މީހުން
އަޑުގެ ޖާދޫގައި އެތައް މިލިއަން ބައެއް ޖައްސާލި ކުޅަދާނަ ލަވަކިޔުންތެރިޔާ!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލަވަކިޔުންތެރިންނަކީ ގިނަ ބައެއްގެ ލޯބި ހާސިލްކޮށްފައިވާ ބައެކެވެ. މީގެ 161 އަހަރުކުރިންް ދުނިޔޭގެ ފުރަތަމަ ލަވަ ރިކޯޑްކުރެވުނެވެ. އޭރު މިލަވަ ރިކޯޑް ކުރަން ބޭނުންކޮށްފައިވަނީ “ފޮޓޯނައުޓޯގްރާފް” ނަމަކަށްކިޔާ އެއްޗެކެވެ. މިހާރަކަށް އައިސް ދުވާލަކު ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް ލަވައެއް ރެކޯޑްކޮށް އެތައްބަޔަކުދަނީ އަޑުއަހަމުންނެވެ. މިގޮތުން ލަވައިގެ ދުނިޔޭގައި އިންޑިއާގެ އެތައް ލަވަކިޔުންތެރިންނެއްވެސް ދަނީ ފިޔަޖަހަމުންނެވެ. ފަގީރުހިސާބުތަކުން ފެށިގެން ލަވަކިޔުންތެރިންގެ އާއިލާއިންވެސް ދަނީ ލަވަކިޔުންތެރިން އުފެދެމުންނެވެ.

މިގޮތަށް އިންޑިއާއިން 1988 ވަނަ އަހަރުގެ ޖޫން މަހު އުފަންވި ނޭހާ ކައްކަރަކީ ވަރަށް ތަފާތު އެތައްބައެއްގެ ހިތްތަކުން ޖާގަހޯދާފައިވާ ތަރިއެކެ. ދުވާލެއްގެ މައްޗަށް އެތައްބަޔަކު އަޑުއަހަމުން ގެންދާ ނޭހާގެ އަޑަކީ ވަރަށް ތަފާތު އަޑެކެވެ. އިންޑިއާގެ އުތަރަޕްރަދޭޝްގެ ރިޝިކޭޝް ނަމަކަށް ކިޔާ ސަރަހައްދަށް އުފަން ނޭހާ 1990 ގެ އަހަރުތަކުގައި އިންޑިއާގެ ޑެލީއަށް ބަދަލުވީ ލަވައިގެ ދުނިޔެއާއި ގުޅުމަށް އިތުރުމަސައްކަތް ކުރުމުގެ ނިޔަތުގައެވެ.

އުމުރުން އެންމެ 4 އަހަރުގައި ކުދި އެއްވުންތަކުގައި އާއި ޕާޓީތަކުގައި ލަވަކިޔަމުން ދިޔައެވެ. ނޭހާގެ އުމުރުން 18 އަހަރުގައި އިންޑިއާގެ އެންމެ ބޮޑު ލަވަ މުބާރާތްކަމަށްވާ އިންޑިއަން އައިޑަލްގެ 2 ވަނަ ސީޒަންގެ އޯޑިޝަންގައި ނޭހާ ބައިވެރިވިއެވެ. އެފަހަރު މުބާރާތުގެ ކުރީކޮޅު ނޭހާ މުބާރާތާއި ވަކިވާން ޖެހުނު ކަމުގައި ވިޔަށް ނޭހާ ހިތްވަރު ދުލެއްނުކުރެއެވެ.

2008 ވަނަ އަހަރު ނޭހާގެ ފުރަތަމަ އަލްބަމް “ނޭޙާ ދަ ރޮކްސްޓާރ” ނަމުގައި ނެރުނެވެ. ދެން އައީ އުޖާލާ ދުވަސްތަކެވެ. އެކި އެކި ފިލްމަތަކަށް ލަވަކިޔުމާއި ވީޑިއޯ ލަވަ ނެރެން ފެށިއެވެ. ނޭހާގެ ލަވަތަކުގެ އިތުރުން ނެރޭ އެކިއެކި ރާގުގެ އަޑުތަކަކީޥެސް ނޭހާގެ ޙާއްސަ ހުނަރެކެވެ. ނޭހާގެ ގިނަލަވަތަކަކީ އެގޮތައް އަޑުއަޑު ލައްވައިގެން މިޒިކްތައްޔާރުކޮށްފައިވާ ލަވަތަކެކެވެ. ނޭހާގެ ރީތި ލަވަތަކުގެ ސަބަބުން ނޭހާ ވަނީ 4 އެވޯޑެއް ޙާސިލްކޮށްފައެވެ.

ނޭހާގެ އާއިލާގައި ނޭހާގެ އިތުރުން 2 ލަވަކިޔުންތެރިން ތިބެއެވެ. ދައްތަޔަކާއި ބޭބެއެކެވެ. އެއީ ނޭހާގެ ކުރިއެރުމަށް ލިބުނު އެންމެ ބޮޑު ހިތްވަރުގެ ގޮތުގައި ނޭހާ ދެކޭއިރު ނޭހާ އަކީ ހިތްތިރި މަޖާ މިޒާޖެއްގެންގުޅޭ އޯގާތެރި ލަދުރަކި މީހެކެވެ.  2020 ވަނަ އަހަރު ނޭހާ ވަނީ ޕަންޖާބުގެ ލަވަކިޔުންތެރިއަކައި ކައިވެނިކޮށްފައެވެ.