ރިޕޯޓް
މަސްޖިދުލްޙަރާމްގައި ނަމާދުކޮށް ޤުރުއާން ކިޔަވާ އަޑު ދުރަށް ފޮނުވުން, އެހައި ފުރިހަމަކޮށް ހިނގަމުންދަނީ ކީއްވެ؟

ކޮންމެ އަހަރަކުވެސް އެތައް މިލިޔަން މުސްލިމުން އަޅުކަން ކުރާ އަދި އަބަދުވެސް މީހުން ވަދެ ނިކުންނަ މަސްޖިދުލްޙަރާމަކީ އާދައިގެ މިސްކިތެއް ނޫނެވެ. ދުނިޔޭގައި ހުރި އެންމެ ބޮޑު މިސްކިތުގެ އިތުރުން މަސްޖިދުލްޙަރާމަކީ މާތްވެގެންވާ 3 ޙަރަމުގެ ތެރެއިން އެންމެ ބަރަކާތްތެރި ޙަރަމެވެ. އަހަރުގެ ތެރޭގައި ކޮންމެ ސިކުންތަކު ވެސް ނަމާދު ކުރުމާއި ޠަވާފުކުރުމާއި ޤުރުއާން ކިޔެވުން މެދު ނުކެނޑި ކުރިއަށްދާ މި މިސްކިތުގެ މެދުތެރޭގައި އޮންނަ ހުސްބައިގެ މެދުގައި އެހެރީ މާތްވެގެންވާ كعبةالله ގެފުޅެވެ. އެގެފުޅުގެ ވަށައިގެން ކުރަމުންދާ ޠަވާފަށް ހުއްޓުމެއް ނާދެއެވެ.

މި މުހިންމު ބަރަކާތްތެރި އާދަޔާ ޚިލާފު އަދި އެތަކެއް ޚާއްޞަ ކަމެއް ލިބިފައިވާ މާތްވެގެންވާ މަސްޖިދުލްޙަރާމްގެ އަޑުގަދަކުރާ ނިޒާމުގެ މައްސަލައެއް ކުރިމަތިނުވެ ދުރަށް އަޑު ފޯރުވައި ދިނުމުގެ ޚިދުމަތް ދިނުމަކީ ކުޑަ ކަމެއް ނޫނެވެ. އެތައް މިލިޔަން ބަޔަކަށް މިސްކިތާއި މިސްކިތުގެ ވަށައިގެންވާ ސަރަައްދުގެ ކޮންމެ ހިސާބަކަށް ވެސް އެއްވަރަކަށް އިމާމުންގެ އަޑު ފޮނުވައި ދިނުމަކީ އާދައިގެ ކަމެއް ނޫނެވެ.

މަސްޖިދުލްޙަރާމްގައި އިމާމު ނަމާދު ކުރާއިރު ޢާއްމުކޮށް ފެންނަ ރަންކުލައިގެ ތިންމައިކުން ފަށަމާ ހިންގަވާށެވެ. މިއީ މަސްޖިދުލްޙަރާމްގައި ބަހައްޓާފައި ހުންނަ ވަރުގަދަ ތިން އަޑުގެ ނިޒާމަށް އަަޑު ފޮނުވާ ތިން މައިކެވެ. އިމާމަށް ޚާއްސަ 9 މައިކު ހުރެއެވެ. އެއީ ރުކޫޢާއި ސަޖިދައިގެ ތަކުބީރު ތަކަށް ހަރުކޮށްފައި ހުންނަ މައިކުތަކާ އެކުގައެވެ. އެކަމަކު އޭގެ ތެރެއިން މަސައްކަތް ކުރާނީ ފަހަރަކު 3 މައިކެވެ. އެއްވެސް ޙާލެއްގައި މައިކުގެ މައްސަލައެއް ކުރިމަތި ވެއްޖެނަމަ މައިކުތަކާއި މައިކުތައް ހަރުކޮށްފައި ހުންނަ ހަރާއެކު ވަގުތުން ބަދަލު ކުރެވޭ ގޮތަށް އިންތިޒާމުތައް ހުންނަނީ ހަމަޖައްސާފައެވެ. އާލާތްތަކާއެކު ޚިދުމަތްތެރިން ތިބެނީ ތައްޔާރަށެވެ.

އިމާމުންގެ އަޑު ނެގުމަށް ބަހައްޓާފައި ހުންނަ މައިކު ތަކުގެ ތެރެއިން އަބަދުވެސް މަސައްކަތްކުރަނީ އިމާމުގެ ކަނާތްފަރާތުގައި ހުންނަ މައިކާއި އެމައިކާ ގުޅާފައި ހުންނަ ނިޒާމުންނެވެ. މި ނިޒާމަށް އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ މެދުގައި ހުންނަ މައިކު ގުޅާފައި ހުންނަ ނިޒާމުން މަސައްކަތް ފަށައެވެ. އަދި ދެވަނަ ނިޒާމަށް މައްސަލައެއް ދިމާވާ ޙާލަތުގައި ވާތްފަރާތުގައި ހުންނަ މައިކު ގުޅާފައި ހުންނަ އަޑުގަދަކުރާ ނިޒާމު މަސައްކަތް ފަށައިގަނެއެވެ. މިހިސާބަށްދާއިރު މައްސަލަ ޖެހުނު އަޑުގަދަކުރާ ނިޒާމު ހުންނާނީ ރަގަޅުކޮށް ކުއްލި ޙާލަތަށް ރުޖޫޢަވެފައެވެ. އަދި އަނެއްކާ ވެސް ޢާއްމުކޮށް ބޭނުންކުރާ ނިޒާމަށް އެބުރި ރުޖޫޢަ ވާނެއެވެ.

މަސްޖިދުލް ޙަރާމުގެ އިމާމުންނާއި މުދިމުންގެ އަޑުގެ ބާރުމިނާއި އަޑު ކޮންމެ އިމާމަކާއި މުދިމަކަށް ހެޔޮވަރުކޮށް އެއް މިންގަނޑެއްގައި އެތައް މިލިޔަން ބަޔަކަށް އަޑު ފޯރުވައި ދިނުމުގެ ގޮތުން ދުރާލައި އަޑުތައް ހުންނަނީ މި ދެންނެވި ނިޒާމު ތަކުގެ ތެރެއިން ދެނެގަނެވި ކޮންމެ ޙާލަތެއްގައި ވެސް ދުރަށް އަޑު ފޮނުވުމަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރަށެވެ. މިސްކިތުގެ އިމާމުންގެ ކިޔެވުމާއި މުދިމުންގެ ބަންގި ގޮވުންތަކަށް މި ނިޒާމުގެ ތެރެއިން އަޑު ހެޔޮވަރު ކޮށްދެނީ އެއިން ކޮންމެ އިމާމަކާއި ކޮންމެ މުދިމެއްގެ. އަޑުތަކަށް ޚާއްޞަކޮށްފައިވާ މިންގަނޑަކުންނެވެ.

މި މުހިންމު ޚިދުމަތުގައި ތަމްރީނު ދީފައިވާ 65 މުވައްޒަފުން ޙަރަކާތްތެރި ވެއެވެ. ކުޅަދާނަ ކަމާއި ތަޖްރިބާއާއި ފަރުވާތެރި ކަމާއެކުގައެވެ. ޒަމާނީ ޓެކްނޯލޮޖީއާއެކު މަސައްކަތްކުރާ ސްޕަވައިޒަރުންނާއި ޓެކްނީޝަނުންނާއި އިންޖިނޭރުން ހިމެނޭ މި ޚިދުމަތްތެރިން އަބަދުވެސް ގެންދަނީ މިސްކިތުގެ އަޑު އެއްވަރެއްގައި އެއް ފެންވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.

މަސްޖިދުލް ހަރާމްގެ އެތެރެއާއި ބޭރުގައިވެސް މިބާވަތުގެ ޚިދުމަތްތައް އިންތިޒާމްކޮށް އެކަންކަމަށް ބޭނުންވާ ތަކެތި ހަރުކޮށްފައި ހުންނަނީ މިސްކިތުގެ ފަރުމާތަކަށް އުނިކަމެއް ނާންނާނޭ ފަދައިން މިސްކިތުގެ ފަރުމާތަކާ އެއްގޮތަށް މިސްކިތަށް ޚާއްޞަކޮށްގެން އުފައްދާފައި ހުންނަ ތަކެއްޗެވެ. މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުންނަ ބޮކިތަކާއި އެލުވާފައި ހުންނަ ބައްތިތަކާއި ފިނިކުރުމުގެ ނިޒާމާ އެއްގޮތަށް މިސްކިތުގައި ބޭނުންކުރާ އިސްޕީކަރުތައް ހަަރުކުރުމުގައި ވެސް މިސްކިތުގެ ފަރުމާއަށް ވަރަށް ބޮޑަށް ބަލާފައި ވެއެވެ.

މިސްކިތުގެ އެތެރޭގެ އަޑު އެއްވަރަކަށް ބެހެއްޓުމަށް ހަރުކޮށްފައި ހުންނަ އިސްޕީކަރުތައް ފެންނަން ނުހުންނަނީ އެހެންވެގެންނެވެ. ފާރުގައި ނުވަތަ ފަންގިފިލާގައި އިސްޕީކަރެއް ހަރުކުރުމުން ފަރުމާ އަށް އުނިކަމެއް އަތުވެދާނެ ކަމަށްޓަައި މިސްކިތުގެ ފަރުމާތަކުގެ ތެރޭގައި އިސްޕީކަރުތައް ހުންނަނީީ ފޮރުވާފައެވެ. ނަމަވެސް ޠަވާފުުކުރާ ސަރަޙައްދާއި މިސްކިތުގެ ބޭރާއި މުންނާރުތަކުގައި. އެތަންތަނަށް ޚާއްޞަ ކޮށްގެން ހަދައި ހަރުކޮށްފައި ހުންނަ އިސްޕީކަރުތަކާއި ތާޅަފިލިތައް ފެންނަން ހުރެއެވެ. ގަޑިޓަވަރުގެ މަތީގައި ހުންނަ އިސްޕީކަރުތައް ވެސް ހަރުކޮށްފައި ހުންނަނީ ޓަވަރުގެ ފަރުމާގެ ތެރެއިން ޓަވަރުގެ މަތީބައިގެ ތަނބުތަކާ އެއްގޮތަށެވެ.

މަސްޖިދުލް ޙަރާމުގައި ނަމާދުކުރާ އަޑު ދުރަށް ފޮނުވުމުގެ ގޮތުން 7500 އަށް ވުރެ ގިނަ އިސްޕީކަރުން 9000 މީޓަރަށްވުރެ ދުރަށް އަޑު ފޮނުވައެވެ. މައްކާގެ އިބްރާހީމް ޚަލީލު މަގާާ ހަމައަށް ސާފުކޮށް މިސްކިތުގައި ނަމާދުކުރާ އަޑު އިވޭ ކަމުގައި ވެއެވެ. މިސްކިތުގެ ސަރަޙައްދު ބޮޑުވަމުންދާ މިންވަރަކުން އިސްޕީކަރުތަކާއި ތާޅަފިލިތައް އިތުރުވެ އަޑުފޯރާ ސަރަޙައްދު ދާނީ ބޮޑުވަމުންނެވެ. މި ޚިދުމަތުގައި ބޭނުންކުރާ އާލާތްތަކުގެ ފެންވަރު ރަގަޅުވެ ބާރުގަދަވެ ޚިދުމަތްތެރިންގެ ޢަދަދު ވެސް ދާނީ އިތުރު ވަމުންނެވެ. انشاء الله

މަސްޖިދުލްޙަރާމްގައި ނަމާދުކުރާ އަޑު އަހަމުންދަނީ ހަމައެކަނި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ކުރާ މީހުންނެއް ނޫނެވެ. މަސްޖިދުލްޙަރާމްގެ ބަންގީގެ އަޑުން މައްކާ ގުގުމަމުންދާއިރު، ޓީވީއާއި ރޭޑިއޯއާއި އެހެނިހެން ވަސީލަތްތަކުން ދުނިޔޭގެ އެތައް ބަޔަކު ދަނީ މަސްޖިދުލްޙަރާމްގައި ނަމާދުކުރާ އަޑުން ހިތަށް ފިނިކަން ހޯދައި ބަރަކާތް ލިބިގަންނަމުންނެވެ. الحمدلله

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!