ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިއުލާން ކޮށްފިއެވެ.
އައިޖީއެމްއެޗް އިން އިއްޔެ ގެޒެޓް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ 36 ނަރުހުން ވަގުތީ ގޮތުން ބޭނުންވާ ކަމަށެވެ. އަދި މި ނަރުހުންނަކީ ކޮވިޑަށް ފައްސިވާ ފަރާތްތަކަށް ހާއްސަކޮށްފައި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުރަށް އެހިނިހެން ކޮވިޑް ފެސިލިޓީތަކުގައި މަސައްކަތް ކުރާނެ ނަރުހުންނެވެ.
މިއިން ކޮންމެ ނަރުހަކަށް 9060 ރުފިޔާ މުސާރާއިގެ ގޮތުގައި ކަނޑައަޅާފައި ވާއިރު، ދުވާލަކު އިތުރު 188 ރުފިޔާ ސާވިސް އެލްވަންސް ކޮންމެ ދުވަހަކު ދެވޭނެއެވެ. މި ނަރުހުން ދުވާލަކު 8 ގަޑިއިރު ހަފްތާ އަކު 5 ދުވަހު މަސައްކަތް ކުރަންޖެހޭނެއެވެ.
މީގެ ކުރިން ވެސް ހެލްތް މިނިސްޓްރީ އަދި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވެސް ވަނީ ގިނަ އަދަދެއްގެ ނަރުހުންނާއި ޑޮކްޓަރުން، ކޮވިޑް ޖެހިފައި ތިބި މީހުންނަށް ފަރުވާ ދިނުމަށް ހޯދަން އިއުލާނު ކޮށްފައެވެ.