ރިޕޯޓް
އެމްޑީޕީ އާއި ޕީޕީއެމް ކޯލިޝަން ހަދައިފާނެތަ؟

ދިވެހި ރާއްޖޭގެ ސިޔާސީ ޕާޓީތަށް އުފެދުނުފަހުން މި ބޭއްވުނު 3 ރިޔާސީ އިންތިހާބުވެސް ކާމިޔާބު ވެފައިވަނީ ގިނަޕާޓީތަށް އެކުވެގެން ހަދައިފައިވާ ކޯލިޝަންތަކުންނެވެ. ނަމަވެސް ކޯލިޝަންގެ ތަޖުރިބާ ސިޔާސީ ވެރިންނަށް ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިއްޖިއެވެ.

ރައީސް މުހައްމަދު ނަޝީދު 2008ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ފުރަތަމަ ނިކުމެވަޑައިގަތީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ޓިކެޓުގައެވެ. ވާދަކުރައްވަން ޖެހިވަޑައިގަތީ ދިގު 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި އަދި ގިނަ ބައެއްގެ ތާއީދާއި ލޯބި އޭރުވެސް ލިބިވަޑައިގެންނެވި ރައީސް މައުމޫން އަބްދުލް ޤައްޔޫމްއާއެވެ.

އެފަހަރު ބޭއްވުނު ރިޔާސީ އިންތިހާބު ފުރަތަމަ ބުރު އެއްވެސް ކެންޑިޑޭކަށް އެކަށީގެންވާ މިންބަރަށް ވޯޓް ނުލިބުމުން ރިޔާސީ އިންތިޖާބް ދެވަނަ ބުރަކަށް ދާން ޖެހުނެވެ. ދެވަނަ ބުރަށް ވަޑައިގަތީ ރައީސް ނަޝީދާއި ރައީސް މައުމޫނެވެ. ރައީސް މައުމޫނު ދެވަނަ ބުރުގައިވެސް ނިކުމެ ވަޑައިގަންނަވަން ޖެހުނީ ގިނިކަންޏާ އެވެ. ނަމަވެސް ރައީސް ނަޝީދު ނިކުމެވަޑައިގަތީ “ވަތަން އެދޭ ގޮތަށް” މި ނަމުގައި ކޯލިޝަނެއް ހަދައިގެންނެވެ. ރާއްޖޭގައި ތިއްބެވި ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުން ރައީސް ނަޝީދަށް ތާއީދު ކުރެއްވި އެވެ. އަދި ފަސޭހަކަމާ އެކު އިންތިހާބުގައި ރައީސް މައުމޫން ބަލިކުރައްވާ ޑިމޮކްރަސީގެ ކުޑައިގެ ހިޔަލުގައި ރާއްޖެއަށް އިންތިހާބުވި ފުރަތަމަ ރައީސަކަށް ރައީސް ނަޝީދު ވެވަޑައިގަތެވެ

ރައީސް ނަޝީދުގެ ސަރުކާރަށް 21 ދުވަހުގެ ތެރޭގައި ޖުމްހޫރީ ޕާޓީން ކޯލިޝަނުން ފެޔަށް ޖެހުނެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން އެހެއް ބައެއް ޕާޓީތައް ވެސް ކޯލިޝަނާއި ފެޔަށް ޖެހި މަޖިލިސް ތެރެއިންނާއި އަދި މަގުމަތިންވެސް ރައީސް ނަޝީދަށް ސަރުކާރު ހިންގުމަށް ދަތިތައް ކުރިމަތި ކުރުވި އެވެ. ރައީސް ނަޝީދުގެ ސަރުކާރު ދެއަހަރާއި ބައިގެ ތެރޭގައި ނިމިގެން ދިޔައީ މި ދެންނެވި ކޯލިޝަނުގެ ތަޖުރިބާ އެމަނިކުފާނު ކުރައްވައިގެންނެވެ

އޭގެފަހުން ބޭއްވުނު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގަވެސް ކަންތަށް ހިނގައި ދިޔައީ 2008ގެ އިންތިހާބުގައިވެސް ފެނިގެން ދިޔަފަދަ މަންޒަރުތަކަކާ އެކު އެވެ. އެފަހަރު 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް ކޯލިޝަންހެދި ޕާޓީ ތަކަކާ އެކު ކޯލިޝަނެއް ހަދައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ޔާމީން އެވެ.

މިކޯލިޝަން ރޫޅި ދިޔައީ އެފަހަރު މަޖްލީސް އިންތިހާބަށްފަހު މަޖްލީސް ރައީސް ކަމަށް ގެންނަން ކުރެވުނު ބަހުސްތަކާއިއެކު ކޯލިޝަންތެރެއިން އެއްބަސް ނުވެވިގެންނެވެ.

2018 ވަނައަހަރު ބޭއްވުނު ރިޔާސީ އިންތިހާބު ބޭއްވުނީ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރެއްގައެވެ. ރައީސް ޔާމީނާއި ހިޔާލުތަފާތު ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ އެކިއެކި ބޮޑެތި ހުކުމް ތަކުގައި ޖަލުގައި ބަންދުކުރެވިފައެވެ. މީގެ ތެރެއިން ބައެއް ލީޑަރުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަގޮތަށް އެޤައުމުތަކުން ސިޔާސީ ހިމާޔަށް ހޯދައި ރައީސް ޔާމީންއާއި ދެކޮޅަށް ސިޔާސީ ހަރަކާތް ފެށިއެވެ. މިހަރަކާތް ވެގެންދިޔައީ ރައީސް ޔާމީން ސަރުކާރަށްއެރި ބޮޑު ލޮޅުން ގަނޑަކަށެވެ. ކޮކަޑި ކެއި މީދާ ވާރޭފެން ބޮއިގެން ދިރުނުގޮތަށް މި ލީޑަރުންވެސް ދިރުނީއެވެ. ނަތީޖާއަކަށްވީ ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް ނުކުމެ އެމަނިކުފާނުގެ ވެރިކަން ވައްޓާލި ލީޑަރުން ރައީސް ނަޝީދުއާއި އެކީ ނުކުމެ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް 2017 ވަނަ އަހަރު މާރޗް މަހުގެ 24 ވަނަ ދުވަހު ކޯލިޝަން އެއްބަސްވުމެއްގައި ސޮއި ކުރައްވާ ރިޔާސީ ކެންޑިޑޭއްގެ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ނިންމެވިއެވެ. ރަނިންގމޭޓެއްގެ ގޮތުގައި ހަމަޖެއްސެވީ ޖުމްހޫރީ ޕާޓީން ފައިސަލް ނަސީމްއެވެ. ވަރުގަދަ ކެމްޕއެިން އަކަށްފަހު 2018 ވަނަ އަހަރު ރިޔާސީ އިންތިހާބް ކާމިޔާބު ކުރެއްވެވީ އަނެއްކާވެސް ކޯލިޝަންއިންނެވެ. އެއްފަހު ކޯލިޝަން ސަރުކާރު އެކުލަވާލިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި ސަބަބު، އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުގެ ހަނދާނުން ފޮހެވިގެނެއް ނުދާނެ. ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި، އެންމެން އެކުގައި މަސައްކަތް ކުރުމަށް. މިކަން އަބަދުވެސް އަޅުގަނޑު ހަނދާން ބަހައްޓާނަން. އަދި މިކަން ތިޔައިން ކޮންމެ ބޭފުޅަކުވެސް، އަދި އަޅުގަނޑުމެން އެންމެންވެސް އަބަދު ހަނދާން ބަހައްޓަންވާނެ،” ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރައްވާ ފުރަތަމަ ފަހަރަށް ދިވެހި ގައުމާއި ރައްޔިތުންނާއި މުހާތަބު ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މިފަދައިންނެވެ.

ވެރިކަމަށް 3 އަހަރު ފުރިފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިވަނީ ކޯލިޝަން ސަރުކާރާއެކު މިހާ ގިނަދުވަހު ހިފަހައްޓާލި ރައީސް ކަމުގެ ރެކޯޑް ހޯދާފައެވެ. ނަމަވެސް ވެރިކަމަށް 3 އަހަރު ފުރިނުއިރު އެމަނިކުފާނުގެ ޕާޓީ ތެރެއިން މިވަނީ ވެރިކަމާއި ދެކޮޅަށް ތެދުވެފައެވެ. ރައީސް މުހައްމަދު ނަޝީދުވަނީ ފާޅުކަން ބޮޑުގޮތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެމަނިކުފާން ދެކޮޅުކަން ހާމަކުރައްވާފައެވެ.

ރައީސް ސޯލިހްވެސް އިންނަވާ ވަޓްސްއެޕް ގުރޫޕް އަކަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖް އެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރި ކަމަށް އެދުން އެއީ ރާއްޖެއަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތް.” ކަމަށެވެ.

އޭގެފަހުން ސަރުކާރަށް ވަރަށްބޮޑަށް ރައީސް ނަޝީދު ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ. ރައީސް ނަޝީދުގެ އޮފީހުން އިނގިރޭސީ ބަހުން ނެރުއްވެވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާ ނިންމުންތައް އަދާލަތު ޕާޓީން ބޭނުންވާ ގޮތަކަށް ނިންމަމުން ދާކަމަށް ތުހުމަތު ކުރައްވައި ރައީސް ސޯލިހު ވަނީ ޑިމޮކްރަސީއާއި ހިލާފުވެފައި ކަމަށެވެ. ސަރުކާރު ތެރޭގައި ހަރުކަށި ވިސްނުމުގެ ފިކުރުގެ މީހުން ތިއްބެވިކަމުގެ ތުހުމަތުވެސްވަނީ ކޮށްގައެވެ.

ރައީސް ނަޝީދަށް އަމާޒްކޮށް އެމަނިކުފާން އަވަހާރަ ކޮށްލަން 6 މެއި 2021 ވަނަ ދުވަހުގެ ރޭ ދެވުނު ހަމަލާއަށްފަހު ރާއްޖެއިން ބޭރުގައި ބޭސްފަރުވާއަށް ދިޔަފަހުން ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދުދަނީ ދެމުންނެވެ. މިއާއެކު ރައްޔިތުންގެ މަޖްލީހުގެ އެމްޑީޕީ މެމްބަރުންވެސް ގެންދަވަނީ މަޖްލިސް ޖަލްސާތަކުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ. އެމްޑީޕީ ތެރޭގައި ރައީސް ނަޝީދާ ރައީސް ސޯލިހްގެ ފެކްޝަންއެއް އުފެދުނީއެވެ.

ރައީސް ނަޝީދު މިފަހަކަށް އައިސް އެންމެ ގިނައިން ދައްކަވާ ވާހަކައަކީ ރައީސް ޔާމީން އާއެކު ސިޔާސީ އިއްތިހާދެއް ހެދުމުހެ ވާހަކައެވެ. ސުވާލަކީ ރައީސް ނަޝީދު އާއި ރައީސް ޔާމީން މިފަދަ އިއްތިހާދެއް ހަދާފާނެބާއެވެ.

ފުރަތަމަކަމަކަށް ބަލަންވީ މި ދެބޭފުޅުންގެ ސިޔާސީ ވިސްނުމެވެ. ރައީސް ޔާމީން އަކީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވަވާ ބޭފުޅެކެވެ. ރައީސް ޔާމީނާއި ރައީސް ނަޝީދު އަކީ ރިޔާސީ ނިޒާމުގެ ދަށުން ކޯލިޝަން ވެރިކަމުގެ ހިތި ތަޖްރިބާ ކޮށްފައިވާ ދެބޭފުޅުންނެވެ. ރައީސް ނަޝީދުއަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ވަކާލާތް ކުރައްވަވާ ބޭފުޅެކެވެ. މިފަހަކަށް އައިސް ނިޒާމް ބަދަލު ކުރުމުގެ ވާހަކަ އެމަނިކުފާނު ގެންދަވަނީ ދައްކަވަމުންނެވެ.

އެމްޑީޕީ އަކީ ސެންޓަރ ރައިޓްގެ ވިސްނެވުމުގެ ޕާޓީއެއް. މިގޮތުން އެމްޑީޕީއަކީ ގައުމުގެ މުހިއްމު އިންފުރާސްޓުރަކްޗާ ޕުރައިވެޓް ސެކްޓާރ އަށް ދޫކޮށްލުމުގެ ވިސްނެވުން ގެންގުޅުއްވާ ޕާޓީއެއެކެވެ. ޕީޕީއެމް އަކީ ސެންޓަރ ލެފްޓްގެ ވިސްނުމުގެ ޕާޓީއެކެވެ. މިގޮތުން ޤައުމުގެ މުހިންމު ރައުސުލްމާލުތައް ސަރުކާރުގެ ދަށުގައި ބާއްވައިގެން، ގައުމުގެ މިލްކެއްގެ ގޮތުގައި ބާއްވައިގެން ސަރުކާރުން ވިޔަފާރި ކުރައްވާ ގޮތަށް ވިސްނުން ގެންގުޅުއްވާ ޕާޓީއެކެވެ.

އަނެއްކަމަކީ އެމްޑީޕީ އަކީ ޑީސެންޓްރައިލައިޒޭޝަން ވިސްނުމުގެ ޕާޓީއެކެވެ. ބާރުތައް ރަށުކައުންސްލްތަކުގެ މައްޗަށް ދޫކޮށް އެރަށެއްގެ ކަންތައްތައް ގެންދަންވާގޮތް ކައުންސިލްތަކަށް ދޫކޮށްލުމަށް ވަކާލާތް ކުރައްވާ ޕާޓީއެކެވެ. މިއާއި އިދިކޮޅަށް ޕީޕީއެމް އަކީ ޑީސެންޓްރައިލައިޒޭޝަން ވިސްނުމާއި ދެކޮޅު ޕާޓީއެކެވެ.

ދިވެހިރާއްޖޭގެ އެންމެގިނަ ބަޔަކު އެންމެ ލޯބިވާ ސިޔާސީ ލީޑަރަކީ ރައީސް ނަޝީދު ކަމާމެދު ޝައްކެއްނެތެ. ރައީސް ނަޝީދު ފާހަގަ ކުރެވިފައިވަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކޮންމެފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ހުންނެވި ފިސާރި ލީޑަރެއްގެ ގޮތުގަ އެވެ.ރައީސް ނަޝީދުއަކީ ރައްޔިތުންގެ އިހުސާސްތައް ދަންނަ، އަދި ވަރަށް އުނދަގޫ، ހައްސާސް ދަނޑިވަޅުތަކުގައި، ގައުމަށްޓަކައި ކަންކަންއިސްކޮށް، ކަންކަން ނިންމަވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަން ބަދަލުކުރި ދުވަހު ކަންކަން ވެގެންދިޔަގޮތާއި، އޭގެފަހުން 7 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި އެތައް ރައްޔިތުންނެއް ގޮވައިގެން އެއް ރޫހެއްގައި ކުރިއަށް ވަޑައިގެންނެވި ގޮތަކަކީ ސިޔާސީ އެހެން ލީޑަރުންނަށް ހުރި މިސާލެކެވެ. މިއަދުގެ ހަގީގަތަކީ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުން ރާއްޖޭގެ އެހެން ސިޔާސީ ލީޑަރުންނާއި ދުނިޔޭގެ ބައެއް ލީޑަރުންވެސް އިބްރަތް ހާސިލް ކުރަމުންދާ ކަމެވެ.

ރައީސް ނަޝީދު ދެކެ ރައްޔިތުން ލޯބިވަނީ އެމަނިކުފާނު ދިވެހި ރައްޔިތުންނާ ބަހައްޓަވާ ގާތް ގުޅުމުގެ ސަބަބުންނެވެ. އެމަނިކުފާނު ރަށަކަށް ވަޑައިގެންނެވިޔަސް، ރައްޔިތުން ދިރިއުޅޭ ހާލު ވަރަށް ގާތުން ބައްލަވަ އެވެ. ގޭގެއަށް ޒިޔާރަތް ކުރައްވަ އެވެ. ރަށްރަށުގެ ހޮޅުއަށިތަކަށް ވަޑައިގަންނަވާ އިސްރަށްވެހިންނާއި ޒުވާނުންނާ ބައްދަލު ކުރައްވަ އެވެ.

މިއާއި ހިލާފަށް ރައީސް ޔާމީންއަކީ ރައްޔިތުންނާއި މީޑިއާތަކާއި މާބޮޑު ގުޅުމެއް ބާއްވަވާ ބޭފުޅެއްނޫނެވެ. އެހެން ނަމަވެސް ރައީސް ޔާމީން އަކީ ސިޔާސީ ގޮތުން ވަރަށް ހަރުދަނާ އިޤްތިސާދީ ސިޔާސަތެއް ގެންގުޅެއްވެވި ބޭފުޅެއް. މިހެން މިގޮތަށް ދެންނެވުމަކީ އެހެން އެއްވެސް ސިޔާސީ ލީޑަރަކަށް ބުނެވޭ ދެރަބަހެއްނޫން. އަޅުގަނޑުމެން އެންމެންވެސް ބުނަންޖެހޭ ހައްޤުބަސް ބުނަންޖެހޭނެ. ހަމައެއާއި އެއްކޮށް ފެންނަންއޮތް ހަޤީހަތްވެސް ބަލައިގަންނަން ޖެހޭނެ.

އެމްޑީޕީ އާއި ޕީޕީއެމްގައި ވަރަށް ކުދިކުދި ކަންތަކުގައި ނޫނީ މާބޮޑު ތަފާތެއް ނެތްކަން ފާހަކަވެއެވެ

ރައީސް ނަޝީދު އާއި ރައީސް ޔާމީންއަށް ބަލައިފި ކަމުގަ ވަނީނަމަ ދެބޭފުޅުންގެވެސް އެއްގޮތް ސިފަތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ ސިޔާސީ މައިދާނުން މިހާރު ފެންނަ ލީޑަރުންނަކީ މި ދެބޭފުޅުންގެ ދުޝްމަނުންނެވެ. މިބޭފުޅުން ފެނިގެންދަނީ އެއްބައެއްގެ ގޮތުގައެވެ.

ދެވަނަ ގޮތަކީ މި ދެބޭފުޅުންނަކީ، ދެބޭފުޅުންގެވެސް ފުރާނަ ދުއްވާލުމުގެ ނިޔަތުގައި ކޮންބައެއްކަން ނޭގޭގޮތަށް އަޑީގަތިބެގެން ބޮމުގެ ހަމަލާއެއް ދީފައިތިބި ދެބޭފުޅުން ކަންފާހަގަ ކޮށްލެވެއެވެ. އަދި މި ދެބޭފުޅުންނަކީވެސް ރައްޔިތުންގެ ތެރެއިން ގިނަބަޔެއްގެ ހިޔާލުތަފާތުވުންތަކާއި އެކީގަ ނަމަވެސް ޤާނޫނުގެ ތެރެއިން އަދުލު އިންސާފުގެ ތެރެއިން ޖަލުގެ ހުކުމްތަކެއް ނުވަތަ އެބޭފުޅުންގެ ޒާތީ ޢާއިލީ މިނިވަންކަން ޤުރުބާން ކޮށްލަންޖެހުނު ދެބޭފުޅުންނެވެ. އަދަބުތަކެއް ހައްޤުން ނަމަވެސް އަދި ނުޙައްޤުން ނަމަވެސް ލިބިފައިވާ ދެބޭފުޅުންނެވެ.

ބަލާލަން ޖެހޭކަމަކީ ރާއްޖޭގެ ސިޔާސީ ލީޑަރުން ތަފާތު ވިސްނުމުގަ ތިއްބަވާފަވެސް އެއްބޭފުޅަކު އަނެއްބޭފުޅަކާއި ކޮޑާއި ކޮޑު ޖައްސަވާ ސިޔާސީ ގޮތުން އެއްވިސްނުމަކަށް ނުކުމެ މަސައްކަތް ކުރަން ފަށައިގަންނަނީ ކޮންސަބަބުތަކާއި ހުރެތޯއެވެ.

މީގެއެއްސަބަބަކީ ގިނަފަހަރަށް އެބޭބޭފުޅުންގެ އަމިއްލަ ޒާތީ ދިރިއުޅުމާއި އެބޭފުޅުންގެ އަމިއްލަ ނަފްސަށް ނުރައްކާވާގޮތަށް ޒާތީ މިނިވަންކަން ނިގުޅައިގަނެވި އާއިލީ ހައްޤުތަކާއި، މަދަނީ ހައްޤުތައް ނިގުޅައިގަނެވި ޖަލުގެ ތޭރިތަކަށް ދާންޖެހޭ ހިސާބުން އެއްބޭފުޅަކު އަނެއްބޭފުޅަކާ ކޯލިޝަން ހަދަން މަޖްބޫރުވެއެވެ.

މިއަދު ރާއްޖޭގެ ސިޔާސީ ބޮޑުމަންޒަރަށް ބަލައިލާ އިރުގައި ރައީސް ނަޝީދަށް ވެސް ރައީސް ޔާމީންއަށް ވެސް ފެނިވަޑައި ގަންނަވާނީ، އަދި އެބޭފުޅުން ފަހަތްޕުޅުގައި ތިއްބެވި ގުރާސްރޫޓް ނުވަތަ ރައްޔިތުންގެ އިހުސާސްއެއްނޫނެވެ. އެންމެ ފުރަތަމަ ވިސްނާލަން ޖެހޭނީ އެދެބޭފުޅުންގެ އާއިލާގެ މެމްބަރުންނަށެވެ.

ދެބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނީ ދެބޭފުޅުންގެވެސް ކޮމަން އެނިމީތަކެއް އެބަތިބިކަމެވެ. އަދި ދެބޭފުޅުންގެ ވެރިކަން ވަށްޓާލުމަށްޓަކައި މަސަތްކަތްކުރީ އެއްބަޔެއްކަމެވެ. އަދި އެބަޔަކު މިވަގުތު ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މެޖޯރިޓީ ހިއްސާ ނަންގަވައިގެން ކަމެވެ.

އެހެންވީމާ ރައީސް ނަޝީދުގެ ހިތްޕުޅުގައިއޮތް ނުތަނަވަސްކަމަކީ ފަހަރެއްގައިވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މެދުގައިއޮތް ނުތަނަވަސްކަމެއްނޫނެވެ. އެނުތަނަވަސް ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަޒީރުންގެ މަޖްލީހާއިމެދު އޮތް ނުތަނަވަސް ކަމެކޭވެސް ބުނެވިދާނެއެވެ. ވަޒީރުންގެ މަޖްލީސް އެކުލެވިފައިވާ ގޮތުން މެޖޯރިޓީ އޮތީ އެމްޑީޕީގެ މެޖޯރޮޓީ ނޯންނަގޮތަށް ރައީސް ނަޝީދުގެ ވެރިކަމާއި އަދި ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް މަސަތްކަތް ކުރެއްވެވި ބޭފުޅުންގެ މެޖޯރިޓީ އޮތްގޮތަށް އެކުލެވިފައިވާ ވަޒީރުންގެ މަޖްލީހެކެވެ.

އެހެންކަމުން ރައީސް ނަޝީދަށް އެއްވެސް ހާލެއްގައި ނުފެންނާނެ އެއީކީއަކީ އެމްޑީޕީއާ ގުޅުންހުރި އެމަނިކުފާނުގެ މަސްލަހަތާއި ގުޅުންހުރި ނުވަތަ ދިފާއު ކޮށްދީފާނެ ވެރިކަމެއްގެ ގޮތަށް ، އަދި އެމަނިކުފާނުގެ ސިޔާސީ ސެންޓަރ ރައިޓްގެ ވިސްނުން ކުރިއަރުވަފާނެ ސިޔާސީ ވިސްނުން ގެންގުޅެފާނެ ވަޒީރުންގެ މަޖިލީހެއް ކަމަށް ގަބޫލުފުޅު ނުކުރައްވަވާނެއެވެ.

ރައީސް ޔާމީން އަށްވެސް މިހާރުގެ ވަޒީރުންގެ މަޖްލީސް ސިފަވެ ވަޑައިގަންނަވާނީ އެމަނިކުފާނުގެ ވެރިކާމާއި ދެކޮޅަށް ތެދުވި ސިޔާސީ ފަރާތްތައް ކޮންޓްރޯލްއޮތް ވަޒީރުންގެ މަޖިލީހެއް ގޮތަށެވެ.

ވީމާ ސިޔާސީ ފިކުރާއި އިޤްތިސާދީ ފިކުރާއި، އަދި އިޖްތިމާއީ އެކިއެކި އުސޫލުތަކާއި ފަލްސަފާތަކެއްގެ މަތިން މިވަގުތު ރައީސް ޔާމީންގެ އާއިލާ އާއި ރައީސް ނަޝީދުގެ އާއިލާއިން ވެސް ވިސްނުން ހުންނާނީ ދާދިއެއް މިސްރާބަކަށެވެ. އެބޭފުޅުންގެ މޫނުމަތިން ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާތަން ފެންނާނީ އެބޭފުޅުންގެ ވެރިކަމަށް ނިމުމެއް ގެނެސް އަނިޔާވެރިވިކަމަށް އެބޭފުޅުން ދެކިވަޑައިގަންނަވާ ބޭފުޅުން ހަރަކާތްތެރިވެ ވަޑައިގަމްނަވާތަނެވެ.

ރާއްޖޭގެ އެއްވެސް ރައްޔިތަކުގެ މީގެ 5 ވަރަކަށްއަހަރުކުރިން ގަބޫލުފުޅު ނުކުރައްވަވާނެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްއާއި ރާއީސް މުހައްމަދު ނަޝީދު ކޯލިޝަން ހަދައިފާނެ ކަމަކަށެއް. އެހެންވީމާ ރައީސް ޔާމީން އާއި ރައީސް ނަޝީދު ކޯލިޝަންއެއް ސިޔާސީ މައިދާނުގައި ހަދާފާނެ ކަމަށް ޤަބޫލް ނުކުރައްވާ ބޭފުޅުން ވަރަށް ގިނަވާނެއެވެ. ނަމަވެސް މިދެބޭފުޅުންގެ ސިޔާސީ މުސްތަޤްބަލު ޤާނޫނީ ގޮތުންނާއި، އަދި އެނޫންންވެސް ގޮތްގޮތުން އޮތީކިހިނެއްކަން ކަށަވަރުނުބާ ދަނޑިވަޅެއްގައި މި ދެބޭފުޅުން ކޯލިޝަންއެއް ހައްދަވާފާނެތޯ އެއީ ސުވާލެއްވެސް އޮތްކަމެއްނޫންނެވެ. މި ދެބޭފުޅުން ކޯލިޝަންއެއްގައި ނުކުމެ އެކީ މަސައްކަތްކުރާތަން ފެނުމަކީ ދުރު މުސްތަޤްބަލެއްގައި އޮތްކަމެއްނޫނެވެ.
އެހެންނަމަވެސް މިވަގުތު ޕީޕީއެމް އާއި އެމްޑީޕީގެ ބައެއް މެމްބަރުންގެ މެދުގަވެސް މިކަން ހަޖަމްކުރަން ދުވަސްކޮޅެއް ނަގައިފާނެއެވެ. ވަގުތާއި ހާލަތާއި ސަބަުތަކާއި އެކީ މަޑުމަޑުން މިކަން ޤަބޫލްކުރެވި ހަޤީޤީ ދުޝްމަނުންނަކީ ކޮބައިކަން ގަބޫލް ކުރެވެން ފަށާނެއެވެ.ރައީސް ޔާމީން އާއި ރައީސް ނަޝީދު އެކުއެކީ ނުކުމެ ރާއްޖޭގެ މިވަގުތުގެ ސިޔާސީ ހާލަތު ބަދަލުކުރުމަށް ކޮޑާއިކޮޑު ޖައްސަވާ މަސަތްކަތް ކުރާތަން ފެންނާކަށް މާކަގިނަ ދުވަހެއް ނެތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!