ޚަބަރު
އަސްލަމްއާއި އިމްރާން ފުލުހުންނަށް ތައުރީފު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް މަޖިލީހުގެ  241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމްގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތައުރީފު ކުރައްވައިފި އެވެ.

މި ދެބޭފުޅުން ފުލުހުންނަށް ތައުރީފު ކުރަށްވާފައި މިވަނީ ފުލުހުން ކުރިޔަށް ގެންދިޔަ ތަހުގީގު ގިނަ މައުލޫމާތު ތަކެއްް ރޭގެ ވަގުތެއްގައި ހާމަ ކޮޮށްފައިވަނިކޮށެވެ.

މި މައްސަލައާއި ގުޅިގެން އަސްލަމް ވިދާޅުވީ ހަމަލާގެ އެންމެ ފުނަށް ފުލުހުންގެ ތަހުގީގުގައި ވާސިލްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

“ހައެއް މެއިގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުގައި ޕޮލިސް އިން ހޯއްދަވަމުން ގެންދަވާ ކުރިއެރިއެރުން ތަކަށް ތައުރީފުކުރަން. މި ތަހުގީގު ނިމޭއިރު މި ހަމަލާގެ އެންމެ ފުނަށް ވާސިލު ވެވޭނެ ކަމަށް އުއްމީދު ކުރަން،” – އަސްލަމް

ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބައެއް ބޭފުޅުން ގެންދެވީ ފުލުހުންގެ ތަހުގީގު ލަސްކަމާއި ހަމަލާއަށް ފަންޑް ކުރި މީހުން ނުހޯދޭ ކަމަށް ބުނެ ފުލުހުންނަށް ކެނޑިނޭޅި ފާޑުކިޔަމުން ދިޔައިރުވެސް އަސްލަމް ގެންދެވީ ފުލުހުންގެ ތަހުގީގު ވަރަށް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ކުރިއަށްދާ ކަމާއި ތަހުގީގު މައުލޫމާތު ފުލުހުން މަޖިލީހާއި ހިއްސާކުރަމުންދާ ކަމަށް ވިދާޅުވަމުންނެވެ. އަދި ފުލުހުންނަށް އެކަށީގެންވާ ވަގުތު ދިނުމަށް ވެސް އަސްލަމް އެދިވަޑައިގެންފައިވެ އެވެ.

މައުލޫމާތުތައް އާންމުކުރުމާއި ގުޅިގެން މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މެއި ހައެއްގެ ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގާފައިވާ އެންމެ ބޮޑު އަދި އެންމެ ބުރަ އަދި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށެވެ. އަދި ފުލުހުން ކުރެއްވި ބުރަ މަސައްކަތް ބަލައިގަންނަ ކަމުގައެވެ.

“ގިނަ ގޮންޖެހުންތަކާއެކު ފުލުހުންގެ ހުރިހާ ބަހާތަކެއްގެ އެތައް ސަތޭކަ ފުލުހުންގެ ބައިވެރިވުމާއެކު ތަހުގީގު ކާމިޔާބު ކުރުމަށް ކުރެވުނު މަސައްކަތް ބަލައިގަންނަން،” – އިމްރާން

ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ އެެފަދަ އެންމެ ނުރައްކާތެރި ހަމަލާގެ ތަހުގީގު ތަކުގެ މައްޗަށް ބިނާކޮށް ޕްރޮސެކިއުޓް ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޕީޖީ ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!