ޚަބަރު
ވަލްނަރަބަލް ޔޫތު ސަޕޯޓް ޕްރޮޖެކްޓް ހިންގުމަށް ގދ.އަތޮޅު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުވަދޫ އެއިޑްއިން ހިންގުމަށް ހުށަހަޅާފައިވާ މަޝްރޫޢު “ވަލްނަރަބަލް ޔޫތު ސަޕޯޓް ޕްރޮޖެކްޓް” ހިންގުމަށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާއެކު އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފިއެވެ.

“ވަލްނަރަބަލް ޔޫތު ސަޕޯޓް ޕްރޮޖެކްޓް” އަކީ ޔޫ.އެސް.އެއިޑްގެ އެހީގެ ދަށުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކުުރިއަށް ހިންގާ “ޕްރޮމޯޓިން ރެސިލިއެންސް އިން ދަ މޯލްޑިވްސް (ޕްރައިމް)” ޕްރޮގްރާމްގެ ސަބްގްރާންޓްގެ ދަށުން ގދ ތިނަދޫ، ގދ.މަޑަވެލި، ގދ.ހޯޑެއްދޫ އަދި ގދ.ނަޑެއްލާގެ ޒުވާނުންނަށް އަމަޒުކޮށް ލައިފް ސްކިލްސް، ކެރިއަރ ގައިޑެންސް، ސައިކޯ ސޯޝަލް ސަޕޯޓް ފަދަ ޕްރޮގްރާމްތަކުގެ އިތުރުން މިފަދަ ޕްރޮގްރާމްތައް ހިންގުމަށް މަދަނީ ޖަމްއިއްޔާތަކާއި ކައުންސިލް، ކޮމިޔުނިޓީ ސެންޓަރ، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް ގދ.އަތޮޅު ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ގދ.އަތޮޅު ކައުންސިލްގެ ރައީސް އާއި އެކައުންސިލްގެ އެސްޖީގެ އިތުރުން ހުވަދޫ އެއިޑްގެ މެމްބަރުން ފޮޓޯ އަކަށް ހުއްޓިލައިގެން– ފޮޓޯ: ގދ.އަތޮޅު ކައުންސިލް

ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ހުވަދޫއެއިޑުން ގާއިމްކުރި މި އެއްބަސްވުމަކީ، އަމާން ވިލުންވެރި މުޖުތަމައެއް ބިނާކުރުމުގައި ޒުވާނުންނަށް ދިމާވާ މައްސަލަތަކުން އަރައިގަތުމަށް، ގދ. އަތޮޅު ހަތަރު ރަށަކަށް އަމާޒުކޮށް ހުވަދޫ އެއިޑުން ހިންގުމަށް ހަމަޖެހިފައިވާ “ވަލްނަރަބަލް ޔޫތު ސަޕޯޓް” ޕްރޮޖެކްޓް ހިންގުމަށް ގާއިމްކުރެވުނު އެއްބަސްވުމެކެވެ.

އަދި ކަންކަން ނިންމުމުގައި ޒުވަނުންނާއި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި އެކު ޒުވާނުންނަށް އަމާޒުކޮށް ޔޫތު ކޭމްޕް ބާއްވައި، ޒުވަނުންގެ ކުޅިވަރު ހަރަކާތްތަކަށް އެހީތެރިވެދިނުމާއި ޒުވަނުންނަށް ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމެއް ހިންގުންވެސް މިމަޝްރޫއުގައި ހިމެނެއެވެ.

މިމަޝްރޫއު ހިންގުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ގދ. ތިނަދޫ އަދި ނަޑެއްލާގެ މުއައްސަސާތަކާއި އެކުވެސް އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށް ހުވަދޫ އެއިޑް ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!