ޚަބަރު
އެއަރޕޯޓްގައި ކުއްތާ ގެންގުޅޭ ގޮތާމެދު ކަންބޮޑުވުން

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ސެކިއުރިޓީގެ ކަންކަމުގައި ފުލުހުން ގެންގުޅޭ ކުއްތާ ސްކޮޑް ބޭނުން ކުރާ ނިޒާމަކީ އެންމެ އެކަށީގެންވާ ނިޒާމެއް ނޫން ކަމަށް ބުނެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ޝަރީފް ވިދާޅުވީ ކުއްތާ ގެންގުޅެން އެއަށް ވަރަށް ބޮޑަށް ޓްރެއިންވެ އެޓޭޗްވާން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަކީ ސަތޭކަ ޕަސަންޓް މުސްލިމު ގައުމަކަށް ވާތީ، މިއީ މާހައުލަށް މާ އެކަށީގެންވާ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަަރީފު ވިދާޅުވީ، މީހުން ކައިރީގައި ކުއްތާ އުޅެން ބައެއް މީހުން ހިތްހަމަ ނުޖެހޭކަމާއި، ހިނގާފައި ދާ މީހާއަށް ކުއްތާ ނުފެންނަ ގޮތަށް ޕާތުވޭއެއް ހަދައި ވައިގެ ޒަރިއްޔާއިން ދެނެގަނެވޭނެ ނިޒާމެއް ގާއިމް ކުރެވޭނެ ކަަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވިގޮތުގައި އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރާ ގޮތް ހަރުދަނާކޮށް ދުނިޔޭގެ އެހެން ގައުމުތަކުގައި ބޭނުންކުރާ ފަދަ ނިޒާމެއްގެ ތެރެއިން ކުއްތާތައް ބޭނުންކުރަން ޖެހޭ ކަމަށާއި ކުއްތާ ބަލަހައްޓައި އެ ގެންގުޅެނީ ފުލުހުން ކަމަށާއި، މިހާރު ކުއްތާ ސްކޮޑުން މާބޮޑު ކާމިޔާބީތަކެއް ނުލިބޭ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ކުއްތާތައް ރާއްޖެއަށް ގެނެސްފައި ވަނީ 2015 ވަނަ އަހަރުއެވެ. މިކަމާ ގުޅިގެން ޝަރީފް ވަނީ މި ކުއްތާތަކަށް އެކަށީގެންވާ ޓްރެއިނިން ނުލިބޭ ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފޮރުވައިގެން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ކަހަލަ ބާވަތްތައް އަތުލައިގަތުމުގައި އެ ކުއްތާތަކުގެ ހުޝިޔާރު ކުޑަވެދާނެކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!