ރިޕޯޓް
ތިނަދޫ މިއުޒިއަމްގެ ބޭރު ކަވަރު ޝީޓްތައް ނެއްޓިގެން ވެއްޓުން, ބޮޑު ނުރައްކަލެއް!

މީގެ 5 އަހަރު ކުރިން ގދ ތިނަދޫގައި ހަދާފައިވާ މިއުޒިއަމް ޕާކުގެ ބައެއް އިމާރާތް ތަކުގެ ބޭރުން ހަރު ކޮއްފައިވާ ޝީޓްތައް ނެއްޓިގެން ވެއްޓެން ފަށައިފިއެވެ. އެ އިމާރާތު ތެރެއިން ދެކުނަށް ހުންނަ ބްލޮކްގެ 16 ވަރަކަށް ޝީޓް ނެއްޓެން ގާތް ވެފައިވާއިރު އެއް ޝީޓް ވަނީ އެއްކޮށް ނެއްޓިފައެވެ. މީގެ އިތުރުން ބައެއް ޢިމާރާތްތަކުގެ ޝީޓްތައް ވަނީ ހަލާކުވާން ފަޅާފައެއެވެ.
މި ތަނަކީ ކަތިކޮށް އިމާރާތް ކޮއްފައިވާ ތަނެއްކަމުން އިމާރާތުން ނެއްޓިގެން ވެއްޓޭ ޝީޓެއް މީހެއްގެ ބޮލަށް ވެއްޓި ފުރާނައަށް ނުރައްކާ ވެގެން ދިޔުމަކީ ކައިރިކަމެކެވެ.

ހުވަދޫ ނިއުސް ފޮޓޯ: މުޙައްމަދު އަޚްތަރު

40 މިލިޔަނާއި ގާތްކުރާ އަދަދަކަށް ޚަރަދު ކޮށްގެން 2017 ގައި ތިނަދޫގައި ހެދި މިއުޒިއަމް ޕާކް ގެ 4 އިމާރާތާއި ވޯޓަރ ޕާކް އަދި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިމުނީ ކަމަށް ބުނެ ހުޅުވި އިރު އެތަނުގެ ވަރަށް ގިނަ މަސައްކަތްތަކެއް ހުރީ އެއްކޮށް ނުނިމިކަން ފާހަގަ ކުރެވެއެވެ. އެގޮތުން ކުޑަކުދިންގެ ޕާކުގެ ބައެއް ތަކެތި އެއްކޮށް ހަރުނުކުރެވިވުމާއި ވެއްޔާއި ކުޅުމަށް ތައްޔާރުކުރި ބައި އެއްކޮށް ނުނިމި ހުރުމުގެ އިތުރުން ފުޑު ކޯޓް ނެތުމާއި ގަސްތަކަށް ފެންދިނުމަށް ވަޅެއް ނެތުން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން އޮޑިޓޯރިއަމް ( ސިނަމާ އަކަށް ވެސް ބޭނުން ކުރެވޭ ގޮތަށް ހުރި ) މަސައްކަތް ވެސް އެއްކޮށް ނުނިމި ހުރުމާއި މުޅ މިއުޒިއަމް ޕާކްގައި އެއްވެސް ވަރެއްގެ ސެކިއުރިޓީ ޕޯސްޓެއް އަދި އެފަދަ ނިޒާމެއް ނެތުން ފާހަގަ ކުރެވެއެވެ.

ހުވަދޫ ނިއުސް ފޮޓޯ: މުޙައްމަދު އަޚްތަރު

ބައެއް މަސައްކަތްތައް ނުނިއްމާ ތިނަދޫ މިއުޒިއަމް ޕާކް ޢާންމުންނަށް ހުޅުވާލި ކަމުގައި ވިޔަސް އެތަނުގެ ފެންއަރުވާ ވަޑާން ހިމެނޭ ގޮތަށް ހަދާފައިވާ ވޯޓަރ ޕާކް ގެ މަސައްކަތް ވަނީ އެއްކޮށް ނިންމުމަށް ފަހު އެ އުފާ, މިއުޒިކާ ކުލަ ތަކާއެކު ދައްކާފައެވެ. ފެހި ކުރުމުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ފުރިހަމަ ކޮށްފައެވެ. ތަނުގެ ބޮކިތަކާ އިމާރާތްތަކަށް އަޅުވަން ޖެހޭ ޢަލިތަކާއި ބޮޑު ސިޑި ވަނީ އެއްކޮށް ދިއްލާފައިކަން ފާހަގަ ކުރެވެއެވެ. އަދި ލައިބްރަރީ އާއި އާސާރީ ތަކެތި ބަހައްޓާފައި ހުންނަ މަރުކަޒު ވަނީ ހުޅުވާފައެވެ.
ޖުމްލަ ކޮށް ބުނާނަމަ 80 އިންސައްތަ މަސައްކަތް ވާނީ ނިމިފައެވެ.
ރައީސް ޔާމީންގެ ދައުރު ނިމުމާއިއެކު ތިނަދޫ މިއުޒިއަމް ޕާކްގެ އެއްވެސް ކަމެއް އެއީ ދިރުންހުރި ކަމަކަށް ނުވިއެވެ. ތަން ވީރާނާވާން ދޫކޮށްލާފައި އޮތީ ބަލަދުވެރިފަރާތް ވެސް ނޭގޭ ޙާލަތުގައެއެވެ. ނަތީޖާ އަކަށްވީ ބައެއް ތަކެތި ވަގަށްނަގާ އިމާރާތަށްވެސް ގެއްލުން ލިބެން ފެށުމެވެ. ޒިއްމާ ނަގާނެބައެއް ނެތެވެ.
ވީރާނާ އަހަރުތަކަކަށް ފަހު އެތައް މަސައްކަތެއް ތިނަދޫ ކައުންސިލުން ކޮށް މިހާރު ވަނީ މިއުޒިއަމް ޕާކަށް ދިރުމެއް ގެނެސްފައެވެ. ފަހު ދައުރުގެ ކައުންސިލުން ނެގި އިސްނެގުން މި ކައުންސިލުން ވަނީ ދަމަހައްޓަން މަސައްކަތް ފަހާފައެވެ. ޕާކް ތާހިރުކޮށް ބެލެހެއްޓުން ވަރަށް ބާރަށް ކުރިޔަށް އެބަގެންދެއެވެ. ރީތި ކުރުމާއި މަރާމާތުވެސް އެބަ ކުރެއެވެ. ނުކުރެވިގެން އުޅެނީ އިމާރާތްތައް ބެލެހެއްޓުމާއި އެ ތަނުގެ މަރާމާތެވެ. އެއީ އެފަދަ ފަރުމާއެއްގަެއި ރަށު ކައުންސިލަކަށް ކުރަން އެހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ސަލާމް ޖަހައިގެން ކުރެވޭތޯ އަބަދުވެސް މަސައްކަތް ކުރެއެވެ.

ހުވަދޫ ނިއުސް ފޮޓޯ: މުޙައްމަދު އަޚްތަރު

މިހާރު ޢިމާރާތްތަކަށް ދިމާވެފައިވަނީ ވަރަށް ބޮޑު އަދި އެހާ ނުރައްކާތެރި މައްސަލައެކެވެ. 5 އަހަރު ނުވަނީސް ބޭރުގައި ހުރި ޝީޓް ތައް ނެއްޓި ކާއްޓާ މަހާ ވަކިވުން އެއީ ވެގެން ވާނެ ކަމެއް ނޫނެވެ. އަދި މިތަނުން ރައްޔިތަކަށް ބޮޑު އަނިޔާއެއް ވެގެން ދިޔުމަކީ ރައްޔިތުންނަށް ބަލައިގަންނަން ދަތި ކަމަކަށް ވާނެއެވެ.
ކޮންމެއަކަސް އެ ވެރިޔާ ނެތެވެ. އެ ވެރިކަން ނިމިއްޖެއެވެ. ނަމަވެސް ދައުލަތް އެބައޮތެވެވެ. ވެރިޔަކު އެބަހުއްޓެވެ. ވެރިން ވެސް އެބަ ތިއްބެވިއެވެ. ސަރުކާރެއްވެސް އެބައޮތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!