ޚަބަރު
އެމްކިއުއޭ އިން އީ-ލަރނިންގ ގައިޑްލައިން ޙިއްސާކޮށްފި

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ތައްޔާރުކޮށްފައިވާ އީ-ލަރނިންގ ގައިޑްލައިން އަށް ގެނެސްފައިވާ އިޞްލާހުތަކާ އެކު ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ ޔުނިވަރސިޓީ، ކޮލެޖް އަދި އިންސްޓިޓިއުޓްތަކާ އެ ގައިޑްލައިން ޙިއްސާކުރުމުގެ ގޮތުން އެމް.ކިއު.އޭ އިން ސެމިނަރ އެއް ބާއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ސެމިނަރ ރޫމް ގައި މިއަދު ކުރިއަށްދިޔަ މި ސެމިނަރގައި މަތީ ތަޢުލީމު ފޯރުކޮށްދޭ 20 މަރުކަޒަކުން ވަނީ ބައިވެރިވެފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ ޔުނިވަރސިޓީ، ކޮލެޖް އަދި އިންސްޓިޓިއުޓްތަކަށް އެމް.ކިއު.އޭ އިން ވަނީ އެ މަރުކަޒުތަކުން ހިންގަމުން އަންނަ ޕްރޮގްރާމްތައް، ކޮވިޑް-19 އައި ގުޅިގެން އައިސްފައިވާ ސިއްޙީ ނުރައްކަލުގެ ޙާލަތު އުވާލާ އާންމު ހާލަތަށް ބަދަލުވެ ދިއުމާ ހަމައަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީ ގެ ތެރެއިން ހިންގުމުގެ ހާއްސަ ހުއްދައެއް ދީފައެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި އީ-ލަރނިންގ ގައިޑްލައިން ގެ ބޭނުމަކީ ފެންވަރު ކަށަވަރު ކުރުމާއެކު އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީ ގެ ތެރެއިން ޕްރޮގްރާމްތައް ގެންދާނޭ ގޮތްތަކާއި އީ-ލަރނިންގ އަށް ކިޔަވައިދިނުމަށް އެދި މަރުކަޒުތަކުން އެދޭ އިރު ކޮންމެހެން ހުންނަން ޖެހޭ ކަންކަން ބަޔާންކޮށްފައިވާ މުހިންމު ގައިޑްލައިނެކެވެ.

އެގޮތުން މި ސެމިނަރ ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. އަބްދުލް ޙަންނާނު ވަޙީދު ވަނީ ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކަށް މި ގައިޑްލައިން ހުށަހަޅުއްވައި ދެއްވާ، މި ގައިޑްލައިނާ ގުޅިގެން ބައިވެރިން ކޮށްފައިވާ މުހިންމު ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

މީގެ އިތުރުން މީގެ ކުރިން ވެސް ވަނީ މި ގައިޑްލައިނަށް މަޝްވަރާ ކުރެވިފައި ކަމާއި ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާގެ ތަޖުރިބާކާރުން ގެ ލަފައާ އިރުޝާދު ވެސް މި ގައިޑްލައިން ހެދުމުގައި ވަރަށް ފުރިހަމައަށް ލިބިފައިވާކަން ޑރ. އަބްދުލް ޙަންނާނު ވަޙީދު ގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.

މިއަދު ބޭއްވުނު ސެމިނަރ ގައި އެމް.ކިއު.އޭ އިން ތައްޔާރުކޮށްފައިވާ އީ-ލަރނިންގ ގައިޑްލައިނަށް މަޝްވަރާ ކުރެވުނު ނަމަވެސް، މި ގައިޑްލައިނަށް އަމަލު ކުރަން ފަށާނީ އެމް.ކިއު.އޭ ގެ އެޑްވައިޒަރީ ބޯޑުން އީ-ލަރނިންގ ގައިޑްލައިން ފާސްކޮށް ދިވެހިސަރުކާރު ގެ ގެޒެޓްގައި ޝާއިޢުކުރުމުން ކަން އެމް.ކިއު.އޭ އިން މަޢުލޫމާތު ދީފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!