މާލޭގައި އެމްބިއަންޓް އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަން ގާއިމުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފި އެވެ.
މާލޭގައި އެމްބިއަންޓް އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަން ގާއިމުކުރުމަށް ޓަކައި ޓެކްނިކަލް އެސެސްމަންޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށް އެމިނިސްޓްރީން މިމަހުގެ 21 ވަނަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ.
ކުރިންވެސް މިކަމަށް ހުޅުވާލި ނަމަވެސް އެ މިނިސްޓްރީ އަށް ލިބިފައިވާ ހުށެއެޅުން ތަކުގެ ޝަރުތުތައް ހަމަނުވުމާއި ހުށެއެޅުންތައް މިނިސްޓްރީގެ ބަޖެޓަށް ވުރެ ބޮޑުވެފައިވާވތީވެ އަލުން ވަނީ މި ފުރުސަތު ހުޅުވާލަދީފައެވެ.
މި އެމްބިއަންޓް އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަން ގާއިމުކުރުމަށްޓަކައި ޓެކްނިކަލް އެސެސްމަންޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމުގެ ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.
މި މަސައްކަތާއި ގުޅޭ މައުލޫމާތު ސާފު ކުރުމަށް ސުވާލުތައް މިނިސްޓްރީގެ މެއިލް އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ. އަންނަ މަހުގެ 8 ވަނަ ދުވަހާއި ހަމައަށް މިނިސްޓްރީ މެއިލް ތަކަށް ޖަވާބު ދެމުން ދާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.