އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕޭނާ ގުޅުވައިގެން އަރަބިއްޔާ ސްކޫލްގެ ހަދީސް ޓީޗަރު ޝެއިހް ޒަމްޒަމް ފާރިޝް ކުރެއްވި ޓްވީޓްތަކަކާ ހެދި އޭނާ ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.
އެޑިއުކޭޝަން މިޓީޗަރު އިއްޔެގެ ވަގުތެއްގައި ސަސްބެންޑް ކޮށްފައިވާއިރު، ސަސްޕެންޑްކުރެވުނީ މުސާރަ ނުލިބޭ ގޮތަށް މަސް ދުވަހުގެ މުއްދަތަށްކަމުގައި އެމިނިސްޓްރީއިން ބުނެފައިވެއެވެ.
ޒަމްޒަމް ސަސްޕެންޑްކޮށް މިނިސްޓްރީން ފޮނުވި ލިޔުމުގައި ބުނެފައި އޮތީ “އިންޑިއާ އައުޓް” ކެމްޕޭނާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ގޮންޖަހައި އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕެއިނަށް ހިތްވަރު ލިބޭ ގޮތަށް ޒަމްޒަމްގެ އަމިއްލަ އެކައުންޓުން އިއްޔެ ޓުވީޓްތަކެއް ކޮށްފައިވާ ކަމަށެވެ.
“މި ކަމަކީ ދިވެހި ސިވިލް ސާވިސްގެ ގަވައިދުގައި ބަޔާންކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ދައުރާއި، ޒިންމާތަކާއި އަދި އުޅުމާއި ސުލޫކް ބަހައްޓަން ޖެހޭ ގޮތާއި ކޯޑް އޮފް ކޮންޑަކްޓް ތައާރުޒުވާ ކަމަކަށް ވީ ހިނދު، އަދި މީގެ ކުރިން ވެސް މި ބާވަތުގެ ކަންކަމުގައި ޒަމްޒަމް ފާރިޝް ހާޒިރުކޮށް އިރުޝާދުދީ ނަސޭހަތްތެރިވެފައި ވެ އެވެ.” ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވައި ފޮނުއްވި ލިޔުމުގައިވެ އެވެ.
Raees ge qaraarah gonjehi kamah bune alhugandu vazeefaain 30 dhuvahah suspend koffaivaa kamah bunefaivaa tweet akee miee. Meega ebaoi thoa gonjahaafa?
Meegai alhugadu bunefaivanee qaanoon aa qavaaidhaa khilaafah raajje arai thibi india sifain mi qaumun baalan dhamaafaivaa 👇 pic.twitter.com/ZIjQHkctfr— ZamzamFarish – ޒަމްޒަމް ފާރިޝް (@ZamzamFarish) April 21, 2022
“އިންޑިއާ އައުޓް” ޖެހި ބެނާތައް ފުލުހުން ނުކުމެ މިހާރު ނަގަމުންދާތީ އެކަމާ ގުޅުވައިގެން ޒަމްޒަމް ކުރެއްވި ޓްވީޓަތެއްގައި ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ތިމާގެ އަމިއްލަ ގެދޮރުގައި ދަމާ ބެނާއެއްގައި، ބޭރުގެ ގައުމެއްގެ ނުފޫޒާއި އަޅުވެތިކަން ރާއްޖޭގައި އޮތަތީ ކަންބޮޑުވުން ފާޅުކުރުމަކީ ޤާނޫނީ ކުށަކަށް ނުވާ ހިނދު، އެކަމަށް ހުރަސްއެޅުމީ ޣައިރު ޤާނޫނީ އަމަލެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.
qavaaidhaa khilaafah alhaafaivaa fiyavalheh kamugai. Adhi mi massala husha alhan jehey faraaitthakah husha alhan.
Maai Allaah heyo thaufeeq dhevvaashi.— ZamzamFarish – ޒަމްޒަމް ފާރިޝް (@ZamzamFarish) April 21, 2022
“ދިވެހިރާއްޖޭގެ އަސާސް ކަމުގައިވާ އިސްލާމް ދީނާ ދެކޮޅަށް ރިޕޯޓު ނެރެ، މުޅި ދުނިޔޭގައި އެ ދަމަމުން ދުވުމުން ވެސް ރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރިމަތި ނުވި ނުރައްކަލެއް، ޤާނޫނާ ޚިލާފަށް މި ޤައުމަށް އަރައިތިބި އިންޑިއާ ސިފައިން މިޤައުމުން ބާލަން ދަމާލި ފޮތިކޮޅަކާ ހެދި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ގޮތެއް ނުވިސްނިގެން މިއުޅެނީ.” އޭނާ ބުނެފައި ވެއެވެ.
ޓްވީޓްތަކާ ގުޅިގެން މިނިސްޓްރީން އެޅި ފިޔަވަޅާ ގުޅިގެން ޒަމްޒަމް ބުނެފައިވަނީ އެއީ ގަވައިދާ ހިލާފަށް އެޅި ފިޔަވަޅެއް ކަމަށާއި އެކަން ކަމާ ބެހޭ ފަރާތްތަކަށް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސްގެ ގަރާރަށް ގޮން ޖެހި ކަމަށް ބުނެ ޒަަމްޒަމް ސަސްޕެންޑް ކޮށްފައި ވާއިރު އޭނާގެ އަމަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، ދައުރާއި، ޒިންމާތަކާ ހިލާފު އަމަލެއް ކަމަށް ސަސްޕެންޝަން ލިޔުމުގައި ބަޔާންކޮށްފައި ވެއެވެ.
އަދި މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި އޭނާއަށް ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް ސަސްޕެންޝަން ލިޔުމުގައި ފާހަގަކޮށްފައި ވެއެވެ. އެ މައްސަލައިގައި އޭނާ ސަސްޕެންޑް ކުރީ 30 ދުވަހުގެ މުއްދަތަކަށެވެ.