ޚަބަރު
ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް އޮތް ގޮންޖެހުންތަކަށް ފެށޭ ހަފްތާގައި ހައްލު ހޯދައިދެނީ

ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އެކުލަވާލަންޖެހޭ އެރަށެއްގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ޤާނޫނީ ގޮތުން ހުރި ގޮންޖެހުންތަކަށް މިފެށޭ ހަފްތާގައި ހައްލު ހޯދައި ދެވޭނެކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ. އާޤާނޫނުގެ ދަށުން އިންތިޚާބުވި ކައުންސިލްތަކާއެކު ރަށްރަށުގެ ހިންގުމުގެ މަސައްކަތް ފެށިގެންދާއިރު މިހާތަނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލޭންޑް ޔޫސް ޕްލޭންތައް ނުނިމުމުގެ މައްސަލައެވެ.

ގިނަ ރަށްރަށުގައި ލޭންޑް ޔޫސް ޕްލޭން ނުނިމި އޮތީ، އެ މަސައްކަތް ކުރާނެ ބަޔަކު ނުލިބުމާއި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކުން މަސައްކަތް ނިންމުން ލަސްވަމުން ދާތީއެވެ. ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ނިންމަން ކައުންސިލްތަކަށް އެންމެ ފަހު ތާރީޚެއްގެ ގޮތުގައި އެލްޖީއޭ އިން ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 އެވެ. އެހެންނަމަވެސް އެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ގިނަ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ނުނިމެވެ.

މިހާތަނަށް ލޭންޑް ޔޫސް ޕްލޭން ހެދުމަށް ދިން މުއްދަތުގައި ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާފައިވަނީ 40 ރަށެއްގެ ލޭންޑް ޔޫސް ޕްލޭނެއެވެ. އޭގެ ތެރެއިން ޕްލޭނިން މިނިސްޓްރީން އެޕްރޫވް ކޮށްފައިވަނީ 3 ޕްލޭނެވެ. ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ކައުންސިލްތަކަށް ދިމާވެފައިވާ މައްސަލަތައް ލޯކަލް ގަވަރމެންޓް އޮތޯރިޓީއާއި ދަނީ ހިއްސާ ކުރަމުންނެވެ.

މިމައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝަން ލަޠީފް ވިދާޅުވީ ރަށްރަށުގެ ބިންތަކާއި ބެހޭ ހުރިހާ ކަމެއް ގުޅިފައިވަނީ ލޭންޑް ޔޫސް ޕްލޭނާއި ކަމަށެވެ. ނަމަވެސް ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަސައްކަތްތަކާއި، ރަށްރަށުގެ ތަރައްޤީގައި ކައުންސިލުން ކުރަންޖެހޭ މަސައްކަތް ނުފެށި ލަސްވެފައިވަނީވެސް ލޭންޑް ޔޫސް ޕްލޭނާއި ހިސާބުން ކަމަށެވެ.

މިމަސައްލައަށް ހައްލު ހޯދުމަށްޓަކައި ޕްލޭނިން މިނިސްޓްރީއާއި، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާއިވެސް މަޝްވަރާކުރެވި، އަވަސް ހައްލެއް ހޯދުމަށް މިހާރު ނިމިފައިވާކަމަށް އަފްޝަން ވިދާޅުވިއެވެ. އެގޮތުން ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް މިހާރު ޤާނޫނުގައި އޮތް ގޮތަށް ލުއި ގޮތްތަކެއް ފަހިކޮށްދީ، ޕްލޭން ހުށަހެޅުމަށް ހަދަންޖެހޭ ގޮތްތަކަށް ބޮޑެތި ބަދަލުތަކާއިއެކު މިފެށޭ ހަފްތާގައި ކައުންސިލްތަކަށް ޕްލޭނިން މިނިސްޓްރީން ފޮނުވާނެކަމަށް އަފްޝަން ވިދާޅުވިއެވެ.

“ކައުންސިލްތަކުގެ އާމްދަނީވެސް ބަންދުވެފަ. އަދި ރަށުގެ ތަރައްޤީގެ ކަންކަންވެސް ހުއްޓިފައި މިއޮތީ ލޭންޑް ޔޫސް ޕްލޭނާއި ހަމައިން. މިކަމުގައި އަޅުގަނޑުމެންނަށް އޮތް ހައްލަކީ މުޅި ލޭންޑްޔޫސް ޕްލޭން ފުރިހަމަ ނުވިނަމަވެސް، އެއީ ޤާނޫނުގައި އެބަހުރި ލޭންޑްޔޫސް ޕްލޭނެއްގައި ހިމަނަންޖެހޭ އެތައް ކޮންޕޯނަންޓްތަކެއް. އެހުރިހާ އެއްޗެއް އެންމެ ފުރިހަމައަށް ނެތްކަމުގައި ވީނަމަވެސް ފުރަތަމަ ބިންތައް ދޫކުރެވޭ ވަރަށް ލޭންޑްޔޫސް ޕްލޭން ފާސްކޮށް ދެއްވާށޭ. ދެން މުއްދަތެއް ދެއްވާށޭ ފަހުން އެހިމަނަންޖެހޭ ބައި ފުރިހަމަކޮށްފައި، ހުށަހަޅަން. ލޭންޑް ޔޫސް ޕްލޭނަކީ ބަދަލުވެސް ވާއެއްޗެއް.” އަފްޝަން ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭން، ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅައި ފާސްކުރުމަށް ފަހު، އެ އަށް އަމަލުކުރަން ފަށާނީ އެ ޕްލޭނަށް އަމަލުކުރުމަށް، ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުމެއްގައި ފާސްކުރުމުންނެވެ. އަދި މި ޕްލޭނަށް އެއްވެސް ބަދަލެއް ގެންނަ، ކޮންމެ ފަހަރަކު ވެސް އެގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!