ޚަބަރު
އިންޑިއާ އައުޓް ބެނާތަކުން އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް އަސަރުކުރޭޭ: ފުލުހުން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް އިދިކޮޅު ކޯލިޝަނުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ ދަށުން މާލޭގެ ތިން ގެއެއްގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައް ނެގުމަށާއި، އެ ބެނާތަކުގެ ސަބަބުން އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް އަސަރުކުރާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ “އިންޑިއާ އައުޓް” ބެނާ ދަމާފައި ހުރުމަކީ, ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއްގެ ގޮތުގައި ސިފަވުމާއި، ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް އޭގެ ސަބަބުން ނުރަނގަޅު އަސަރުކޮށް އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށް ވެސް ގެއްލުން ވެދާނެ ކަމެއް ކަމަށެވެ.

އެހެންކަމުން އެބެނާތައް ނެގުމަށް މިހާރު ރައީސް ޔާމީންއަށް އަންގާފައިވާނެ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ހަރަކާތުގެ ދަށުން މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ޕާޓީގެ މައި އޮފީހާއި ކުރީގެ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި ވެސް “އިންޑިއާ އައުޓް” ޖަހާފައިވާ ބޮޑު ބެނާއެއް ވަނީ ނަގައިފައެވެ. މިކަމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކޮށް އެބެނާތައް ނެގުމަށް ފުލުހުންނަށް ގޮވާލާފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މިފަދަ އަމަލުތަކަކީ އޭގެ ވަށައިގެން ހިނގާ ކަންކަމުގެ ސަބަބުން ރާއްޖެއާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ގެއްލުން ވެދާނެ ފިތުނަވެރި އަމަލަކަށްވާތީ، އެއީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖާއިޒު މަގުސަދެއް ހާސިލުނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނާނެފަދަ ހާލަތެއް އުފެދިދާނެ އަމަލެއް ކަމުގައި ބެލެވޭ ކަމަށެވެ.

ރާއްޖޭގައި ދާހިލީ ނުރައްކާތަކުން ރައްކާތެރިވެ އޮތް މާހައުލެއް ގާއިމުކޮށް، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަންކަން ދުރާލާ ދެނެގަނެ އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރާއި މަސްއޫލިއްޔަތު ހަވާލުވެގެންވާ މުއައްސަސާގެ ހައިސިއްޔަތުން “އިންޑިއާ އައުޓް” ޖަހާފައިވާ ބެނާތައް ނެގުމަށް އިއްޔެ ހަވީރު ލިޔުމުން އަންގާފައިވާނެކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މިކަމާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ބެނާތައް ނަގަން ނުކުންނަ ފުލުހުން ކުރާ ގާނޫނާ ހިލާފު ކަންކަމަށް ދައުވާ ކުރާނެ ކަމަށާއި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ހިންގާ ހަރަކާތަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ތެރެއިން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!