެވޭކަމަށް ރާއްޖެޓީވަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މާލޭ ހުކުރު މިސްކިތުގައި ބިދޭސީ އަންހެނަކު ޣައިރު ދީނުގެ އަޅުކަމެއްކަމަށް ބެލެވޭކަމެއް ކުރާ ވީޑީއޯއެއް އަންނަނީ ސޯޝަލްމީޑިޔާގައި ދައުރުވަމުންނެވެ. އާންމުވި ވީޑިއޯއިން ފެންނަ ގޮތުން، އެ އަންހެން މީހާ މިސްކިތުގެ އެއްފަރާތެއްގައި އިންނަނީ “މެޑިޓޭޓް” ކުރަންކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައި ވެެއެވެ. މީގެއިތުރުން އޭނާ އެތާ އިންނައިރު ކުރިމަތީގައި އެއްޗެއް އޮތްތަންވެސް ފެނިގެންދާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުކުރު މިސްކިތުގައި އަންހެނަކު އަޅުކަންކުރަމުން ދާ ކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް ފުލުހުން ގޮސް ބެލި ބެލުމުން އެ ފަދަ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!